Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭކުރެންދޫ ބަނދަރު

ނޭކުރެންދޫ ބަނދަރުގެ މަސައްކަތް ފެށޭނީ ކަނޑޫފަލުގެ ސަރވޭއެއް ހެދިގެން - އަސްލަމް

ބަނދަރުގެ މަސައްކަތުގެ އީއައިއޭ ފާސްކޮށްދެވެންޔާ މަސައްކަތާއިގެން ކުރިއަށްގެންދެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 މެއި 2023 | އަންގާރަ 05:59
ނޭކުރެންދޫ - އެރަށުގެ ބަނދުގެ މަސައްކަތް ފެށޭނީ ކަނޑޫފަލުގެ ސަރވޭއެއް ހެދިގެން

ނޭކުރެންދޫ - އެރަށުގެ ބަނދުގެ މަސައްކަތް ފެށޭނީ ކަނޑޫފަލުގެ ސަރވޭއެއް ހެދިގެން

ހދ. ނޭކުރެންދޫ ބަނދަރުގެ މަސައްކަތް ފެށޭނީ އެރަށުގެ ބަނދަރާއި އިންވެގެން އޮންނަ ކަނޑޫފަލުގެ ސަރވޭއެއް ހެދިގެން ކަމަށް ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ނޭކުރެންދޫ ބަނދަރުގެ އީއައިއޭ ހަދާއިރު، ބަނދަރު ކައިރީގައި އޮންނަ ކަނޑޫފަލުގެ ރަނގަޅު އެސެސްމަންޓެއް ހެދުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެދިފައިވާ ކަމަށެވެ.

މިިނިސްޓަރު ވިދާޅުވީ ކަނޑޫފަލުގެ އެސެސްމަންޓާއި ނުލާ ބަނދަރުގެ އީއައިއޭގެ ޑްރާފްޓެއް ލިބިފައިވާ ކަަމަށާއި، އެ ޑްރާފްޓް ލިބިފައިވަނީ ހޯމަ ދުވަހު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އީއައިއޭ ހަދާފައިވަނީ އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ކަމަށައި، އީއައިއޭ ރިވިއުކޮށްފައި އަނބުރާ ފޮނުވާލާނެ ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އެއްވެސް ހާލެއްގައި ކަނޑޫފަލުގެ ސަރވޭ ނުކުރާކަށް ނުއުޅުއްވާ ކަމަށެވެ. އެކަމަކު ބަނދަރުގެ މަސައްކަތުގެ އީއައިއޭ ފާސްކޮށްދެވެންޔާ މަސައްކަތާއިގެން ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ އީއައިއޭ ސަބްމިޓްކޮށްފައި އެ މަސައްކަތް ކުރިއަށް ގެންދަވަން ކަމަށެވެ.

މިނިސްޓަރު އަސްލަމް ވަނީ ކުމުންދޫ ބަނދަރުގެ މައްސަލައިގައި މެންބަރު ރާއީ ކުރެއްވި ސުވާލުގެ ޖަވާބުވެސް އޮޅުންފިލުވާ ދެއްވާފައެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ކުމުންދޫ ބަނދަރުގެ އެންމެ ފަހުން ލިބުނީ ބޮޑު ހިލަޖެހުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ކަމަށެވެ. އަދި މިތަނަކީ ވަރަށް ބޮޑަށް ގަދަވާ ތަނެއް ކަމަށާއި، އެތަނުގައި ޖައްސަން ޖެހެނީ 2 ޓަނާއި 4 ޓަނާއި ދެމެދުގެ ބަރުމިން ހުންނަ ހިލަ ކަމަށެވެ.

ކުމުންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މި އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. އަދި ނޭކުރެންދޫ ބަނދުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ނޭކުރެންދޫހދ. ކުމުންދޫމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްމަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު