Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ސިޓީއަށް އެއްވަނައިގައި 17 ޕޮއިންޓުގެ ލީޑެއް

ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ 71 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 މާރިޗު 2021 | އާދީއްތަ 06:41
ފުލަމާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 3-0 ން

ފުލަމާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 3-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ރެލިގޭޝަން ޒޯނުގައި އޮތް ފުލަމް އަތުން މޮޅުވެ ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީން 17 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ސިޓީން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައެވެ. ޔާއޯ ކަންސޭލޯ ތަނަވަސްކޮށްދިން ފުރުސަތަކުން ސިޓީއަށް ލީޑުނަގައިިދިން ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޯން ސްޓޯންސްއެވެ. އަދި މެޗުގެ 56 ވަނަ މިނެޓުގައި ގަބްރިއެލް ޖީސޫސް ވަނީ ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ.

އަދި އޭގެ ހަތަރު މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ސާޖިއޯ އަގުއޭރޯ ވަނީ ސިޓީގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިއީ އޭރިއާ ތެރެއިން ސިޓީގެ ފެރާން ޓޮރޭސަށް ފުލަމުގެ ޓޮސިން އަޑޮރާބިއޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގައި އަގުއޭރޯ ލަނޑު ޖެހިއިރު، މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ލަނޑެއް ޖެހި ފަހުން ލީގުގައި އާގުއޭރޯ ޖެހި ފުރަތަމަ ލަނޑެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ސިޓީން 17 ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 30 މެޗުން 71 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 28 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ. އަދި ތާވަލުގެ ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް 28 މެޗުން 53 ޕޮއިންޓް ލިިފައިވާއިރު، ހަތަރުވަނައިގައި ޗެލްސީ އޮތީ 29 މެޗުން 51 ޕޮއިންޓާއެކުއެވެ. ލީގުގައި ހޮނިހިރު ދުވަހުގެރޭ ޗެލްސީ ކުޅުނު މެޗުން އެ ޓީމު ވަނީ ލީޑްސް ޔުނައިޓެޑާ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު