Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑެމްބެލޭގެ އެއްބަސްވުން އާކުރުން

ބާސާއިން ޑެމްބެލޭގެ އެއްބަސްވުން އާކުރަނީ

ޑެމްބެލޭ ހޯދަން ޔުނައިޓެޑުން އަންނަނީ މަސައްކަތްކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 މާރިޗު 2021 | ބުދަ 12:41
ބާސާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ

ބާސާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ

ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭގެ އެއްބަސްވުން އާކުރަން ބާސެލޯނާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ޑެމްބެލޭ 2017 ވަނަ އަހަރު ބާސާއާ ގުޅުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 147 މިލިޔަން ޔޫރޯގެ އަގަކަށެވެ. އަދި ބާސާއާއެކު ޑެމްބެލޭ ފަސް އަހަރުގެ އެއްބަސްވުމެއް ހެދިއިރު، އެ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ޑެމްބެލޭއަށް ހިލޭ ކުލަބު ބަދަލު ކުރެވޭނެތީ، ބާސާއިން މިހާރު އަންނަނީ ޑެމްބެލޭގެ އެއްބަސްވުން އާކުރުމާމެދު މަޝްވަރާކުރަމުންނެވެ. އެކަމަކު އަވަސް އަރުވާލައިގެން އެއްބަސްވުން އާކުރުމުގެ ބަދަލުގައި، އެއްބަސްވުން އާކުރާނީ މި ސީޒަނުގައި އޭނާ ދައްކާ ކުޅުމަށް ބެލުމަށްފަހު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޑެމްބެލޭގެ އެއްބަސްވުން އާކުރަން ބާސާއިން މަޝްވަރާކުރަމުން އަންނައިރު، އޭނާ ހޯދަން މެންޗެސްޓާރ ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ޑެމްބެލޭގެ ޓްރާންސްފާއާ ގުޅޭ ގޮތުން ޔުނައިޓެޑުން ބާސާއާއެކު މަޝްވަރާކުރި ކަމަށް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، ބާސާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ޑެމްބެލޭއަކީ އޭނާ ބާސާއަށް ގެނައިރު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. އެކަމަކު އަނިޔާގެ ސަބަބުން އެއް ފެންވަރެއްގައި ހިފަހައްޓާލެވޭ ގޮތް ނުވެއެވެ. މިދިޔަ ސީޒަނުގައި އަނިޔާގެ އެތައް މައްސަލައެއް ދިމާވިއެވެ. އަނިޔާއިން ރަނގަޅުވެ، މި ސީޒަނުގައި ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ޑެމްބެލޭ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް މި ސީޒަނުގައި ބާސާއަށް 34 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ އަށް ލަނޑު ޖަހާފައެވެ.

ބާސާއަށް މިހާތަނަށް ކުޅެދިން 108 މެޗުގައި 27 ލަނޑު ޖަހާފައިވާ ޑެމްބެލޭ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އޮސްމާނޭ ޑެމްބެލޭބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު