Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އުފާވެރި އަމާން ރާއްޖެ

ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް

ރައީސަކީ ހިކުމަތްތެރި އަދި ރައްޔިތުންނާ ދޭތެރޭ ވިސްނުން ގެންގުޅުއްވާ ބޭފުޅެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2023 | އަންގާރަ 02:18
މިނިސްޓަރު އަސްލަމް ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

މިނިސްޓަރު އަސްލަމް ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ޤައުމަށް ވެސް އަދި ޕީޕީއެމްއަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުއަށް ދެވަނަ ދައުރެއް ދިނުން ކަމަށް ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެރޭ ލ. ގަމުގައި ބޭއްވެވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް މިއަހަރު ނެތްކަން ފާހަގަކުރައްވައި އަސްލަމް ވަނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު އެ ޕާޓީގެ ކުލައާއި ލޯގޯ އަދި ލީޑަރުގެ ފޮޓޯ ބޭނުން ކުރައްވާތީ ފާޑު ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މިއީ މުއިއްޒު ކުރައްވާ ވަރަށް ވިޔާނުދާ ކަމެއް ކަމަށާއި ވެރިކަމަށް ވަޑައިގަތުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކާ އެއްގޮތަށް ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ. އެއީ އިތުރުފުޅެއް ކަމަށާއި ވެރިކަމަށް އަންނަ ބޭފުޅެއްގެ ސިޔާސަތުތަކާއި ތަސައްވުރެއް އޮންނަން ޖެހޭ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ތަހުޒީބީ މުޖުތަމައުތަކުގައި ދެވަނަ ދައުރަކަށް ބޭފުޅަކު ވެރިކަމަށް އައްޔަން ކުރަނީ ފުރަތަމަ ދައުރެއްގައި ކޮށްދީފައިވާ ކަންކަމަށް ބަލައި ރައްޔިތުން އެދޭވަރަށް ކަންކަން ކޮށްދީފައިވާނަމަ ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ މިއަދު އެ މަންޒަރު ކޮންމެ ރަށަކުން ވެސް ފެނިގެންދާ ކަމަށެވެ. އަދި ވެރިއެއްގެ ގައިގައި ހުންނަން ޖެހޭ ސިފަތަކުގެ ތެރޭގައި އެންމެ މުހިންމު އެއް ސިފަޔަކީ ކެތްތެރިކަމުގެ ސިފަ ކަމަށާއި ރައީސްގެ ކިބައިގައި އެ ސިފަ ހުރިކަން މިދިޔަ ފަސް އަހަރު ސިޔާސީ ގޮތުން ރާއްޖޭގައި ހަމަޖެހުން ގާއިމުވެފައި އޮތުމުން ދޭހަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިހުއަށް ދެވަނަ ދައުރެއް ދެއްވުމަށް އޭނާ ބޭނުންފުޅުވަނީ ރައީސަކީ ހިކުމަތްތެރި އަދި ރައްޔިތުންނާ ދޭތެރޭ ވިސްނުން ގެންގުޅުއްވާ ބޭފުޅަކަށްވާތީ ކަމަށާއި އެއަށްވުރެ ޤައުމަށާއި އިދިކޮޅު ޕީޕީއެމަށް ވެސް ފައިދާ ހުރި ގޮތެއް ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ފުރަތަމަ ބުރުގައި ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރައްވަނީ ވޯޓު ބައިބަޔަށް ބަހާލައިގެން ދެވަނަ ބުރަކަށް ގޮސް ކޯލިޝަން ހެދުމުގެ ބޭނުމުގައި ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އެ ހާލަތުގައި ހަދަނީ މަޖުބޫރުވެގެން ހަދާ ކޯލިޝަނެއް ކަމަށެވެ. އެހެންވެ އެފަދަ ކޯލިޝަންތައް ރޫޅެން ދިމާވާ ކަމަށާއި އެކަން މާޒީޏް ފެނިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ދެވަނަ ބުރެއްގެ އިންތިޒާރުގައި ތިއްބެވި ފަރާތްތައް ވެސް މިހާރު އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް އަސްލަމް ދައުވަތު ދެއްވިއެވެ.

މީގެއިތުރުން އަސްލަމް ވިދާޅުވީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ފެންނަ މަންޒަރުތަކުން ރައީސް ޞާލިހު މިއަހަރުގެ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އުފާވެރި އަމާން ރާއްޖެމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްޕީޕީއެމް

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު