Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިންވެރިޔާ ސްކީމް

ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި

ގޭގެއަށް ޒިޔާރަތް ކުރުމުން މީހުން ދައްކާފައިވަނީ ސީދާ އެމީހުންގެ ދިރިއުޅުމުގެ ޙާލަތަށް ނުވާ ފަހަރުވެސް އާދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖޫން 2023 | އަންގާރަ 07:19
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުން ކަނޑައެޅުއްވިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ކިޔާދެއްވައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތް ކުރައްވާފައި ނުވާނެ ކަމަށާއި، އެކަން ނުކުރީ ސަބަބުތަކެއް ހުރެގެން ކަމަށެވެ.

މީގެ ކުރިން ކުރެވުނު ތަޖުރިބާތަަކަށް އަލިއަޅުވާލައްވާ މިނިސްޓަރު ވިދާޅުވީ، ގޭގެއަށް ޒިޔާރަތް ކުރުމުން މީހުން ދައްކާފައިވަނީ ސީދާ އެމީހުންގެ ދިރިއުޅުމުގެ ޙާލަތަށް ނުވާ ފަހަރުވެސް އަންނަ ކަމަށެވެ.

ގޭގެއަށް ޒިޔާރަތް ކޮށްގެން ޙާލަތު ބެލުމަކީ އިންސާފުވެރިކޮށް ކަމެއް ކުރެވޭ ސަބަބެއްކަމަށް އަބަދު ނުވާކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ އެކި މުއައްސަސާތަކުގައި ހުރި މައުލޫމާތުތައް ބަލާފައިވާނެ ކަމަށާއި، އެ މައުލޫމާތުތައް އެއްކުރުމުން ޖުމުލަ މަންޒަރެއް ސާފުވާ ކަމަށެވެ.

މިސާލަކަށް ޑީއެންއާރް، އެމްއީޑީ އަދި އެންސްޕާއާއި، ސިވިލް ސަރވިސް ކޮމިޝަނާއި، ޕެންޝަން އޮފީހާއި، ކޯޓުތަކުގައި ހުރި ގޯތި ގެދޮރާ ބެހޭ މައުލޫމާތުތައްވެސް އެއްކޮށްފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ އެންމެ ބޮޑު މަޤްސަދަކަށްވީ މާލޭ ރައްޔިތުންގެ ތެރެއިން ބިން ލިބެން ނެތް، އަދި ކުދި ކުދި ބިންކޮޅުތައް ލިބެން އޮތް ފަރާތްތަކަށް ބިން ހޯދައިދިނުން ކަމަށެވެ.

ހޯމަ ދުވަހު 5،000 ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ވަނީ ހާމަކޮށްފައެވެ. ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ އެ ލިސްޓުގައި ނުހިމެނުނު ނަމަވެސް، ގޯތި ލިބުމަށް ޝަރުތު ހަމަވާ 9،555 މީހުންނަށް ވެސް ޖޮއިންޓްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްބިންވެރިޔާ ސްކީމް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް
20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
17 އޮކްޓޯބަރު 2025

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް
02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
09 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި
03 ފެބުރުއަރީ 2025

ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި

03 ފެބުރުއަރީ 2025
ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި
21 ޑިސެމްބަރު 2024

ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް

21 ޑިސެމްބަރު 2024
ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް
21 ޑިސެމްބަރު 2024

ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!

21 ޑިސެމްބަރު 2024
ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!
20 ޑިސެމްބަރު 2024

ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

20 ޑިސެމްބަރު 2024
ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި
19 ޑިސެމްބަރު 2024

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީން އަމުރުކޮށްފި

19 ޑިސެމްބަރު 2024
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު