Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށު ފެރީގެ ނިޒާމް

"ރަށު ފެރީ" އަންނަ ނޮވެމްބަރުގައި ފަށާނެ- އަސްލަމް

17 މާރިޗު 2021 | ބުދަ 08:24

އިތުރު ޒޯންތަކުގެ މަސައްކަތް އަންނަ އަހަރުގެތެރޭގައި ކުރިއަށްގެންގޮސް 2023 ގައި މުޅި މަޝްރޫ އެއްކޮށް ނިމޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 17 މާރިޗު 2021 | ބުދަ 08:24
މިނިސްޓަރ އަސްލަމް

މިނިސްޓަރ އަސްލަމް

"ރަށު ފެރީ"ގެ ޚިދުމަތް އަންނަ ނޮވެމްބަރުގައި ފަށާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 'އިންޓަރގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ފެޓްވާރކް' ނުވަތަ ރަށު ފެރީގެ އެންމެ ތަފްސީލްތައް ދެއްވުމަށް ބުދަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރ އަސްލަމް ވިދާޅުވީ، ދަތުރުކުރުމަށް ބޭނުންވާ އުޅަނދުފަހަރު ބަނދެ، ސީ ޓްރައެލްތައް މި އަހަރުގެ މެދުތެރޭގައި ކޮށް, ނޮވެމްބަރުގައި ރައްޔިތުންނަށް ޚިދުމަތް ދެވޭވަރުވާނެ ކަމަަށެވެ.

ދައުލަތުގެ ބަޖެޓުން 157 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއު ކުރިއަށްގެންދިޔުމުގައި ސަރުކާރުގެ ވިސްނުމަކީ، ސަބްސިޑައިޒް ކޮށްގެންވެސް "ރަށު ފެރީ"ގެ ނިޒާމް ނަގާ ކޮޅަށްޖެހުމެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ، މިހާރު ބެލިބެލުމުން އަންދާޒާކުރެވުނު ގޮތުގައި، ސަރުކާރުން މި މަޝްރޫޢުއަށް، ގާތްގަނޑަކަށް 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ސަބްސިޑައިޒް ކުރަންޖެހޭނެއެވެ.

މިނިސްޓަރ ވިދާޅުވީ ފެރީތަކުގެ ޑިޒައިން ވެސް މިހާރު ނިމިފައިވާ ކަމަށާއި، މި ފެރީ ތަކަކީ ޕަސިންޖަރުންނަށް ރައްކާތެރި އަދި ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ފެރީތަކެއްކަމަށެވެ.

17 އުޅަނދު ބަނުމަށް ނިންމާފައިވާއިރު، އުޅަނދުފަހަރު ބަނުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށާއި، އުޅަނދު ބަނުމަށް ހަވާލުކުރާނީ ދިވެހި ބަޔަކާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އުތުރުގެ 42 ރަށަކަށް ދަތުރުކޮށް އެ ރަށްރަށުގައި ފެރީ ކައިރިކުރާނެ ސަރަހައްދުތަކާއި، ފެރީ ގިމަތަ އަޅާނެ ތަންތަން ކައުންސިލްތަކާއި، ވާހަކަދައްކައިގެން ހަމަޖެހިފައިވާކަމަށެވެ. އަދި ކައުންސިލްތަކާއި އެރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވެސް މިކަމުގައި ވަރަށް އެއްބާރުލުން ލިބިފައިވާކަމަށެވެ.

ފެެރީ ދަތުރުތައް ފަށާއިރު ރަށްރަށުގެ ޓާރމިނަލްތައް ހުންނާނީ ނިމިފައި ކަމަށާއި، ޒޯން 1ގެ ދަތުރު ރޫޓާއި ޝެޑިއުލްވެސް މިހާރު އެއްކޮށް ނިމިފައިވާކަމަށެވެ. އަދި ފެރީގެ އަގުތައް މިހާރު ރިވިއު ކުރަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ އެމްޑީ، އާދަމް އާޒިމް ވިދާޅުވީ، ފެރީގެ ޚިދުމަތް ފަށާއިރު، މުވައްޒަފުން ހޯދުމުގެ މަސައްކަތް ޖުލައިމަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. ވިސްނުމަކީ އެ ސަރަހައްދުތަކުން މުވައްޒަފުން ހޯދުން ކަމަށެވެ. ޒޯން 1ގައި ޚިދުމަތް ދިނުމަށް 80 މުވައްޒަފުންގެ ބޭނުންވެއެވެ.

މުޅި ރާއްޖެ ދަތުުރުފަތުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގައި އެންމެ ފުރަތަމަ ފެރީގެ ޚިދުމަތް ފަށަނީ އުތުރުގެ 3 އަތޮޅުގައެވެ. މުޅިރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބާކީހުރި ޒޯންތަކުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ކުރިއަށްގެންގޮސް 2023 ގައި މުޅި މަޝްރޫ އެއްކޮށް ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ.

ރަށު ފެރީމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމް

އިތުރަށް ކިޔާލަން

30 އޯގަސްޓު 2023

ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް

30 އޯގަސްޓު 2023
ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް
29 އޯގަސްޓު 2023

ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް

29 އޯގަސްޓު 2023
ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް
08 އޯގަސްޓު 2023

ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް

08 އޯގަސްޓު 2023
ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް
27 ޖޫން 2023

ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި

27 ޖޫން 2023
ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި
26 ޖޫން 2023

ފްލެޓް ލިސްޓުވެސް އޮތީ ގާތްގަނޑަަށް ނިމިފައި، މާ ގިނަ ދުވަހަކު އިންތިޒާރު ކުރައްވާކަށް ނުޖެހޭނެ - އަސްލަމް

26 ޖޫން 2023
ފްލެޓް ލިސްޓުވެސް އޮތީ ގާތްގަނޑަަށް ނިމިފައި، މާ ގިނަ ދުވަހަކު އިންތިޒާރު ކުރައްވާކަށް ނުޖެހޭނެ - އަސްލަމް
26 ޖޫން 2023

ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން ޖުލައި 15ގެ ނިޔަލަށް - "އެއްވެސް ނަމެއް އުނިވާނެ ކަމަކަށް ނުބެލެވޭ"

26 ޖޫން 2023
ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން ޖުލައި 15ގެ ނިޔަލަށް - "އެއްވެސް ނަމެއް އުނިވާނެ ކަމަކަށް ނުބެލެވޭ"
27 މެއި 2023

މި ސަރުކާރަކީ ވައުދު ފުއްދާ ބައެއް، ހުވަފެން ދައްކާ ބައެއް ނޫން: މިނިސްޓަރު އަސްލަމް

27 މެއި 2023
މި ސަރުކާރަކީ ވައުދު ފުއްދާ ބައެއް، ހުވަފެން ދައްކާ ބައެއް ނޫން: މިނިސްޓަރު އަސްލަމް
27 މެއި 2023

ކިތަންމެ ވަރަކަށް ތޮޅުނަސް މަޝްރޫއުތަކަށް ހުރަސް އެޅޭ ކަންކަން ކޮށްގެން ނުވާނެ: މިނިސްޓަރު އަސްލަމް

27 މެއި 2023
ކިތަންމެ ވަރަކަށް ތޮޅުނަސް މަޝްރޫއުތަކަށް ހުރަސް އެޅޭ ކަންކަން ކޮށްގެން ނުވާނެ: މިނިސްޓަރު އަސްލަމް
23 މެއި 2023

މަކުނުދޫ އެއަރޕޯޓުގެ ކޮންޓްރެކްޓް މަހެއްހާ ދުވަހުގެ ތެރޭގައި ފައިނަލައިޒް ކުރެވޭނެ - އަސްލަމް

23 މެއި 2023
މަކުނުދޫ އެއަރޕޯޓުގެ ކޮންޓްރެކްޓް މަހެއްހާ ދުވަހުގެ ތެރޭގައި ފައިނަލައިޒް ކުރެވޭނެ - އަސްލަމް
23 މެއި 2023

ނޭކުރެންދޫ ބަނދަރުގެ މަސައްކަތް ފެށޭނީ ކަނޑޫފަލުގެ ސަރވޭއެއް ހެދިގެން - އަސްލަމް

23 މެއި 2023
ނޭކުރެންދޫ ބަނދަރުގެ މަސައްކަތް ފެށޭނީ ކަނޑޫފަލުގެ ސަރވޭއެއް ހެދިގެން - އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް