Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑި މާރިއާ އެއްބަސްވުން އާކުރުން

ޕީއެސްޖީގެ އެއްބަސްވުން ޑި މާރިއާ އާކޮށްފި

13 މާރިޗު 2021 | ހޮނިހިރު 15:48

ޕީއެސްޖީގެ ތާރީޚުން ޖާގަ ހޯދަން ޑި މާރިއާ ބޭނުންވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 މާރިޗު 2021 | ހޮނިހިރު 15:48
ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް އެންހެލް ޑި މާރިއާ

ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް އެންހެލް ޑި މާރިއާ

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއެކު ހަދާފައި އޮތް އެއްބަސްވުން އާޖެންޓީނާގެ ފޯވާޑް އެންހެލް ޑި މާރިއާ އާކޮށްފިއެވެ.

ހުކުރު ދުވަހު ޕީއެސްޖީން ނެރުނު ބަޔާނެއްގައި ވަނީ އުމުރުން 33 އަހަރުގެ ޑި މާރިއާގެ އެއްބަސްވުން އިތުރު އެއް ސީޒަނަށް އާކުރިކަން ހާމަކޮށްފައެވެ. އެހެންކަމުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީގައި ޑި މާރިއާ މަޑުކުރާނެއެވެ. އަދި އައު އެއްބަސްވުމުގެ ދަށުން އިތުރު އެއް އަހަރަށް ޕީއެސްޖީގައި ޑި މާރިއާ މަޑުކުރުވުމުގެ ފުރުސަތު އެ ކުލަބަށް ވަނީ ލިބިފައެވެ.

އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ޕީއެސްޖީގައި ޑި މާރިއާ މަޑުކުރާއިރު، އޭނާއަކީ އެ ކުލަބުގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނައިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން ޑި މާރިއާ ވަނީ މިހާތަނަށް 103 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތީ 1982 ވަނަ އަހަރުން ފެށިގެން 1991 ވަނަ އަހަރުގެ ނިޔަލަށް ޕީއެސްޖީއަށް ކުޅުނު ބޮސްނިއާގެ ކުރީގެ މިޑްފީލްޑަރު ސަފެޓް ސޫސިޗެވެ.

އެއްބަސްވުން އާކުރުމަށްފަހު ޑި މާރިއާ ބުނީ އޭނާގެ އަމާޒަކީ ސޫސިޗުގެ ރިކޯޑު މުގުރާލައި، ޕީއެސްޖީގެ ތާރީޚުން ޖާގަ ހޯދުން ކަމަށެވެ. އަދި ޕީއެސްޖީއާއެކު މި ސީޒަނާއި ކުރިއަށް އޮތް ސީޒަނުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދުމަށް ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2015 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ޑި މާރިއާ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން 248 މެޗުގައި 86 ލަނޑު ޖަހާފައެވެ. އަދި ވަނީ ޕީއެސްޖީއާއެކު މިހާތަނަށް ފްރެންޗް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

އެންހެލް ޑި މާރިއާޕީއެސްޖީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
07 ޑިސެމްބަރު 2024

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް
05 ނޮވެމްބަރު 2024

ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!

05 ނޮވެމްބަރު 2024
ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް