Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭޕީގެ ސެކެޓްރީ ޖެނެރަލް

ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން

އެ މަޤާމަށް އަޒްލީން އައްޔަން ކުރެއްވީ ޕާޓީގެ ލީޑަރު ޤާސިމް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ސެޕްޓެމްބަރު 2023 | އާދީއްތަ 08:15
އަޒްލީން އަހްމަދު

އަޒްލީން އަހްމަދު

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު އައްޔަން ކުރައްވައިފިއެވެ.

ޖޫމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސާލިހު ވިދާޅުވީ އެ މަޤާމަށް އަޒްލީން އައްޔަން ކުރެއްވީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށެވެ.

Advertisement - newsAdvertisement

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަޒްލީން އައްޔަން ކުރެއްވީ އެ މަޤާމުގައި ކުރިން ހުންނެވި އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ކުރީގެ ސްޕޯކްސްޕާސަން އަލީ އާރިފް ހަމަޖެއްސެވީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ 24 ވަނަ ދުވަހުއެވެ.

އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވިކަން އެ ޕާޓީގެ އިސް އޮފިޝަލަކު "ރާއްޖެއެމްވީ" އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެސްޖީގެ މަގާމުން އިސްތިއުފާދެއްވިނަމަވެސް ޖޭޕީން ވަކިވެވަޑައިގެންނެވިކަން އަދި ސާފެއް ނޫނެވެ.

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީން ހޮނިހިރު ދުވަހު ނިންމިއިރު އަލީ އާރިފަކީ އެންމެ ގިނަ ބައެއްގެ ތާއީދާ އެކު ދެވަނަ ބުރަށް ދަތުރުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާ އާއިލީ ގޮތުން ގާތް ބޭފުޅެކެވެ.

ޖޭޕީގެ ލީޑަރު، ޤާސިމް އިބްރާހީމްޖުމްހޫރީ ޕާޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
16 ފެބުރުއަރީ 2025

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!
22 ޖުލައި 2024

ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި

22 ޖުލައި 2024
ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި
20 ޑިސެމްބަރު 2023

އަޒުލުކުރުމާ ގުޅުންހުރި މާއްދާތައް ފާސްކޮށްފައިވަނިކޮށް، ސިޔާސީ ލީޑަރުންތަކަކާ ރައީސް ބައްދަލުކުރައްވައިފި

20 ޑިސެމްބަރު 2023
އަޒުލުކުރުމާ ގުޅުންހުރި މާއްދާތައް ފާސްކޮށްފައިވަނިކޮށް، ސިޔާސީ ލީޑަރުންތަކަކާ ރައީސް ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު