Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުން

ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން ޖުލައި 15ގެ ނިޔަލަށް - "އެއްވެސް ނަމެއް އުނިވާނެ ކަމަކަށް ނުބެލެވޭ"

ހަތް މީހުންނަށްވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ ފޯމަކަށް ލިބޭނީ ޖުމްލަ 4،000 އަކަފޫޓް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޖޫން 2023 | ހޯމަ 13:47
ޕްލޭނިންގ މިނިސްޓްރީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޕްލޭނިންގ މިނިސްޓްރީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މި ސަރުކާރުން ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، މިހާރު އާާއްމުކޮށްފައިވާ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 26 ޖޫންއިން ފެށިގެން، އަންނަ ޖުލައި މަހުގެ 15އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އެހެންނަމަވެސް ލިސްޓުން ނަމެއް އުނިވެދާނެ ކަަމަށް ނުބެލެވޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި، ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަސްލަމް އިތުރަށް ވިދާޅުވީ ޝަކުވާތައް ބަލައިގަނެ، ލިސްޓަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް، ފައިނަލް ލިސްޓު އާއްމުކުރާނީ ޝަރުތު ހަމަވާ މީހުންނަށް ލިބޭނެ ބިމުގެ މައުލޫމާތާއި އެކުގައި ކަމަށެވެ.

"ބިންވެރިޔާ" ސްކީމްގެ ދަށުން 15،164 ފޯމު ހުށަހަޅާފައިވާއިރު އެއީ ޖޮއިންޓް-އެޕްލިކޭޝަންތައް ހިމެނޭ ގޮތަށް, މުޅިއެކު 19،857 މީހުންނެވެ. ހޯމަ ދުވަހު އާއްމުކުރި ލިސްޓުގައި ހިމެނެނީ އޭގެ ތެރެއިން ގޯތި ލިބޭ 10،314 މީހުންނެވެ. އަސްލަމް ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމުގެ ކަންކަން ކަނޑައެޅި ކޮމިޓީގެ މަސައްކަތްތައް ރަނގަޅުކަން ފާހަގަކުރައްވައި، އެ ކޮމިޓީގެ މަސައްކަތަށް ތައުރީފްކުރައްވާފައެވެ.

މީގެ އިތުރުން ގޯތި ދިނުމަށްޓަކައި ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާތްކޮށްފައި ނުވާތީ އެކަމާމެދު ނޫސްވެރިއަކު ސުވާލު ދެންނެވުމުން އަސްލަމް ވިދާޅުވީ، އާއްމުކޮށް ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ޒިޔާރަތްކުރުމަކީ އެންމެ އިންސާފުވެރިގޮތް ނޫން ކަމަށެވެ. އެފަދަ ސަރވޭތައް ކުރަން ދާއިރު އާއްމުން ދަނީ ދައްކަން ބޭނުންވާ ވަކި މަންޒަަރެއް ކަަމަށާއި، ދިރިއުޅުމުގެ ހަގީގީ މަންޒަރު ނުފެންނަ ކަަމަށް އަސްލަމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި މި ފަހަރު ބަލާފައިވާނީ ކަމާގުޅޭ އިދާރާތަކުގައި ހުރި ލިޔެކިޔުންތަކުން ލިބެން ހުރި ސައްހަ މައުލޫމާތަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރަނީ ހުޅުމާލެއާއި ގުޅީފަޅުގެ އިތުރުން ގިރާވަރު ފަޅު ހިއްކައިގެންނެވެ. މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ގޯތީގެ އަދަދު ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ ގޯތި ދިނުމަށްޓަކައި ހޮވާ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމަށްފަހުއެވެ. އެގޮތުން ފޯމަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނާއި، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ ފޯމުތަކަށް، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ. އެގޮތުގެ މަތިން ހަތް މީހުންނަށްވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ ފޯމަކަށް ލިބޭނީ ޖުމްލަ 4،000 އަކަފޫޓެވެ.

ބިންވެރިޔާ ސްކީމްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް
20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
17 އޮކްޓޯބަރު 2025

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް
02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
09 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި
03 ފެބުރުއަރީ 2025

ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި

03 ފެބުރުއަރީ 2025
ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި
21 ޑިސެމްބަރު 2024

ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް

21 ޑިސެމްބަރު 2024
ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް
21 ޑިސެމްބަރު 2024

ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!

21 ޑިސެމްބަރު 2024
ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!
20 ޑިސެމްބަރު 2024

ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

20 ޑިސެމްބަރު 2024
ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި
19 ޑިސެމްބަރު 2024

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީން އަމުރުކޮށްފި

19 ޑިސެމްބަރު 2024
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު