Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރައްގީ ހަމަހަމަކުރުން

ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް

މި ސިޔާސަތު ނެތް އެހެން ބަޔަކަށް މި ތަސައްވުރު ފުރިހަމަކޮށެއް ނުދެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2023 | ބުދަ 14:24
ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް، ހުވަދު އަތޮޅުގައި އާރުޓީއެލް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް، ހުވަދު އަތޮޅުގައި އާރުޓީއެލް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

ނިސްބަތުން ތަރައްގީ ގެނައުމުގެ ވިސްނުމެއް ނެތް ކަމަށާއި، އެކަން ކުރައްވާނީ ހަމަހަމަ ގޮތެއްގައި ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްުޔާތުގައި ވާހަކަަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުޑަރަށެއް ބޮޑުރަށެއް ނެތި ރައްޔިތުންނަށް ލިބޭނެ ޚިދުމަތަކީ އާރުޓީއެލްގެ ޚިދުމަތް ކަމަށެވެ. އެންމެންނަށް ހަމަހަމަ ގޮތެއްގައި ލިބޭ ތަރައްގީއަކީ މިއީ ކަމަށާއި، ނިސްބަތުން ތަރައްގީ ކޮށްދޭކަށް ވިސްނުމުގައި ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހަމަހަމަ ގޮތެއްގައި ތަރައްގީ ލިބޭނެ ކަމަށާއި، ގައުމެއްގައި ތަރައްގީއަކީ ނިސްބަތުން ދޭ އެއްޗެއް ނޫން ކަމަށެވެ. އަދި އުއްމީދު ފުރިހަމަ ކުރުމަށް ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި، އާރުޓީއެލް ނޫން، އަދިވެސް ގިނަ ބަދަލުތައް ގެންނަން އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ފެރީގެ ޚިދުމަތް ތަންކޮޅެއް ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ފެށި ކަމަށާއި، ފަށާފައި ސަރުކާރު ބަދަލުވުމާއެކު ދެން އައި ސަރުކާރުން މިކަން ތަރައްގީ ނުކުރި މކަމަށެވެ. އަދި މިކަމާ ދޭތެރޭގައި ވިސްނުމެއް ނެތް ކަމަށާއި، ސިޔާސީ ބޭފުޅުންނާއި ގައުމުގެ ވެރިން ގައުމެއްގެ ރައްޔިތުންނާ ދޭތެރޭގައި ދެކޭގޮތާއި ގެންގުޅުއްވާ ތަސައްވަރު ރައްޔިތުންނަށް ވަރަށް މުހިންމުވާންޖެހޭ ކަމަށެވެ. އަދި މިކަން ކުރުމުގެ ވިސްނުން ސަރުކާރުތަކުގައި ނެތުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށާއި، އެހެންނޫންނަމަ މިއަދު އެވާހަކަ ދައްކާކަަށް ނުޖެހޭނެ ކަމަށެވެ. އަދި ތަރައްގީގައި ދެވިފައި އޮންނާނީ އެހެން ހިސާބަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އާރުޓީއެލްގެ ޚިދުމަތަކީ ދެން އެއްވެސް ބަޔަކަށް ހުއްޓުވޭނެކަމެއް ނޫން ކަމަށެވެ. 67 އުޅަނދު ބަނދެގެން ދަތުރުގައި ބައިވެރި ކުރެވިއްޖެ ކަމަށާއި، ތަަސައްވުރަކީ ކުރިއަށް އޮތް އަހަރު ނިމުމުގެ ކުރިން 187 ރަށް އެކީގައި ގުޅާލައި މަހާލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އުމުރުން 4 އަހަރުން ދަށުގެ ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަތުން މި ޚިދުމަތުގައި ލާރި ނުނަގާނެ ކަމަށެވެ. އަދި މިހާތަނަށް 19000ށްވުރެ ގިނަ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަށް ޚިދުމަތް ލިބިފައި އެބަހުރި ކަމަށެވެ. މިނިސްޓަރު ވަނީ މިކަން ހުއްޓުނަނުދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މިނިސްޓަރު ވިދާޅުވީ ހުވަދުއަތޮޅުގައި ޚިދުމަތް ދޭނީ 8 ލޯންޗުން ކަމަށާއި، އިތުރު ލޯންޗް އަންނާނެ ކަމަށެވެ. އަދި މި ޚިދުމަތް ފެށީ 6 އުޅަނދުން ކަމަށާއި، އިތުރު އުޅަނދު ގެނެސް ބެކަޕް ލޯންޗް އޮންނާނެ ކަމަށެވެ. އަދި މިއިން ލޯންޗެއްގައި 6 ކުރޫން ތިބޭނެ ކަމަށާއި، އެއީ ރަށުގައި ހުރެގެން އަދާކުރެވޭނެ ވަޒީފާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްރާއްޖެ ޓްރާންސްޕޯޓް ލިންކްއާރްޓީއެލް ގދ. ތިނަދޫރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއުފާވެރި އަމާން ރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު