Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިމެނުން

ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި

16 ސެޕްޓެމްބަރު 2022 | ހުކުރު 10:55

މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ 27ގެ ނިޔަލަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 ސެޕްޓެމްބަރު 2022 | ހުކުރު 10:55
ރައީސް، ސެންސަސް 2022 ގެ ޓީމާ ބައްދަލު ކުރެއްވުން

ރައީސް، ސެންސަސް 2022 ގެ ޓީމާ ބައްދަލު ކުރެއްވުން

މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބޯހިމެނުމުގެ މުއްދަތު އެންމެ ފުރަތަމަ ކަނޑައަޅާފައި ވަނީ މި މަހުގެ 13ން 14ށް އަދި 17 އިން ފެށިގެން ގޮސް 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން 13 އަދި 14 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައި ވަނީ ގޭބިސީތަކާއި ވިޔަފާރިތަކާއި ގުޅޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތެވެ. 17ން ފެށިގެން 25 ކުރިއަށްދާނީ ގޭބިސީތަކުގައި ދިރިއުޅޭ މީހުންނާއި ދިރިއުޅުމުގެ ޙާލަތާއި ގުޅޭ މަޢުލޫމާތު ނެގުމުގެ މަސައްކަތެވެ.

Advertisement - newsAdvertisement

ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ 27ގެ ނިޔަލަށެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައިވަނީ މާލެ އާއި ހުޅުމާލެ ސަރަހައްދުގެ ގޭބިސީތަކާއި ވިޔަފާރިތަކާއި ގުޅޭ މަޢުލޫމާތު އެއްކޮށް އަދި ނުނިމޭ ކަމަށެވެ. 

އެގޮތަށް ދިމާވީ މި ދެ ސަރަހައްދުގައި އެނިއުމަރޭޓަރުންގެ ގޮތުގައި މަސައްކަތްކުރާނެ މީހުން އެކަށީގެންވާ ވަރަށް ނުލިބުމުން ކަމަށް ބުނެފައިވެއެވެ. އެހެންވެ އެ ދެ ސަރަހައްދުގައި ލިސްޓިންގގެ މަސައްކަތް ހޮނިހިރު ދުވަހުވެސް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. އަދި ތަފްސީލް މައުލޫމާތު ނެގުމުގެ މުއްދަތު 27 އާ ހަމައަށް އިތުރުވެސް ކޮށްފައިވާކަމަށްވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިހެން ބުނެފައިވާއިރު ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން ކުރިއަށްގެންދަނީ ބުރަ އަދި މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފަރާތްތައް ކުރާ މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވޭ މަސައްކަތެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ އިޖުތިމާޢީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެކަންތައްތައް ޙައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަހަރުގެ ބޯހިމެނުމުގެ ޢަމަލީ މަސައްކަތުގައި 4000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ. ބޯހިމެނުމުގެ މަސައްކަތަކީ ކޮންމެ 10 އަހަރަކުން އެއްއަހަރު ޤައުމުގެ ޙާލަތު ވަޒަންކޮށް ކުރިމަގުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ޕްލޭންކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ ތަރައްޤީގެ މަސައްކަތެކެވެ. މީގެ ދަށުން ގޭބިސީތަކުގައި ދިރިއުޅޭ މީހުންގެ މަޢުލޫމާތާއި ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް މަސައްކަތްކުރާނެއެވެ.

ސެންސަސް 2022ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2025

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު
23 އޮކްޓޯބަރު 2024

ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު

23 އޮކްޓޯބަރު 2024
ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު
10 މެއި 2023

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން

10 މެއި 2023
ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން
14 މާރިޗު 2023

ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ

14 މާރިޗު 2023
ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ
02 އޮކްޓޯބަރު 2022

މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް

02 އޮކްޓޯބަރު 2022
މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް
20 ސެޕްޓެމްބަރު 2022

ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތަކީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް – ނައިބް ރައީސް

20 ސެޕްޓެމްބަރު 2022
ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތަކީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް – ނައިބް ރައީސް
18 ސެޕްޓެމްބަރު 2022

ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް

18 ސެޕްޓެމްބަރު 2022
ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް
18 ސެޕްޓެމްބަރު 2022

"ބޯހިމެނުމަށް މައުލޫމާތު ދޭން އިންކާރު ކުރާނަމަ ޤާނޫނީ ފިޔަވަޅު އެޅުމާއި ހަމައަށް ދާނެ"

18 ސެޕްޓެމްބަރު 2022
"ބޯހިމެނުމަށް މައުލޫމާތު ދޭން އިންކާރު ކުރާނަމަ ޤާނޫނީ ފިޔަވަޅު އެޅުމާއި ހަމައަށް ދާނެ"
13 ސެޕްޓެމްބަރު 2022

ބޯހިމެނުމުގެ މަސައްކަތަށް އެންމެންވެސް އެއްބާރުލުންދިނުމަށް ރައީސް އެދިވަޑައިގެންފި

13 ސެޕްޓެމްބަރު 2022
ބޯހިމެނުމުގެ މަސައްކަތަށް އެންމެންވެސް އެއްބާރުލުންދިނުމަށް ރައީސް އެދިވަޑައިގެންފި
12 ޖުލައި 2022

ބޯހިމެނުމުގެ މަސައްކަތް 13 ސެޕްޓެމްބަރުގައި ފަށަނީ

12 ޖުލައި 2022
ބޯހިމެނުމުގެ މަސައްކަތް 13 ސެޕްޓެމްބަރުގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް