Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2022 ވަނަ އަހަރުގެ ބޯހިމެނުން

ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދަނީ

އިއުލާނުކޮށްފައި ވަނީ 30 އެނިއުމަރޭޓަރުން ހޯދުމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 17 މާރިޗު 2021 | ބުދަ 08:27
މާލޭގެ މަގުތަކަށް ރައްޔިތުން ނުކުމެ

މާލޭގެ މަގުތަކަށް ރައްޔިތުން ނުކުމެ

ބޯހިމެނުން 2022 އަށް ތައްޔާރުކުރުމުގެ ގޮތުން ހިންގާ މެޕިންގ އެކްސަސައިޒަށް އެނިއުމަރޭޓަރުން ހޯދުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އިއުލާންކޮށްފިއެވެ.

އެންބީއެސް އިން އާންމުކޮށްފައިވާ އިއުލާނުގައި ވަނީ ބޯހިމެނުން 2022 އަށް ތައްޔާރުވުމުގެ ގޮތުން ބޯހިމެނުމުގައި ބޭނުންކުރެވޭ ބްލޮކް މެޕްތައް ތައްޔާރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް 30 އެނިއުމަރޭޓަރުން ބޭނުންވާ ކަމަށާއި މިމަސައްކަތް ކުރިއަށްދާނީ 30 މާރޗުން ފަހެއް އޭޕްރީލް 2021ގެ ނިޔަލަށް ކަމަށެވެ.

މިމަސައްކަތަކީ ކޮންމެ ދުވަހަކު ފީލްޑަށް ނުކުމެ، ހަވާލުކުރެވޭ ޗާޓުގައިވާ ތަންތަން ފާހަގަކުރުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް އެންބީއެސް އިން ބުނެއެވެ.

އެންބީއެސް އިން ބުނީ މިސާރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެެވެލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށެވެ. އެގޮތުން ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށާއި ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެ ކަމަށް އެންބީއެސް އިން ބުންޏެވެ.

ފަސް ދުވަހުގެ މުއްދަތަށް މިހަރަކާތް ކުރިއަށްގެންދާއިރު ކޮންމެ ދުވަހެއްގެ ހެދުނު 8:00ން ހަވީރު 6:00ށް މިމަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިމަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު 500 ރުފިޔާގެ މަގުން އެލަވަންސެއް ދެވޭނެ ކަމަށާއި ފޯނު އެލަވަންސްގެ ގޮތުގައި ދުވާލަކު 10 ރުފިޔާ އަދި ފުޑް އެލަވަންސްގެ ގޮތުގައި ދުވާލަކު 100 ރުފިޔާ ދެވޭނެކަމަށް އެންބީއެސް އިން ބުންޏެވެ.

މިސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިއުރޯގެ ވެބްސައިޓް މެދުވެރިކޮށް 23 މާރޗު 2021 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ފޯމް ހުށަހެޅުމަށް އެންބީއެސް އިން އެދެއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2025

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު
23 އޮކްޓޯބަރު 2024

ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު

23 އޮކްޓޯބަރު 2024
ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު
10 މެއި 2023

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން

10 މެއި 2023
ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން
14 މާރިޗު 2023

ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ

14 މާރިޗު 2023
ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ
02 އޮކްޓޯބަރު 2022

މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް

02 އޮކްޓޯބަރު 2022
މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް
20 ސެޕްޓެމްބަރު 2022

ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތަކީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް – ނައިބް ރައީސް

20 ސެޕްޓެމްބަރު 2022
ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތަކީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް – ނައިބް ރައީސް
18 ސެޕްޓެމްބަރު 2022

ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް

18 ސެޕްޓެމްބަރު 2022
ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް
18 ސެޕްޓެމްބަރު 2022

"ބޯހިމެނުމަށް މައުލޫމާތު ދޭން އިންކާރު ކުރާނަމަ ޤާނޫނީ ފިޔަވަޅު އެޅުމާއި ހަމައަށް ދާނެ"

18 ސެޕްޓެމްބަރު 2022
"ބޯހިމެނުމަށް މައުލޫމާތު ދޭން އިންކާރު ކުރާނަމަ ޤާނޫނީ ފިޔަވަޅު އެޅުމާއި ހަމައަށް ދާނެ"
16 ސެޕްޓެމްބަރު 2022

ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި

16 ސެޕްޓެމްބަރު 2022
ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި
12 ޖުލައި 2022

ބޯހިމެނުމުގެ މަސައްކަތް 13 ސެޕްޓެމްބަރުގައި ފަށަނީ

12 ޖުލައި 2022
ބޯހިމެނުމުގެ މަސައްކަތް 13 ސެޕްޓެމްބަރުގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު