Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުފާވެރި އަމާން ރާއްޖެ

ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް

ފާއިތުވި ތިން އިންތިޚާބުގައިވެސް ރައްޔިތުން ވޯޓުލީ ވަކި މީހަކަށް އިންތިޚާބު ކާމިޔާބުވިޔަ ނުދިނުމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 8 އޯގަސްޓު 2023 | އަންގާރަ 18:12
މިނިސްޓަރު އަސްލަމް، ގައްދޫގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

މިނިސްޓަރު އަސްލަމް، ގައްދޫގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ވަކި މީހަކަށް އިންތިޚާބު ކާމިޔާބުވިޔަ ނުދިނުމުގެ ބަދަލުގައި، ރައީސަކު ހޮވަން ދިވެހިން ވޯޓުލާން ވެއްޖެކަމަށް، ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގދ. ގައްދޫގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ، ރާއްޖޭގައި މިނިވަން ސިޔާސީ ހަރަކާތް ފެށިފަހުން ހަތަރުވަނަ ރިޔާސީ އިންތިޚާބެއް ބާއްވާއިރު، ފާއިތުވި ތިން އިންތިޚާބުގައިވެސް ރައްޔިތުން ވޯޓުލީ ވަކި މީހަކަށް އިންތިޚާބު ކާމިޔާބުވިޔަ ނުދިނުމުގެ ވިސްނުމުގައި ކަމަށެވެ. އެގޮތުން، ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް އެ އިންތިޚާބުތަކުގައި ވޯޓުލީ ސަބަބުތަކެއް ހުރެގެންކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ މިއަދު ރާއްޖެ އޮތީ ޑިމޮކްރަސީގައި ކުރިއަށް އާދެވިފައި ކަމަށާއި، މިއަދުގެ ސަރުކާރުން ފަސް އަހަރު ނިމިގެންދާއިރު ޖަޒީރާ ރާއްޖެ ތަސައްވުރާ އެއްގޮތަށް، އެއްވެސް ރައްޔިތަކު ބާކީނުކޮށް ތަރައްގީ ގެނެސްދީފައިވާ ކަމަށެވެ. އެހެންވެ، ޕާޓިތަކުގެ ލީޑަރުން ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަތުމުން އެ ބޭފުޅުންގެ ސިޔާސަތާއި މާޒީގެ މަސައްކަތްތަކަށް ބެލުމަށްފަހު ރައްޔިތުން ރައީސަކު އިންތިޚާބު ކުރާނެ ދުވަހަކަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕް ބަދަލުވިނަމަވެސް ޕާޓީތައް އުފެދިގެން އަންނަނީ ވަކި އަސާސްތަކެއްގެ މައްޗަށް ކަމަށްވާއިރު އެމްޑީޕީ އަދިވެސް ދެމިއޮތީ 2008 ވަނަ އަހަރު ވެރިކަމަށް އައި އަސާސްތަކާއެކުގައި ކަމަށެވެ. އެގޮތުން، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯދައިދިނުމާއި, ރަށު ބަންދުން ރައްޔިތުން ވީއްލުމާއި، ބޭސް ސިޓީއަށް ސަލާން ޖެހުން ހުއްޓުވުމާއި، ތާހިރު އަގުހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަކީ އަދިވެސް އެމްޑީޕީގެ ސިޔާސަތުކަން އޭނާ ފާހަގަކުރެއްވިއެވެ.

ދެވަނަ ދައުރެއް ރައީސަށް ދިނުމަކީ ފުރަތަމަ ދައުރުގައި ރައީސަކު ކުރެއްވި މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ މިންވަރު ހާމަކޮށްދޭ ކަމެއްކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ކޮށްދިން ކަންކަން ރައްޔިތުން ބަލައިގެންފައިވާކަން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުތަކުގައި ހާމަވެގެންދާކަމަށެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްއުފާވެރި އަމާން ރާއްޖެ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2023

ދެވަނަ ބުރެއް އަތުވެދާނެކަމަށް ބަލާ ތިބީ އެކަމަށް ތައްޔާރުވެގެން: ރައީސް

20 ސެޕްޓެމްބަރު 2023
ދެވަނަ ބުރެއް އަތުވެދާނެކަމަށް ބަލާ ތިބީ އެކަމަށް ތައްޔާރުވެގެން: ރައީސް
19 ސެޕްޓެމްބަރު 2023

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭނަން، ސިޔާސަތުވަނީ އެކުލަވާލާ ނިމިފައި: ރައީސް

19 ސެޕްޓެމްބަރު 2023
މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭނަން، ސިޔާސަތުވަނީ އެކުލަވާލާ ނިމިފައި: ރައީސް
19 ސެޕްޓެމްބަރު 2023

ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި

19 ސެޕްޓެމްބަރު 2023
ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި
19 ސެޕްޓެމްބަރު 2023

މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު

19 ސެޕްޓެމްބަރު 2023
މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު
16 ސެޕްޓެމްބަރު 2023

ހާފް ޓައިމުގައި ރަނގަޅަށް ރާވާލައިފިން، ބަދަލުތަކެއް ގެނެސް ބުންވަރު ހުރި މީހުން ނެރެ މެޗް ކާމިޔާބުކުރާނަން: ރައީސް

16 ސެޕްޓެމްބަރު 2023
ހާފް ޓައިމުގައި ރަނގަޅަށް ރާވާލައިފިން، ބަދަލުތަކެއް ގެނެސް ބުންވަރު ހުރި މީހުން ނެރެ މެޗް ކާމިޔާބުކުރާނަން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު