Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސާގައި ކޫމަނުގެ ކުރިމަގު

ބާސާއިން ކޫމަން ވަތްކެއް ނުކުރާނެ: ރިޕޯޓު

ބާސާގެ ކޯޗަކަށް ޒަވީ ހެނާންޑޭޒް ގެންނަން ލަޕޯޓާ ބޭނުންވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 މާރިޗު 2021 | އާދީއްތަ 15:56
ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން

މި ސީޒަން ނިމުމުން ބާސެލޯނާގެ ކޯޗުގެ މަގާމުން ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ވަކިނުކުރާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބާސާގެ ކޯޗުގެ މަގާމާ ކޫމަން ހަވާލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭރު ބާސާގެ ރައީސަކަށް ހުރީ ޖޯސެފް މާރިއާ ބާޓޮމެއުއެވެ. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބާޓޮމެއު މަގާމުން އިސްތިއުފާދީފައިވާއިރު، ދާދި ފަހުން ބޭއްވި ބާސާގެ އިންތިޚާބު ޖޮއާން ލަޕޯޓާ ވަނީ ކާމިޔާބުކުރައްވާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލަޕޯޓާ އިންތިޚާބުވުމާއެކު، އޭނާ ވަނީ ބާސާއަށް ބައެއް ބަދަލުތައް ގެންނަށް ނިންމާފައެވެ. އެގޮތުން ބާސާގެ ކޯޗަކަށް އެ ޓީމުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ގެންނަން ލަޕޯޓާ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު މި ފަހަކަށް އައިސް ކޫމަނާއެކު ބާސާއިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ސްޕެނިޝް ކަޕުގެ ފައިނަލަށް ބާސާ ދަތުރުކޮށްފައިވާއިރު، ސްޕެނިޝް ލީގުގައިވެސް އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެކަމަކު ދާދި ފަހުން ބާސާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ކަޓާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެއްބަސްވުމާ އެއްގޮތަށް ކުރިއަށް އޮތް ސީޒަނުގައިވެސް ބާސާއަށް އިރުޝާދުދޭނީ ކޫމަނެވެ. އެކަމަކު ކޫމަނުގެ ކުރިމަގާ މެދު ބާސާގެ އައު ބޯޑުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށްވެސް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އަންނަ ސީޒަނުގައިވެސް ކޫމަން ބާސާއަށް އިރުޝާދުދޭނެ ކަމަށް ރިޕޯޓުތައް ބުނިއިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ކެޕްޓަން ލިއޮނެލް މެސީ މަޑުކުރުވުމެވެ. މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ބަދަލުކުރުމުގެ ފުރުސަތު މެސީއަށް އޮތް ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން އަންނަ ސީޒަނުގައިވެސް މެސީ ބާސާގައި މަޑުކުރާނެއެވެ. އަދި ކޫމަނުގެ މަސައްކަތާ މެދު މެސީ ހިތްހަމަޖެހޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ބާސެލޯނާރޮނާލްޑް ކޫމަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު