Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިންތިހާބު

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017 | އާދީއްތަ 19:40

ރަށްރަށުގައި އެމްޑީޕީގެ ހަރަކާތްތައް އިތުރުކުރެވޭނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 22 ޖެނުއަރީ 2017 | އާދީއްތަ 19:40
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރު ހިންގާ ޒަރީމާތައް، އެ ރައްޔިތުންނަށް އެނގޭ ކަމަށާއި، ރައްޔިތުން ތިބީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު ބައްޔަކުން ސަރުކާރު ބަލިކުރަން ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން އަތޮޅު ތެރެއަށް ފަށާފައިވާ ދަތުރުތަކުގެ ތެރެއިން ރ. އަތޮޅަށް ކުރި ދަތުރު ނިންމާލުމަށްފަހު ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ޝިފާޒް ވިދާޅުވީ އެމްޑީޕީ މެމްބަރުންގެ ވިސްނުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށެވެ. މެމްބަރުން ތިބީ ޕާޓިގެ ސިޔާސަތުތަކާއެކުގައި ކުރިއަށް ދިއުމަށް ފުރިހަމައަށް ތައްޔާރަށްކަން ދަތުރުގައި ފާހަގަކުރެވުނު ކަމަށް ޝިފާޒް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޝިފާޒް ވިދާޅުވީ ރަށްރަށުގެ ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތައްވެސް ރައްޔިތުންނަށް އެނގޭ ކަމަށެވެ. އެގޮތުން އެންމެ ރަށެއްގައިވެސް، ސަރުކާރުން ރަނގަޅަށް އެންމެ މަޝްރޫއެއްވެސް ކުރިއަށް ނުގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށްރަށުގައި އެއްވެސް މަސައްކަތެއް ނިމިފައި އޮއްވާ އަޅުގަނޑުމެންނަކަށް ނުފެނޭ. ފެންނަނީ ބާރަ މަސްދުވަސް ވަންދެން ވެލި ކޮޅެއް އަޅާފައި، ހިލަ ކޮޅެއް ޖަހާފައި، ކަންކަން ދިގުލައްވަމުންގެންދާ މަންޒަރު،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ މިފަހަރު ރައްޔިތުން ތިބީ، ރައްޔިތުންގެ ބާރުވެރިކަން އަނބުރާ ހޯދަން ތައްޔާރުގައި ކަމަށެވެ. ޝިފާޒް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވަރަށް ބޮޑު ބައްޔަކުން ސަރުކާރު ބަދަލުކުރާނެ ކަމަށާއި ރައްޔިތުން ލާމަރުކަޒީ ރާއްޖެއަކަށް ވަރަށް ބޮޑަށް އެދުމުން އަންނަ ކަމަށެވެ.

ޝިފާޒް ވިދާޅުވީ ރަށްރަށުގެ ރައްޔިތުން ތިބީ އިންތިހާބު ހޯދުމަށްވާންޖެހޭ ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި އިންތިހާބެއްގެ މުހިންމުކަންވެސް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު އެމްޑީޕީން ފުރިހަމައަށް ތައްޔާރުވަމުން އަންނައިރު، އެމްޑީޕީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވަނީ ރ. އަތޮޅު ބައެއް ރަށްރަށް ޒިޔާރަތްކޮށް، އެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވާފަ އެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ރަށު ރައްޔިތުންނާއި، އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް