Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޯލިޝަން ސަރުކާރު

"ކޯލިޝަން"އަކީ ހިޔާލީ ފޮލައެއްކަން ޖުމްހޫރީ ޕާޓީއަށް ނޭނގުނީމަ ދެރަ!

ޖުމްހޫރީ ޕާޓީގެ ތިން ވަޒީރުން މިހާރުވެސް ވަކިކޮށްފި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 11 މާރިޗު 2021 | ބުރާސްފަތި 13:52
ރައީސް ސޯލިހު ޖޭޕީގެ ވެރިންނާއެކު ބޭއްވި ބައްދަލުވުން

ރައީސް ސޯލިހު ޖޭޕީގެ ވެރިންނާއެކު ބޭއްވި ބައްދަލުވުން

ސަރުކާރު ހިންގަން ބޮޑު ކޯލިޝަންއެއް ހަދައި، ގުޅިގެން އެންމެން ވެރިކަމަށް އައުމަކީ ދިވެހިންނަށް އައު މަންޒަރެއް ނޫނެވެ. ދިވެހިންނަށް މިކަމުގެ ތަޖުރިބާ ހުރިގޮތުން "ކޯލިޝަން ސަރުކާރު" މިއީ މިހާރު ބޮޑު ޖޯކަކަށް ވެދާނެއެވެ. ވެރިކަމަށް އަންނަން އުޅޭއިރު ހީވާނީ އެހެންފަދަ ކަމެއް ހެންނެވެ. ޝޯލޭގެ އަމީތާބާއި، ދަރޭގެ އެކުވެރިކަމަށް ވުރެވެސް ގުޅުން ވަރުގަދަ ވެފައި ބަދަހި ވާނެއެވެ. އެއް ތަށިން ކައި އެކުގައި ނިދައިގެން ނޫނީ ނޫޅެވޭނެއެވެ. އެކަމަކު ވެރިކަމަށް އައުމާއެކު މިތުރުން ހަތުރުންނަށްވެ ކާންދިން އަތުގައި ދަތްއަޅާ ވިއްސި ވިހާލިވެދެއެވެ. ރައްޔިތުންނަށްވީ ވައުދާއި، ދެއްކި ފޮނި ހުވަފެންތައް މަތިން ހަނދާންނެތި ތިމާމެން ވެރިކަމަށް އައި މަގްސަދުވެސް އޮޅި އެބަޔަކު އުޅެނީ އެބަޔަކަށް ކެވުނު ވަރަކަށް ކެވުނު ތަނަކުން ކެވޭތޯއެވެ.

ބޮޑު ކޯލިޝަނަކުން ވަޒީރުންނަށް ސްލޮޓުދީ ވަޒީީރުން އައްޔަން ކުރާއިރު، ކޯލިޝަން ތެރޭގައި ވަކި ބަޔަކު އަތްގަދަ ވާކަން އެނގޭ އެންމެ ބޮޑު އެއް ހެއްކަކީ އެހެން ޕާޓީތަކުގެ ވަޒީރުންނަށް އޭގެ އުނދަގުލާއި ދުއްތުރާ ތަންކޮޅެއް ހާމަކަންބޮޑު ގޮތެއްގައި ފޯރުމެވެ. މި ސަރުކާރުގެ ކޯލިޝަން ވަރުގަދައޭ ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވިއެއް ކަމަކު، ރައްޔިތުންގެ މަޖިލީހުން ދައްކުވައިދެނީ މުޅިން އެހެން މަންޒަރެކެވެ. އެކި ގޮތް ގޮތުން އެހެން ޕާޓީތަކުގެ ވަޒީރުން ބޭރުކޮށް ނިންމާލާއިރު، އެއްކަލަ "ކޯލިޝަން" ޕާޓީތަކަށް އޮންނަނީ އެބަޔަކާ އެބަޔަކަށްވެ، އެބައެއްގެ ވަޒީރުން އެބަޔަކު ދިފާއު ކުރަން ޖެހޭ ހިސާބަށް ގޮސްފައެވެ. އަދުގެ މަޖިލިސް ފެންނަނީ މި ދާއިރާއިން އަދި މާބޮޑަށް ފުންނާބު އުސް ބައެއްގެ ގޮތުގައެވެ. އެހެން ޕާޓީތަކުގެ ވަޒީރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ މެމްބަރުން "ބަޑި ހިފައިގެން' ތިބިކަމަށް ބަޔަކު ބުނާއިރު، ކޯލިޝަން ރޫޅޭނީވެސް މަޖިލީހުގެ މި އަމަލުތަކާ ހެދި ކަމަށް ކޯލިޝަންގެ ޕާޓީތަކުންވެސް ގަބޫލުކުރެއެވެ.

ރައްޔިތުންގެ މަޖިލީހާއި "ކޯލިޝަން ސަރުކާރު"ގެ މި ކުޅިވަރު އެންމެ ބޮޑަށް ޖެހުނު އެއް ޕާޓީއަކީ ޖުމްހޫރީ ޕާޓީއޭ ވެސް ބުނެވިދާނެއެވެ. އެޕާޓީގެ ތިން ވަޒީރުން މިހާތަނަށް ވަކިކޮށްފައިވާއިރު، އެއް ވަޒީރަކު ވަކި ކުރީ ނޭވާ ހޮޅިން ވައްކަން ކުރި ކަމުގެ ތުހުމަތުގައެވެ. ދެން އައި ވަޒީރާ ޖެހުނީ ޖިންސީ ފުރައްސާރައިގެ ތުހުމަތެވެ. އެކަން ނިމުނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނު މަގާމުން ވަކިކުރެއްވުމުންވެސް ބޫން ބޫން ލާފައި ގައުމުން ބޭރުވި ހިސާބުންނެވެ. ދެން ޖެހުނީ މިނިސްޓަރ މަލީހާ އެވެ. ދެން ތިއްބެވި ދެ ވަޒީރުން ވަކިކުރިއިރު ބޮޑެތި ކުށްތަކާއި ކޮރަޕްޝަނާއި ވައްކަން ބޮލުގައި އެޅި އެކަމުގެ ހެކި ހުރި ނަމަވެސް މިނިސްޓަރ މަލީހާ ހަމައަށް އައިރު ތާކުންތާކުޖެހޭ މިފަދަ އެއްވެސް ވާހަކައެއް ދެއްކިފައެއް ނެތެވެ. މަލީހުހާ ކެރިގެން ސާބިތުކަމާއެކު މަޖިލިސް ޓީމު ކުރިމަތީގައި ފައިތިލަ ސާބިތުކުރެވުނު ވަޒީރަކުވެސް ނެތެވެ. އެކަމަކު ކަން ނިމޭނީ މެޖޯރިޓީ އޮތް ގޮތަކަށްތާއެވެ. މަލީހުވެސް މަގާމުން ވަކިކޮށް ނިމުނުއިރު އަދިވެސް މަލީހުއާ ދެކޮޅަށް ކޮރަޕްޝަނެއް ނޫނީ މަގާމުގައި ހުންނަވައިގެން އަދާ ނުކުރެއްވި ޒިންމާއެއްގެ އެއްވެސް ހެއްކެއް ދެއްކޭކަށް ނެތެވެ. އެންމެ ހަރުކޮށް އިންޓަނެޓްގެ ވާހަކަ ދައްކާއިރު، އެކަން ރައީސް އޮފީހާ ހަމައަށް ފޮނުވާފައިވާކަމަށް މަލީހު ވިދާޅުވާތާ ދެ އަހަރަށްވީއިރު، އެއީ ދޮގެއްކަން ވެސް ސާބިތުކޮށެއް ނުދެވެއެވެ.

ވެރިކަމަށް ދެ އަހަރު ނުފުރެނީސް އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހުންނެވި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއިރުވެސް އެކަމަނާ ނިސްބަތްވެވަޑައިގެންނެވި އަދާލަތު ޕާޓީން އެކަމަނާ ދިފާއު ކުރިއެވެ. ޝިދާތާއަށް އިތުބާރު އޮތް ކަމަށާއި، ޒިންމާ އަދާކުރައްވާނެކަމަށް ވިދާޅުވިއިރު، ޝިދާތާވެސް ވަނީ ހިތްވަރާއި ކެރުންތެރިކަން ދައްކަވާފައެވެ. އެކަމަނާގެ ސުވާލަކަށްވީ އެކަމަނާ ވަކިކުރުމުން އެބުނާ މައްސަލަތައް ހައްލުވާނެތޯއެވެ. ފަހު ވަގުތާ ޖެހެންދެންވެސް އަދާލަތު ޕާޓީން ޝިދާތާއަށް އޮތް އިތުބާރު ގެއްލުވައެއް ނުލައެވެ. އަދިވެސް ޕާޓީ އޮތީ އެކަމަނާއާ އެކުއެވެ. މިހާރު އައިސް އެމްއާރްއެމްގެ މިނިސްޓަރ ޒަހާ އާ ޖެހުނު ހިސާބުން އެކަމަނާގެ ވެރިންނާއި ޕާޓީވެސް އެކަމަނާ ދިފާއުކޮށްފިއެވެ.

އެކަމަކު މި ދުއްތުރާ އެންމެ ބޮޑަށް ޖެހުނު ޖުމްހޫރީ ޕާޓީން މިފަދަ އެއްވެސް މަންޒަރެއް ނުފެނުނެވެ. ތިން ވަޒީރުން ވަކިކޮށް ނިމުނު އިރު ޗުޕް ބުނެލި އަޑުވެސް ނީވުނެވެ. ދެން ސުވާލަކީ ވަޒީރުންނާމެދު ޖުމްހޫރީ ޕާޓީއަށްވެސް އިތުބާރެއް ނެތީތޯ އުފެދޭ ސުވާލެވެ. ދަރިޔާމެދު މައިމީހާއަށް ނެތް އިތުބާރެއް ވަކި އޮންނާނީވެސް ކާކަށްބާވައެވެ؟ ކޮންމެއަކަސް ވަޒީރުންތައް ވަކިކޮށް ނިމި އެންމެ ފަހުން އިދިކޮޅު ކެމްޕޭނުން މަލީހު ފެނުމުން ޖުމްހޫރީ ޕާޓީގެ އަޑު އިވިއްޖެއެވެ. މަލީހު ޕާޓީން ވަކިކުރަން ޖެހިދާނެކަމުގެ އިންޒާރުތަކެއްވެސް ހުދު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވާހަކައިން އިވިއްޖެއެވެ. ޖިންސީ ފުރައްސާރައިގެ ތުހުމަތު އޮތް ބޭފުޅަކު ޕާޓީގެ ބޮޑު މަގާމެއްގައި ހުންނަން އޯކޭ ވިއިރު، އިދިކޮޅު ޖަގަހައެއް ހުޅުވާލުން ހަމަ އެއަށްވުރެ ބޮޑު ކުށަކަށްވީތޯ ސުވާލު ނުއުފައްދަންވީ އެއްވެސް ސަބަބެއް ނެތެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެއް، "ހަނު" އޮތުމަށް ފަހު މަލީހު އިދިކޮޅު ހަރަކާތަކުން ފެނުމުން ޕާޓީ މި ގުގުމައިގަތީ "ކޯލިޝަން" ރޫޅިދާނެ ކަމުގެ ބިރުގައެވެ. އެންމެ ފަހުން ޕާޓީ އަށް ވަފާދާރުކަންމަތީ ފަހުވަގުތާ ޖެހެންދެންވެސް ހުންނެވި މަލީހު ޕާޓީ ދޫކޮށް ވަޑައިގަތީއެވެ. މިހާރު މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމުގެ ވާހަކަ ދައްކަން ފެށުމުން މަލީހު ވަކިކުރިއްޔާ ޒަހާ ވެސް ވަކިކުރަންވާނޭ ބުންޏެއް ކަމަކު މިއަދު އެވާހަކައަކުން ދެން ކުރާނީ ކީއްބާވައެވެ؟ ވާނީ ވަކި ކޮންފައިދާއެއްބާވައެވެ؟ މިއަދު އެވާހަކަ ދެއްކުމުގެ ބޭނުމެއް ކޮބައިބާވައެވެ؟ ޕާޓީ އަށް ނިސްބަތްވާ ތިން ވަޒީރުން ވަކިކޮށް ނިމުނުއިރު އެ ޕާޓީ ކަނުވެފައި ބީރުވީ ކީއްވެބާވައެވެ؟

މި ރާއްޖެއަށް ޖުމްހޫރީ ޕާޓީގެ އަތެއް ބައިވެރިވުމެއް ނެތި އަދި ވެރިކަމެއް އައިސްފައި ނުވާއިރު ކޮންމެ ވެރިކަމެއް ނިމޭއިރުވެސް ޖުމްހޫރީ ޕާޓީ އޮންނަނީ ބިކަވެފައެވެ. އެންމެ ފުރަތަމަ ބޭރުކޮށްލަނީ އެ ޕާޓީއެވެ. ކޮންމެ ބަޔަކުވެސް ޖޭޕީ މަތިން ހަނދާން ވަނީ އިންތިހާބަކާ ޖެހުމުންކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. މީގެ ކުރިންވެސް މި ހިތި ތަޖުރިބާކޮށްފައިވާއިރު، މިއަދު ތިމާއަށް ވަފާދާރު ތިމާގެ ދަރިން ދިފާއު ކުރަންޖެހުމުން ކޯލިޝަނެއް ފަހަތުން އެ ދުވަނީ ކީއްވެބާވައެވެ؟ ފަހަރުގައި ކޯލިޝަން ދަމަހައްޓައި ރަނގަޅު ވެރިކަމަކަށް ރައްޔިތުންނަށްވީ ވައުދު ބަޔަކު ހަނދާން ނެތުނަސް ޖުމްހޫރީ ޕާޓީގެ ވެރިން އެ ހަނދާން ނުނެތެނީ ކަމަށްވެސް ވެދާނެއެވެ. ނޫނީ އިހުގެ އެ ހުރިހާ ތަޖުރިބާއަކުންވެސް ކޯލިޝަނަކީ ހިޔާލީ ފޮލައެއްކަން ޕާޓީގެ ވެރިންނަށް ނުވިސްނެނީ ކަމަށްވެސް ވެދާނެއެވެ.

ޖުމްހޫރީ ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

10 ޑިސެމްބަރު 2023
ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

22 ނޮވެމްބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު