Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިމެނުން

މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް

2 އޮކްޓޯބަރު 2022 | އާދީއްތަ 06:54

މައުލޫމާތު ލިބިފައިނުވާ ތަންތަނަށް ގުޅުމުގެ މަސައްކަތް މިހާރު ކުރަމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އޮކްޓޯބަރު 2022 | އާދީއްތަ 06:54
ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުން

ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދިއުން

މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް އެބަހުރިކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނެފިއެވެ.

މި ހިނގާ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ބޯހިމެނުމުގެ މަސައްކަތް ފަށާފައިވާއިރު، 25 ގެ ނިޔަލަށް މި މަސައްކަތް ކުރިއަށްދާނެކަމަށް އެމްބީއެސްއިން ބުނެފައިވެއެވެ. އަދި މާލެ ސަރަހައްދުގައި 27 ގެ ނިޔަލަށް މި މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވީ ނަމަވެސް، އެކި ސަބަބުތަކާހުރެ އަދިވެސް މާލެ ސަރަޙައްދުން ބޯހިމެނުމަށް މައުލޫމާތު ނުލިބޭ 900 ތަނެއް އެބަހުރިކަމަށް އެމްބީއެސްއިން ބުނެއެވެ.

Advertisement - newsAdvertisement

އެމްބީއެސްއިން ވަނީ މިހާތަނަށް ބޯހިމެނިފައި ނުވާ ތަންތަނާއި، ލޭބަރ ކުއާޓަރ އަދި ރަޖިސްޓަރ ކޮށްގެން އިގްތިސާދީ މަސައްކަތް ހިންގާ ތަންތަނުން އަދި ބޭނުންކުރާ ތަންތަންވެސް ވީވަރަކުން ފާހަގަކޮށް އެ ބިއުރޯއަށް އަންގަމުން ގެންދިއުމަށް އެދިފައެވެ.

އަދި މައުލޫމާތު ލިބިފައިނުވާ ތަންތަނަށް ގުޅުމުގެ މަސައްކަތް ކުރަމުންދާއިރު، ތަޅުލާފައި ހުރުމުންނާއި، މައުލޫމާތު ދެވޭ ވަރުގެ މީހަކާ ދިމާނުވުމާއި، ރަށުން ބޭރުގައިވުމާއި، އެނިއުމަރޭޓަރުން ދީފައިވާ އެޕޮއިންޓުމަންޓަށް ނުދެވުން ފަދަ ސަބަބުތަކާހުރެ މި މަސައްކަތް ލަސްވެފައިވާކަން އެމްބީއެސްއިން ފާހަގަ ކުރެއެވެ.

ބޯހިމެނުމަށް ލިބޭ މައުލޫމާތުތަކުގެ އަލީގައި ޕޮލިސީތައް ހެދުމަށާއި ދިރާސާތައް ކުރުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެމްބީއެސްއިން ބުނެއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މައުލޫމާތު ދޭގޮތުގައި ބޯހިމެނުމަށް ދޭ މައުލޫމާތު ސިއްރު ކުރެވޭނެއެވެ. އެއީ ގާނޫނުން ވެސް މަޖުބޫރު ކުރާ ކަމެއް ކަަމަށާއި އާއްމު ކުރާނީ ލިބޭ ހުރިހާ މައުލޫމާތުތައް އެއްކޮށްގެން ކަމަށް އެ އިދާރާއިން ބުނެއެވެ.

އަދި މައުލޫމާތު އެއްކުރާއިރު އެއްވެސް މީހަކީ ކާކުކަން އެނގޭކަހަލަ މައުލޫމާތެއް ނުހޯދާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ދެއެވެ.

މީގެ އިތުރުން، މިހާރު ޤާނޫނުގެ ދަށުން ބޯހިމެނުމަށް މައުލޫމާތު ނުދޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އިހުތިޔާރު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ލިބިގެންވާ ކަމަށާއި، ނަމަވެސް އެ ފިޔަވަޅު އެޅުމުގެ ކުރިން މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ މީހަކަށް ވެސް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން ކުރިއަށްގެންދަނީ ބުރަ އަދި މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފަރާތްތައް ކުރާ މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވޭ މަސައްކަތެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ އިޖުތިމާޢީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެކަންތައްތައް ޙައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަހަރުގެ ބޯހިމެނުމުގެ ޢަމަލީ މަސައްކަތުގައި 4000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ. ބޯހިމެނުމުގެ މަސައްކަތަކީ ކޮންމެ 10 އަހަރަކުން އެއްއަހަރު ޤައުމުގެ ޙާލަތު ވަޒަންކޮށް ކުރިމަގުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ޕްލޭންކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ ތަރައްޤީގެ މަސައްކަތެކެވެ. މީގެ ދަށުން ގޭބިސީތަކުގައި ދިރިއުޅޭ މީހުންގެ މަޢުލޫމާތާއި ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް މަސައްކަތްކުރާނެއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2025

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު
23 އޮކްޓޯބަރު 2024

ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު

23 އޮކްޓޯބަރު 2024
ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު
10 މެއި 2023

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން

10 މެއި 2023
ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން
14 މާރިޗު 2023

ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ

14 މާރިޗު 2023
ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ
20 ސެޕްޓެމްބަރު 2022

ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތަކީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް – ނައިބް ރައީސް

20 ސެޕްޓެމްބަރު 2022
ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތަކީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއް – ނައިބް ރައީސް
18 ސެޕްޓެމްބަރު 2022

ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް

18 ސެޕްޓެމްބަރު 2022
ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް
18 ސެޕްޓެމްބަރު 2022

"ބޯހިމެނުމަށް މައުލޫމާތު ދޭން އިންކާރު ކުރާނަމަ ޤާނޫނީ ފިޔަވަޅު އެޅުމާއި ހަމައަށް ދާނެ"

18 ސެޕްޓެމްބަރު 2022
"ބޯހިމެނުމަށް މައުލޫމާތު ދޭން އިންކާރު ކުރާނަމަ ޤާނޫނީ ފިޔަވަޅު އެޅުމާއި ހަމައަށް ދާނެ"
16 ސެޕްޓެމްބަރު 2022

ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި

16 ސެޕްޓެމްބަރު 2022
ބޯހިމެނުމުގެ މުއްދަތު އިތުރުކޮށްފި
12 ޖުލައި 2022

ބޯހިމެނުމުގެ މަސައްކަތް 13 ސެޕްޓެމްބަރުގައި ފަށަނީ

12 ޖުލައި 2022
ބޯހިމެނުމުގެ މަސައްކަތް 13 ސެޕްޓެމްބަރުގައި ފަށަނީ
03 ޑިސެމްބަރު 2021

އެންމެ ފަހުގެ ތަފާސްހިސާބުތައް ނެތުމުން ގޮންޖެހުންތައް ކުރިމަތިވޭ: އަސްލަމް

03 ޑިސެމްބަރު 2021
އެންމެ ފަހުގެ ތަފާސްހިސާބުތައް ނެތުމުން ގޮންޖެހުންތައް ކުރިމަތިވޭ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް