Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެލޭގެ ރިކޯޑު މުގުރާލުން

ރިކޯޑު މުގުރާލުމުން ޕެލޭގެ ތާރީފު ރޮނާލްޑޯއަށް

15 މާރިޗު 2021 | ހޯމަ 06:44

މި ލިސްޓުގެ އެއްވަނައިގައި އޮތީ ކުރީގެ ފޯވާޑް ޔޯސެފް ބިކޭން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 މާރިޗު 2021 | ހޯމަ 06:44
ކަލިއާރީ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ކަލިއާރީ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ | ގެޓީ އިމޭޖަސް

ރަސްމީ މެޗުތަކުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލުގެ ލެޖެންޑް ޕެލޭ ހަދާފައިވާ ރިކޯޑު، ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފިއެވެ.

ރޮނާލްޑޯ އެ ރިކޯޑު މުގުރާލީ އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކަލިއާރީ އަތުން ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވި މެޗުގައި ހެޓްރިކް ހަދައިގެންނެވެ. އެގޮތުން މި މެޗުގެ 32 މިނެޓު ތެރޭ ހެދި ހެޓްރިކާއެކު، ރަސްމީ މެޗުތަކުގައި ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދު ވަނީ 770 އަށް އަރާފައެވެ. ރަސްމީ މެޗުތަކުގައި ޕެލޭ ޖަހާފައިވަނީ 767 ލަނޑެވެ.

މި ލިސްޓުގެ އެއްވަނައިގައި ރޮނާލްޑޯ އޮތް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، ޗެކް ރިޕަބްލިކުގެ ފުޓްބޯޅަ އެސޯސިއެޝަނުން ހާމަކޮށްފައިވާ ގޮތުން ރަސްމީ މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮތީ އޮސްޓްރިއާ އާއި ޗެކޮސްލޮވާކިއާގެ ކުރީގެ ފޯވާޑް ޔޯސެފް ބިކޭންގެ އަތުގައެވެ. އެގޮތުން އެ އިދާރާގެ ބަޔާނުގައިވާ ގޮތުން ބިކޭން ވަނީ ރަސްމީ މެޗުތަކުގައި 821 ލަނޑު ޖަހާފައެވެ.

ނަމަވެސް "ރެކް.ސްޕޯޓް.ސޮކާ ސްޓެޓިސްޓިކްސް ފެޑެރޭޝަން" އިން ބުނާ ގޮތުން ރަސްމީ މެޗުތަކުގައި ބިކޭން ޖަހާފައިވަނީ 805 ލަނޑެވެ. އެކަމަކު އޭގެ ތެރެއިން 27 ލަނޑަކީ އޭނާ ރެޕިޑް ވިއޭނާގެ ރިޒާވް ޓީމަށް ޖެހި ލަނޑުތަކެއް ކަމަށް ވާތީ، އެ ގުނަން ނުޖެހޭ ކަމަށާއި، އެ ވިސްނުމުގައި ބަލާނަމަ ފުޓްބޯޅައިގައި މި ވަގުތު އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއަކީ ރޮނާލްޑޯ ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އާދިއްތަ ދުވަހުގެރޭ ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ރޮނާލްޑޯ ވަނީ ދުނިޔޭގެ ރަސްމީ މެޗުތަކުގައި ލަނޑު ޖެހުމުގެ ލިސްޓުގެ ކުރީގައި އޭނާގެ ނަން އޮވެ، ޕެލޭގެ ރިކޯޑު މުގުރާލުމަކީ ދުވަހަކުވެސް އުންމީދުކުރި ކަމެއް ނޫން ކަމަށާއި، މިއީ ލިބިގެންދިޔަ ފަޚުރެއް ކަމަށް ބުނެފައެވެ. އަދި ރޮނާލްޑޯއަށް މަރުހަބާ ކިޔުމަށްފަހު ޕެލޭ ހިއްސާކުރި ޕޯސްޓެއްގައި ވަނީ ރޮނާލްޑޯގެ ހުނަރަށް ތާރީފުކޮށްފައެވެ. އެގޮތުން ރޮނާލްޑޯ ކުޅޭ މެޗުތައް ބަލަން އަބަދުވެސް ޝައުގުވެރިވާ ކަމަށާއި، އޭނާށގެ އަމިއްލަ ރިކޯޑު ރޮނާލްޑޯ މުގުރާލުމުން އެކަމަށް މަރުޙަބާ ކިޔާ ކަމަށްވެސް ވަނީ ބުނެފައެވެ.

ރަސްމީ މެޗުތަކުގައި ރޮނާލްޑޯ 770 ލަނޑު ހަމަކުރިއިރު، އޭގެ ތެރެއިން 668 ލަނޑު އޭނާ ޖަހާފައިވަނީ ކުލަބު ކެރިއަރުގައެވެ. އަދި ޕޯޗުގަލުގެ ޤައުމީ ފުޓްބޯޅަ ޓީމަށް އޭނާ ވަނީ 102 ލަނޑު ޖަހާފައެވެ.

ޕެލޭގެ ރިކޯޑު ރޮނާލްޑޯ މުގުރާލިއިރު، ބްރެޒިލުގެ ރިކޯޑު ފޮތްތަކުން ދައްކާގޮތުގައި ނުރަސްމީ މެޗުތަކާ އެއްކޮށް ޕެލޭ ވަނީ ޖުމްލަ 1،283 ލަނޑު ޖަހައިފަ އެވެ. އެހެންކަމުން އޭނާއަކީ ފުޓްބޯޅަ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯޕެލޭ

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

4

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

5

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2026

ޔުއެފާ ނޭޝަންސް ލީގު: ޕޯޗުގަލް އިން ވޭލްސް ބަލިކުރިއިރު، ރޮނާލްޑޯގެ ލަނޑު ވީއޭއާރު އިން ބާތިލުކޮށްފި

25 ސެޕްޓެމްބަރު 2026
ޔުއެފާ ނޭޝަންސް ލީގު: ޕޯޗުގަލް އިން ވޭލްސް ބަލިކުރިއިރު، ރޮނާލްޑޯގެ ލަނޑު ވީއޭއާރު އިން ބާތިލުކޮށްފި
09 ސެޕްޓެމްބަރު 2026

މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް

09 ސެޕްޓެމްބަރު 2026
މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް
22 އޯގަސްޓު 2026

ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރު އެއް ވަނައިގައި

22 އޯގަސްޓު 2026
ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރު އެއް ވަނައިގައި
17 އޯގަސްޓު 2026

މިއީ ޕްރޮފެޝަނަލް ފުޓުބޯޅައިގެ ފަހު އަހަރު: ރޮނާލްޑޯ

17 އޯގަސްޓު 2026
މިއީ ޕްރޮފެޝަނަލް ފުޓުބޯޅައިގެ ފަހު އަހަރު: ރޮނާލްޑޯ
12 އޯގަސްޓު 2026

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

12 އޯގަސްޓު 2026
10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި
07 ޖުލައި 2026

ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ

07 ޖުލައި 2026
ޔޫރޯ ކާމިޔާބު ކުރެވުން، އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުބާރާތެއް: ރޮނާލްޑޯ
06 ޖުލައި 2026

ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!

06 ޖުލައި 2026
ޕޯޗުގަލް އާއި ސްޕެއިން މެޗް - ތަޖުރިބާކާރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އުުންމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ކުރިމަތިލުމަކަށް!
06 ޖުލައި 2026

މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ

06 ޖުލައި 2026
މިއީ ފަހު ވޯލްޑް ކަޕް، އެކަމަކު ރިޓަޔާ ކުރަންވީމަ އިނގޭނީ އަހަރެންނަށް، ނޫސްވެރިންނަކަށް ނޫން: ރޮނާލްޑޯ
03 ޖުލައި 2026

ވީއޭއާރުގެ ނިންމުމާއެކު ކްރޮއޭޝިއާ ޓީމު އެންމެ ފަހު ވަގުތު ހިތްފަޅައިގެން ހިނގައްޖެ!

03 ޖުލައި 2026
ވީއޭއާރުގެ ނިންމުމާއެކު ކްރޮއޭޝިއާ ޓީމު އެންމެ ފަހު ވަގުތު ހިތްފަޅައިގެން ހިނގައްޖެ!
03 ޖުލައި 2026

ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި

03 ޖުލައި 2026
ވަރލްޑް ކަޕަށް ފަހު ރޮނާލްޑޯ ރިޓަޔާ ކުރާނެ ކަމަށް، އޭނާގެ ދައްތަ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް