Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ކުއާޓާގައި ބަޔާނާއި ޕީއެސްޖީގެ ކުރިމަތިލުމެއް

19 މާރިޗު 2021 | ހުކުރު 11:41

ކުއާޓާގައި ދެން ފާހަގަކޮށްލެވޭ އަނެއް މެޗަކީ ރެއާލާއި ލިވަޕޫލުގެ މެޗު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 މާރިޗު 2021 | ހުކުރު 11:41
މިދިޔަ ސީޒަނުގެ ފައިނަލުގައި ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން

މިދިޔަ ސީޒަނުގެ ފައިނަލުގައި ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ޕީއެސްޖީ ބައްދަލުކުރަން ޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ގުރު ނެގުން ކުރިއަށްދިޔައީ ހުކުރު ދުވަހުގެ ހަވީރުއެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ބަޔާނާއި ޕީއެސްޖީ ބައްދަލުކުރާއިރު، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި މި ދެ ޓީމު ވަނީ ބައްދަލުކޮށްފައެވެ. އެ ފަހަރު ފައިނަލް މެޗުން 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިކޮށް، ބަޔާނުން ވަނީ ހަވަނަ ފަހަރަށް ޔޫރަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މީގެ އިތުރުން ކުއާޓާގައި ދެން ފާހަގަކޮށްލެވޭ އަނެއް މެޗަކީ ސްޕެއިނުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އިންގްލެންޑުގެ ޗެމްޕިއަން ލިވަޕޫލް ބައްދަލުކުރާ މެޗެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ރެއާލާއި ލިވަޕޫލް ބައްދަލުކުރާއިރު، މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2017-2018 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައެވެ. އެ ފަހަރު ރެއާލުން ވަނީ 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

މީގެ އިތުރުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާގެ އެހެން މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހުނީ ބޮރޫޝިއާ ޑޯޓްމުންޑާއެވެ. އަދި ޗެލްސީ ނުކުންނަން ޖެހޭނީ ޕޯޓޯއާ ދެކޮޅަށެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތައް އަންނަ އޭޕްރީލް މަހުގެ 6 އާއި 7 ވަނަ ދުވަހު ކުޅޭއިރު، ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އެ މަހުގެ 13 އަދި 14 ވަނަ ދުވަހުއެވެ. އެއަށްފަހު މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގެ މެޗުތައް އޭޕްރީލް މަހުގެ 27 އާއި 28 ވަނަ ދުވަހު ކުޅޭއިރު، ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މެއި މަހުގެ 4 އަދި 5 ވަނަ ދުވަހުއެވެ. އަދި އިސްތަންބޫލުގައި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާގެ މެޗުތައް:

ޗެމްޕިއަންސް ލީގު

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
08 މެއި 2024

51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް

08 މެއި 2024
51 ޕަސެންޓް އެޑްވާންޓޭޖް އޮތީ ރެއާލް އަށް: ޓުޗެލް
08 މެއި 2024

11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް

08 މެއި 2024
11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް
07 މެއި 2024

މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް

07 މެއި 2024
މޮޅުވެގެން ފައިނަލަށް ދެވޭނެ، އެންމެ ބޮޑަށް އެހީވެވޭނީ އެމްބާޕޭއަށް
01 މެއި 2024

ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން

01 މެއި 2024
ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން
29 އެޕްރީލު 2024

ރެއާލް މެޑްރިޑަށް ބަޔާނަކީ ނުރައްކާތެރި ޓީމެއް: އެންޗެލޯޓީ

29 އެޕްރީލު 2024
ރެއާލް މެޑްރިޑަށް ބަޔާނަކީ ނުރައްކާތެރި ޓީމެއް: އެންޗެލޯޓީ
11 އެޕްރީލު 2024

ބާސެލޯނާ އަތުން ބަލިވުމަކީ ބޮޑު ދެރައެއް: އެންރީކޭ

11 އެޕްރީލު 2024
ބާސެލޯނާ އަތުން ބަލިވުމަކީ ބޮޑު ދެރައެއް: އެންރީކޭ
11 އެޕްރީލު 2024

އަހަރުމެން ވަރަށް ރަނގަޅަށް އެމްބާޕޭ ހިފަހައްޓާލިން: ޒަވީ

11 އެޕްރީލު 2024
އަހަރުމެން ވަރަށް ރަނގަޅަށް އެމްބާޕޭ ހިފަހައްޓާލިން: ޒަވީ
10 އެޕްރީލު 2024

ގަދަ އަށެއްގައި އޮތް އެންމެ އުނދަގޫ ޓީމަކީ ޑޯޓްމުންޑް: ސިމިއޯނީ

10 އެޕްރީލު 2024
ގަދަ އަށެއްގައި އޮތް އެންމެ އުނދަގޫ ޓީމަކީ ޑޯޓްމުންޑް: ސިމިއޯނީ
10 އެޕްރީލު 2024

ހަރުކަށި ޖަމާއަތްތަކުގެ އިންޒާރާއެކު ޗެމްޕިއަންސް ލީގުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

10 އެޕްރީލު 2024
ހަރުކަށި ޖަމާއަތްތަކުގެ އިންޒާރާއެކު ޗެމްޕިއަންސް ލީގުގެ ސެކިއުރިޓީ ވަރުގަދަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް