Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިމެނުން

ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ

14 މާރިޗު 2023 | އަންގާރަ 16:59

ފުރަތަމަ އާއްމުކުރުމަށް ނިންމާފައިވަނީ އިދާރީ ރަށްރަށުގެ ފެންވަރުގައި އެއްކުރެވުނު މަޢުލޫމާތު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 މާރިޗު 2023 | އަންގާރަ 16:59
ބޯހިމެނުމުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުންނާއި ނައިބްރައީސް ބައްދަލުކުރައްވަނީ

ބޯހިމެނުމުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުންނާއި ނައިބްރައީސް ބައްދަލުކުރައްވަނީ

މިދިޔަ އަހަރު ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ނަތީޖާ މި މަހުގެ 30 ވަނަ ދުވަހު އާއްމު ކުރަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނިންމައިފިއެވެ.

އެ ބިއުރޯއިން ބުނެފައިވާ ގޮތުގައި މިމަހުގެ 30 ވަނަ ދުވަހު އާއްމުކުރާނީ ފުރަތަމަ ފަހަރަށް އާއްމުކުރާ މަޢުލޫމާތެވެ. އެގޮތުން، ފުރަތަމަ އާއްމުކުރުމަށް ނިންމާފައިވަނީ އިދާރީ ރަށްރަށުގެ ފެންވަރުގައި އެއްކުރެވުނު މަޢުލޫމާތުތައް ކަމަށެވެ. މީގެ ތެރޭގައި އެރަށެއްގައި އުޅޭ ދިވެހިންގެ އަދަދާއި ބިދޭސިންގެ އަދަދާއި ޖިންސާއި އުމުރުފުރައިގެ މަޢުލޫމާތުތައް އާއްމުކުރުމަށް ވަނީ ނިންމާފައެވެ. އަދި ގޭބިސީތަކުގެ އަދަދާއި އެވްރެޖްކޮށް ގޭބިސީއެއްގައި އުޅޭ މީހުންގެ އަދަދު ހާމަކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

މީގެއިތުރަށް އިމާރާތްތަކާއި މީހުން ނިދާ، ދިރިއުޅޭ ތަންތަނާއި ލޭބަރ ކުއަރޓާޒްތަކާއި މަސައްކަތް ހިނގާ ތަންތަނުގެ މަޢުލޫމާތުތައް ހާމަކުރާނެކަމަށްވެސް އެ ބިއުރޯއިން ބުނެފައި ވެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ ބޯހިމެނުމުގެ ޑޭޓާގެ ކޯޑްކުރުމުގެ މަސައްކަތާއި އެކި ދާއިރާތަކުން ނަގާފައިވާ ތަފްސީލް މައުލޫމާތު ވެލިޑޭޓްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އަދި އިތުރު ދާއިރާތަކުގެ ނަތީޖާތައް ހާމަކުރާނެ ތާރީހުތައް އާއްމުކޮށް އަންގަމުންދާނެކަމަށްވެސް އެ ބިއުރޯއިން ބުންޏެވެ.

އެ ބިއުރޯގެ އަމާޒަކީ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ވީހާވެސް ފުޅާދާއިރާއެއްގައި ހާމަކޮށް ތަފާސް ހިސާބުގެ އަލީގައި ކަންކަން ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުންޏެވެ.

ބޯހިމެނުމުގެ މަސައްކަތަކީ ކޮންމެ 10 އަހަރަކުން އެއް އަހަރު ޤައުމުގެ ޙާލަތު ވަޒަންކޮށް ކުރިމަގުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ޕްލޭންކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ ތަރައްޤީގެ މަސައްކަތެކެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރުގެ ބޯހިމެނުމުގައި ވިޔަފާރިތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މައުލޫމާތުވެސް އެއްކުރިއެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށެވެ.

ބޯހިމެނުންނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2025

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު
23 އޮކްޓޯބަރު 2024

ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު

23 އޮކްޓޯބަރު 2024
ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު
10 މެއި 2023

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން

10 މެއި 2023
ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން
03 ނޮވެމްބަރު 2022

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ބޯހިމަނަން ފަށައިފި

03 ނޮވެމްބަރު 2022
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ބޯހިމަނަން ފަށައިފި
02 އޮކްޓޯބަރު 2022

މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް

02 އޮކްޓޯބަރު 2022
މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް
20 ސެޕްޓެމްބަރު 2022

ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތަކީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް – ނައިބް ރައީސް

20 ސެޕްޓެމްބަރު 2022
ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތަކީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް – ނައިބް ރައީސް
18 ސެޕްޓެމްބަރު 2022

ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް

18 ސެޕްޓެމްބަރު 2022
ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް
18 ސެޕްޓެމްބަރު 2022

"ބޯހިމެނުމަށް މައުލޫމާތު ދޭން އިންކާރު ކުރާނަމަ ޤާނޫނީ ފިޔަވަޅު އެޅުމާއި ހަމައަށް ދާނެ"

18 ސެޕްޓެމްބަރު 2022
"ބޯހިމެނުމަށް މައުލޫމާތު ދޭން އިންކާރު ކުރާނަމަ ޤާނޫނީ ފިޔަވަޅު އެޅުމާއި ހަމައަށް ދާނެ"
16 ސެޕްޓެމްބަރު 2022

ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި

16 ސެޕްޓެމްބަރު 2022
ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި
12 ޖުލައި 2022

ބޯހިމެނުމުގެ މަސައްކަތް 13 ސެޕްޓެމްބަރުގައި ފަށަނީ

12 ޖުލައި 2022
ބޯހިމެނުމުގެ މަސައްކަތް 13 ސެޕްޓެމްބަރުގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް