Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭޕީން ދެވަނަ ބުރާމެދު ގޮތެއް ނިންމަަނީ

ދެވަނަ ބުރާ ދޭތެރޭ ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ހާމަކުރާނެ: ޖޭޕީ

ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ، ޤައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިޤްތިޞާދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ޖޭޕީ ދެމިއޮންނާނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ސެޕްޓެމްބަރު 2023 | ހޯމަ 14:02
ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމްގެ ކެންޑިޑެންސީ ފޯމު އީސީއަށް ހުށަހަޅުއްވަނީ

ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމްގެ ކެންޑިޑެންސީ ފޯމު އީސީއަށް ހުށަހަޅުއްވަނީ

ކުރިޔަށްއަަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ މެދު ގާސިމް އިބްރާހީމު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ހޯމަ ދުވަހު ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ޤައުމުގެ މަޞްލަޙަތަށް ވިސްނަވާ އިންތިޚާބުގެ ދެވަނަ ބުރާ ދޭތެރޭ ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ވަރަށް އަވަހަށް އިޢްލާން ކުރާނެ ކަމަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ހޯއްދެވުނީ 5460 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 2.5 އިންސައްތަ ވޯޓެވެ. ފެހި ގާނޫނު އަސާސީއަށް ފަހު އެކުލަވާލެވުނު ކޮންމެ ސަރުކާރެއްގައި ވެސް ގާސިމު އިބްރާހީމުގެ ހިއްސާ އޮވެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށާއި، އެމަނިކުފާނުގެ ރަނިންގމޭޓް ޑރ. އަމީން އިބްރާހީމަށް ތާއީދު ކުރައްވައި ވޯޓުދެއްވި އެންމެހާ ފަރާތްތަކަށް އެޕާޓީން ވަނީ ޝުކުރު އަދާކޮށްފައެވެ

އަދި އިންތިޚާބުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ޤައުމުގެ އިޞްލާހަށާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށާއި، ޤައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިޤްތިޞާދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެ ޕާޓީ ދެމިއޮންނާނޭ ކަމުގައި އެޕާޓިން ބުނެފައިވެއެވެ.

ދެވަނަ ބުރާ މެދު ގޮތެއް ނިންމާނެކަން ޖޭޕީން ހާމަކޮށްފައިވާއިރު އިންތިޚާބުގައި ވާދަކުރެއްވި ފާރިސް މައުމޫންވެސް ވަނީ ކޯލިޝަނާމެދު އަދި ގޮތެއް ނުނިންމަވާކަމަށާއި ނިންމަވާ ގޮތެއް ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލު ވަނީ ދެވަނަ ބުރުގައި އެއްވެސް ބަޔަކާއެކު ކޯލިޝަން ނުހަދާނެކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބު 2023ޖުމްހޫރީ ޕާޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
10 ޑިސެމްބަރު 2023

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

10 ޑިސެމްބަރު 2023
ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި
22 ނޮވެމްބަރު 2023

ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

22 ނޮވެމްބަރު 2023
ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި
05 އޮކްޓޯބަރު 2023

ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި

05 އޮކްޓޯބަރު 2023
ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި
05 އޮކްޓޯބަރު 2023

ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ

05 އޮކްޓޯބަރު 2023
ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ
04 އޮކްޓޯބަރު 2023

ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

04 އޮކްޓޯބަރު 2023
ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި
04 އޮކްޓޯބަރު 2023

ރިޔާސީ އިންތިޚާބާއި ގުޅޭ 97 މައްސަލައެއް ހުށަހަޅާފައިވޭ: އޭސީސީ

04 އޮކްޓޯބަރު 2023
ރިޔާސީ އިންތިޚާބާއި ގުޅޭ 97 މައްސަލައެއް ހުށަހަޅާފައިވޭ: އޭސީސީ
04 އޮކްޓޯބަރު 2023

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު
03 އޮކްޓޯބަރު 2023

ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރެވިފައިވަނީ ހަރުދަނާކަމާއި ޕްރޮފެޝަނަލްކޮށް: އީޔޫ

03 އޮކްޓޯބަރު 2023
ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރެވިފައިވަނީ ހަރުދަނާކަމާއި ޕްރޮފެޝަނަލްކޮށް: އީޔޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު