Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލިބެމުންދާ އަނިޔާ

ރައްޔިތުންނަށް ލިބެމުންދާ އަނިޔާ ފެނިވަޑައިނުގަންނަވަންޏާ އަބުދުﷲ ޔާމީން ރައީސްކަމަށް ކުފޫ ހަމައެއް ނުވޭ: ނާދިރާ

އަބުރަކީ އަމިއްލައަށް ރައްކާ ކުރެވޭ އެއްޗެއްކަން ނޭނގުމަކީ އާއްމުންގެ ކުށެއްނޫން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 4 މެއި 2017 | ބުރާސްފަތި 00:44
ޕީޕީއެމް ރައީސް މައުމޫނު ފެކްޝަންގެ ނައިބު ލީޑަރު އާމިނަތު ނާދިރާ

ޕީޕީއެމް ރައީސް މައުމޫނު ފެކްޝަންގެ ނައިބު ލީޑަރު އާމިނަތު ނާދިރާ

ރައްޔިތުންނަށް ލިބެމުންދާ އަނިޔާ ފެނިވަޑައިނުގަންނަވަންޏާ ރައީސް ކަމުގެ މަގާމުގައި އަބުދުﷲ ޔާމީން ހުންނަން ކުފޫ ހަމަނުވާކަމަށް ޕީޕީއެމް ރައީސް މައުމޫނު އަބްދުއްޤައްޔޫމް ފެކްޝަންގެ ނައިބު ލީޑަރު، އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގއ. ވިލިނގިލިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާދިރާ ވިދާޅުވީ، ދިވެހި މަސްވެރިންގެ އާމްދަނީ ސަރުކާރުން ވަނީ ފޭރިގެންފައިކަމަށާއި، އާމްދަނީ ލިބޭނެ ގޮތެއް ނެތްއިރު، މަސްކޮޅު ޖެހެނީ އުކާލަންކަމަށެވެ. އަދި ބެޔަސް ނުބެޔަސް ދޭން ވައުދުވި ފައިސާ ދިނުމަށް ނާދިރާ ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމަ އަގުދޭންޖެހޭ ކަމަށެވެ.

ކިޔަވައިގެން ތިބި މޮޅު ޒުވާނުން ތިއްބައި ވަކިބަޔަކަށް ވަޒީފާ ދޭ ދިނުން މިއަދު އާއްމުވުމުން، ކިޔަވައިގެން ތިބި ޒުވާނުން ތިބީ ބޭކާރު ބަޔަކަށް ވެފައިކަމަށް ނާދިރާ ވިދާޅުވިއެވެ. އަދި ވަޒީފާގައި ތިބި ފަރާތްތަކަށް ވެސް އިންތިހާއަށް ބިރުދައްކަމުންދާއިރު، ވަޒީފާގެ ބަޔާނުގައިވާ ގޮތަށް އެފަރާތްތަކުގެ ހައްގުތަށް ކަށަވަރުކޮށްދީ ބިރުދެއްކުން ހުއްޓާލުމަށް ނާދިރާ ގޮވާލެއްވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި ގުޅޭގޮތުން ނާދިރާ ވިދާޅުވީ، އަބުރުގެ ގާނޫނެއްގެ ދަށުން މިއަދު ނޫސްވެރިކަމުގެ މިނިވަންކަން އެއްކޮށް ގެއްލުވާލާފައިވާކަމަށެވެ. އަބުރަކީ އަމިއްލައަށް ރައްކާ ކުރެވޭ އެއްޗެއްކަން ނޭނގުމަކީ އާއްމުންގެ ކުށެއްނޫންކަމަށް ނާދިރާ ވިދާޅުވިއެވެ.

އެ މޭރުމުން ވާހަކަދައްކަވަމުން ނާދިރާ ވިދާޅުވީ، ދިހަ ޓަނު ކަދުރު ކާލީމާ އެވާހަކަ ނުދައްކާ ނުތިބޭނެކަން އެބޭފުޅުންނަށް އެނގެން ޖެހޭނެކަމަށެވެ. އަދި 1.5 ބިލިއަން ރުފިޔާ މާލިއްޔަތުން ގެއްލުމުން އެވާހަކަ ދައްކާނެކަމާއި، ބަކަރި ކަތިލީމައި އެވާހަކަ ނުދައްކާ ނުތިބޭނެކަމަށް ނާދިރާ ވިދާޅުވިއެވެ. ނާދިރާ ވިދާޅުވީ، އެވާހަކަތައް ދައްކަނީ އެއީ ދިވެހި ރައްޔިތުންގެ ތަކެތި ވީމައިކަމަށާއި އެކަން އެގޮތަށް ނުކުރިނަމަ އެވާހަކަތައް ދައްކަން ނުޖެހުނީސްކަމަށެވެ. މުއައްސަސާތަކަށް ނުފޫޒު ފޯރުވީމައި އެވާހަކަވެސް ދައްކާނެކަމަށާއި، މުއައްސަސާތައް ނަޒާހަތްތެރިކުރުމުގެ ނަމުގައި ފްލެޓް ދިނުމުން އެވާހަކަދެއްކުމަކީ އަބުރަށް އަރައިގަތުން ނޫންކަމަށް ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވިގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ވަޒީފާގެ ފުރުސަތު ތަކާއި އެކަން ކަމުގެ ހާލަތު މިއަދު އޮތީ، ޖާހިލިއްޔަ ޒަމާނުގައި އަޅުންނަށް އޮންނަ މިނިވަންކަން ގެއްލިފައިވާ ދަރަޖައަށް ވެއްޓިފައެވެ.

"އެމީހުނަށް އެނގޭނެ ތިމަންމެންނަކީ އަޅުންކަން. ތިމަންމެންނަކަށް ބޭނުންކަމެއް ނުކުރެވޭނެކަން" ނާދިރާ ވިދާޅުވިއެވެ.

ގާނޫނުއަސާސީ މިއަދު އެ ހުރިހާ މިނިވަންކަމެއް ލިބިދީފައި އޮތް އިރުވެސް، މިއަދު އުޅެން ޖެހިފައިވަނީ އަޅުންނަށްވުރެވެސް ދަތިހާލުގައިކަމަށް ނާދިރާ ވިދާޅުވިއެވެ. ދިވެހިރައްޔިތުން ކާ ކާޑުގެ ބާވަތްތަކުން އަގުބޮޑު ކުރި ކުރުން އަނބުރާ ގެންގޮސް ކުރިން ހުރިއަގަށް ތިރިކޮށް، ކަރަންޓާއި ފެނާއި، މުއާސަލާތީ ޚިދުމަތްތަކުން ނަގަމުންދާ ޓެކްސްއަކީ ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެގޮތަކަށް ކަންކަން ކޮށްދިނުމަށް ރައީސް ޔާމީނަށް ގޮވާލާކަމަށް ނާދިރާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު