Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

މޮންޗެންގްލަޑްބަކް ބަލިކޮށް ސިޓީ ކުއާޓާއަށް

ސިޓީއަށް ކުރި ލިބުނީ 4-0 ގެ އެގްރިގޭޓް ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 މާރިޗު 2021 | އަންގާރަ 23:20
ސިޓީ އާއި މޮންޗެންގްލަޑްބަކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 2-0 ން

ސިޓީ އާއި މޮންޗެންގްލަޑްބަކް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 2-0 ން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ބޮރޫޝިއާ މޮންޗެންގްލަޑްބަކް ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސިޓީ އާއި މޮންޗެންގްލަޑްބަކުގެ ދެ ލެގުވެސް ކުޅެފައިވަނީ ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާގައެވެ. އެގޮތުން އަންގާރަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުން 2-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވިއިރު، ފުރަތަމަ ލެގުންވެސް ސިޓީ ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން 4-0 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސިޓީ ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ސިޓީން ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ ކެވިން ޑި ބްރޭނާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި އޭގެ ހަ މިނެޓު ފަހުން ފިލް ފޯޑެން ދިން ބޯޅައަކުން އިލްކާއި ގުންޑޮގާން ވަނީ ލަނޑެއް ޖަހައި، ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުން ސިޓީ މޮޅުވިއިރު، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުވެސް އެ ޓީމުން ނިންމާލާފައިވަނީ ބައިކޮޅަށް ލަނޑެއް ނުވައްދައެވެ. އަދި މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު އަށް މެޗުގައި ސިޓީ ކޮޅަށް މިހާތަނަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ސިޓީ މޮޅުވިއިރު، ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 25 މެޗުގެ ތެރެއިން 24 މެޗުން ސިޓީ ވަނީ މޮޅުވެފައެވެ.

ޗެމްޕިއަންސް ލީގުމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު