Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯހިމެނުމުގެ މަސައްކަތް

ބޯހިމެނުމުގެ މަސައްކަތް 13 ސެޕްޓެމްބަރުގައި ފަށަނީ

މިފަހަރުގެ ބޯހިމެނުމުގެ މަސައްކަތަށް 4300 އެނިއުމަރޭޓަރުން ބޭނުންވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖުލައި 2022 | އަންގާރަ 06:39
މާލޭގެ މަގުމަތި- މި އަހަރުގެ ބޯހިމެނުން ކުރިއަށް ގެންދާނީ 13 ސެޕްޓެމްބަރުން 25 ސެޕްޓެމްބަރުގެ ނިޔަލަށް

މާލޭގެ މަގުމަތި- މި އަހަރުގެ ބޯހިމެނުން ކުރިއަށް ގެންދާނީ 13 ސެޕްޓެމްބަރުން 25 ސެޕްޓެމްބަރުގެ ނިޔަލަށް

މިއަހަރު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 13 ސެޕްޓެމްބަރުގައި ފެށުމަށް ނިންމައިފިއެވެ.

ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17ން 30ށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިން އޮތީ ހާމަކޮށްފައެވެ. އެހެންނަމަވެސް މިހާރު އެ ތާރީޚުވަނީ އަވަސްކޮށްފައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މައުލޫމާތުދޭ ގޮތުގައި މި އަހަރުގެ ބޯހިމެނުން ކުރިއަށް ގެންދާނީ 13 ސެޕްޓެމްބަރުން 25 ސެޕްޓެމްބަރުގެ ނިޔަލަށެވެ. މިފަހަރުގެ ބޯހިމެނުމުގައި އެހެން އަހަރުތަކާއި ޚިލާފަށް އިގްތިސާދީ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވިދާޅުވީ އަދި މިހާތަނަށް އައިއިރު ރާއްޖޭގައި އިގްތިޞާދީ މަސައްކަތްތަކުގެ ބޯހިމެނުމެއް ހިމަނާފައިނުވާކަމަށެވެ. އިގްތިސާދީ މަސައްކަތްތަކުގެ ބޯހިމެނުމެއްގެ ޒަރީއާއިން ޖީޑީޕީއަށް ބޭނުންވާ މައުލޫމާތު އެއްކުރެވިގެންދާނެކަމަށް އައިޝަތު ހަސަން ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އިގްތިސާދީ ގޮތުން ކުރަމުންދަނީ ކޮންކޮން މަސައްކަތްތަކެއްތޯ އާއި އެމަސައްކަތްތަކުގެ ކުޑަބޮޑުމިން އަދި އެތަންތަނުގައި މަސައްކަތްކުރާ މީހުންގެ އަދަދު ފަދަ މައުލޫމާތު އެއްކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މިފަހަރުގެ ބޯހިމެނުމުގައި އެހެން ފަހަރުތަކާއި ޚިލާފަށް ކަރުދާހުގެ ބަދަލުގައި ބޭނުންކުރާނީ ޓެބްލެޓެވެ. 

މިފަހަރުގެ ބޯހިމެނުމުގެ މަސައްކަތަށް 4300 އެނިއުމަރޭޓަރުން ބޭނުންވެއެވެ. އެއީ އަތޮޅުތަކުގައި މަސައްކަތްކުރުމަށް 2200 އަދި މާލޭގައި މަސައްކަތްކުރުމަށް 2100 އެވެ.

މި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން 7-11 ދުވަހަަށް 10 ރުފިޔާގެ އިތުރު އެލަވަންސެއްވެސް ދޭނެއެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ ތަމްރީނަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. ތަމްރީނު ކުރިއަށްދާނީ އެއް ހަފްތާގެ މުއްދަތަކަށެވެ.

ރާއްޖޭގައި ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނައެވެ. އެންމެފަހުން ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުއެވެ. އެފަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ އާބާދީ އަކީ 402،071 އެވެ.

މިފަހަރުގެ ބޯހިމެނުމުގެ ޝިއާރަކީ "އަހަރެންގެ ބޯހިމެނުން" މިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2025

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު
23 އޮކްޓޯބަރު 2024

ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު

23 އޮކްޓޯބަރު 2024
ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު
10 މެއި 2023

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން

10 މެއި 2023
ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން
14 މާރިޗު 2023

ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ

14 މާރިޗު 2023
ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ
02 އޮކްޓޯބަރު 2022

މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް

02 އޮކްޓޯބަރު 2022
މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް
20 ސެޕްޓެމްބަރު 2022

ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތަކީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް – ނައިބް ރައީސް

20 ސެޕްޓެމްބަރު 2022
ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތަކީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް – ނައިބް ރައީސް
18 ސެޕްޓެމްބަރު 2022

ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް

18 ސެޕްޓެމްބަރު 2022
ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް
18 ސެޕްޓެމްބަރު 2022

"ބޯހިމެނުމަށް މައުލޫމާތު ދޭން އިންކާރު ކުރާނަމަ ޤާނޫނީ ފިޔަވަޅު އެޅުމާއި ހަމައަށް ދާނެ"

18 ސެޕްޓެމްބަރު 2022
"ބޯހިމެނުމަށް މައުލޫމާތު ދޭން އިންކާރު ކުރާނަމަ ޤާނޫނީ ފިޔަވަޅު އެޅުމާއި ހަމައަށް ދާނެ"
16 ސެޕްޓެމްބަރު 2022

ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި

16 ސެޕްޓެމްބަރު 2022
ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި
03 ޑިސެމްބަރު 2021

އެންމެ ފަހުގެ ތަފާސްހިސާބުތައް ނެތުމުން ގޮންޖެހުންތައް ކުރިމަތިވޭ: އަސްލަމް

03 ޑިސެމްބަރު 2021
އެންމެ ފަހުގެ ތަފާސްހިސާބުތައް ނެތުމުން ގޮންޖެހުންތައް ކުރިމަތިވޭ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު