Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިމެނުން 2022

"ބޯހިމެނުމަށް މައުލޫމާތު ދޭން އިންކާރު ކުރާނަމަ ޤާނޫނީ ފިޔަވަޅު އެޅުމާއި ހަމައަށް ދާނެ"

18 ސެޕްޓެމްބަރު 2022 | އާދީއްތަ 02:06

ބޯހިމެނުމަށް ދޭ މައުލޫމާތު ސިއްރު ކުރެވޭނެ ކަމުގެ ޔަގީންކަން ދޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 ސެޕްޓެމްބަރު 2022 | އާދީއްތަ 02:06
ބޯހިމެނުމުގެ މަސައްކަތް ކުރާ ފަރާތްތަކާއި ރައީސް ބައްދަލުކުރެއްވުން

ބޯހިމެނުމުގެ މަސައްކަތް ކުރާ ފަރާތްތަކާއި ރައީސް ބައްދަލުކުރެއްވުން

ބޯހިމެނުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މައުލޫމާތު ދޭން އިންކާރު ކުރާނަމަ އެ މީހަކާ މެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު ވެސް ލިބިގެންވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ގައި ވާހަކަދައްކަވަމުން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވިދާޅުވީ މިހާރު ކުރިއަށްދާ ބޯހިމެނުމުގެ ހަރަކާތަކީ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އެގޮތުން، ބޯހިމެނުމަށް ލިބޭ މައުލޫމާތުތަކުގެ އަލީގައި ޕޮލިސީތައް ހެދުމަށާއި ދިރާސާތައް ކުރުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސަރުކާރުން ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ވެސް ބޯހިމެނުމުގެ މައުލޫމާތު މުހިންމުކަން ފާހަގަކުރައްވައި އައިޝަތު ހަސަން ވިދާޅުވީ ބޯހިމެނުމަށް ދޭ މައުލޫމާތަކީ ރޭވުމުގެ މަރުހަލާއަށް ވެސް ބޭނުންތެރި މައުލޫމާތުތައް ކަމަށާއި އެއީ ވަކިވަކި ފަރުދުންނަށް ވެސް މުހިންމު މައުލޫމާތެއް ކަމަށެވެ.

މި މަހުގެ 13 ވަނަ ދުވަހު ބޯހިމެނުމުގެ މަސައްކަތް ފަށާފައިވާއިރު މާލެ ސަރަހައްދުން އެއްބާރުލުން ލިބެމުން އަންނަކަން އައިޝަތު ހަސަން ފާހަގަ ކުރެއްވިއެވެ. އަދި ރަށްރަށުގައި ވެސް ހަލުވިކަމާއެކު މި މަސައްކަތް ކުރިއަށްދާ ކަމަށާއި މި މަސައްކަތް ކުރިއަށްގެންދަނީ އެހެން ޤައުމުތަކުގައި ވެސް ބޯހިމެނުމުގެ ކަންކަން ކުރިއަށްގެންދާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސުރުޚީގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ޝަހުދާ ވިދާޅުވީ މިހާރު ޤާނޫނުގެ ދަށުން ބޯހިމެނުމަށް މައުލޫމާތު ނުދޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އިހުތިޔާރު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް އެ ފިޔަވަޅު އެޅުމުގެ ކުރިން މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ މީހަކަށް ވެސް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހުދާ ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތް ކުރިއަށްދާއިރު ބޭނުންވަނީ އެންމެން ވެސް އެއްބާރުލުން ދީގެން އެ މީހެއްގެ ރުހުމާއެކު މައުލޫމާތު ދިނުން ކަމަށެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މައުލޫމާތު ދޭގޮތުގައި ބޯހިމެނުމަށް ދޭ މައުލޫމާތު ސިއްރު ކުރެވޭނެއެވެ. އެއީ ގާނޫނުން ވެސް މަޖުބޫރު ކުރާ ކަމެއް ކަަމަށާއި އާއްމު ކުރާނީ ލިބޭ ހުރިހާ މައުލޫމާތުތައް އެއްކޮށްގެން ކަމަށް އެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން މައުލޫމާތު އެއްކުރާއިރު އެއްވެސް މީހަކީ ކާކުކަން އެނގޭކަހަލަ މައުލޫމާތެއް ނުހޯދާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން އަރުވައެވެ.

ބޯހިމެނުމުގެ މަސައްކަތް މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު މައުލޫމާތު ހޯދަން ދާ އެނޫމަރޭޓަރުންނަކީ އެކަމުގައި އުޅޭ ފަރާތްތައްކަން ކަށަވަރު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، މައުލޫމާތު ހޯދަން ދާ އެނޫމަރޫޓަރުންގެ ކާޑު ސްކޭންކުރެވޭ ގޮތް ހަދާފައިވާއިރު ހާއްސަ ވެސްޓުތަކެއް ވެސް އެ ފަރާތްތަކުން މިހާރު ބޭނުން ކުރާނެއެވެ.

ބޯހިމެނުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެސް ވަނީ ހުރިހާ ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

ސެންސަސް 2022ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2025

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު
23 އޮކްޓޯބަރު 2024

ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު

23 އޮކްޓޯބަރު 2024
ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު
10 މެއި 2023

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން

10 މެއި 2023
ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން
14 މާރިޗު 2023

ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ

14 މާރިޗު 2023
ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ
02 އޮކްޓޯބަރު 2022

މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް

02 އޮކްޓޯބަރު 2022
މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް
20 ސެޕްޓެމްބަރު 2022

ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތަކީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް – ނައިބް ރައީސް

20 ސެޕްޓެމްބަރު 2022
ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތަކީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް – ނައިބް ރައީސް
18 ސެޕްޓެމްބަރު 2022

ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް

18 ސެޕްޓެމްބަރު 2022
ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް
16 ސެޕްޓެމްބަރު 2022

ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި

16 ސެޕްޓެމްބަރު 2022
ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި
13 ސެޕްޓެމްބަރު 2022

ބޯހިމެނުމުގެ މަސައްކަތަށް އެންމެންވެސް އެއްބާރުލުންދިނުމަށް ރައީސް އެދިވަޑައިގެންފި

13 ސެޕްޓެމްބަރު 2022
ބޯހިމެނުމުގެ މަސައްކަތަށް އެންމެންވެސް އެއްބާރުލުންދިނުމަށް ރައީސް އެދިވަޑައިގެންފި
12 ޖުލައި 2022

ބޯހިމެނުމުގެ މަސައްކަތް 13 ސެޕްޓެމްބަރުގައި ފަށަނީ

12 ޖުލައި 2022
ބޯހިމެނުމުގެ މަސައްކަތް 13 ސެޕްޓެމްބަރުގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް