Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުވައްމުލައް މޮނިޓަރިންގެ ހާލަތު އުވާލުން

ފުވައްމުލައް ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލައިފި

ކަރަންޓީންގައި 42 މީހަކު އެބަތިބި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 މާރިޗު 2021 | ބުދަ 02:13
ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ފުވައްމުލައް ސިޓީގައި ދޮރުން ދޮރަށް ކައުންސިލްްގެ ފަރާތުން ހިނގަނީ

ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ފުވައްމުލައް ސިޓީގައި ދޮރުން ދޮރަށް ކައުންސިލްްގެ ފަރާތުން ހިނގަނީ

ކޮވިޑް-19ގެ އައުޓްބްރޭކެއް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނެވުނު ފުވައްމުލައް ސިޓީ، އެ ހާލަތުން ނަގާފައިވާ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ކޮވިޑްގެ ކޭސްތަކެއް ފެނިގެން ފުވައްމުލައް ސިޓީގައި ހާއްސަ ހާލަތްތައް އިއުލާންކޮށްފައިވަނީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. އެފިޔަވަޅުތައް ދެ ފަހަރެއްގެ މަތިން ވަނީ ދިގު ދަންމާލަފައެވެ. އެންމެ ފަހުން ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އިތުރު ހަތް ދުވަހުގެ މުއްދަތަށް ފިޔަވަޅުތައް ދިގު ދަންމާލިއިރު އެ މުއްދަތު ހަމަވެ އިތުރު ދުވަސްތަކަކަށް ހާލަތަށް ބެލުމަށްފަހު މޮނިޓަރިންގ އުވާލާފައިވަނީ އަންގާރަ ދުވަހުއެވެ. އެ ސިޓީން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ ފެބްރުއަރީ 9 ވަނަ ދުވަހުއެވެ.

ފުވައްމުލައް ސިޓީގެ ހާލަތާ ގުޅޭ ގޮތުން ޑރ. ނަޒްލާ ވިދާޅުވީ އަންގާރަ ދުވަހުގެ ވަގުތެއްގައި ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހާލަތުން ނެގިފައިވާ ކަމަށެވެ. އަދި ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފުވައްމުލަކުގެ އައުޓް ބްރޭކްގައި 1406 ރޭންޑަމް ސާމްޕަލް ނެގިފައިވާ ކަމަށާއި، ރޭންޑަމް ސާމްޕަލްގެ ނަތީޖާތަކަށް ބަލާއިރު، އިތުރު ބަޔަކު ޕޮޒިޓިވް ނުވާތީ އާއި ފެންނަމުންދާ ޕޮޒިޓިވް މީހުންނަކީ ކޮންޓެކްޓުން ކަމަށްވާތީ ފުވައްމުލައް ސިޓީ މޮނިޓަރިން އިން ނަގާފައިވާ ކަމަށެވެ.

މީގެ އިތުރުން ކަރަންޓީންގައި މިވަގުތު ވެސް 42 މީހަކު އެބަތިބި ކަމަށާއި އެކްޓިވް 10 އެބަތިބި ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ މޮނިޓަރިން އިން ނެގިކަމުގައި ވިޔަސް އަދިވެސް ކޮންޓެކްޓުން ކަރަންޓީން ކުރުމާއި އެކްޓިވް ސަރވައިލެންސް ކުރިއަށްދާނެ ކަމަށެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތާ ގުޅޭ ގޮތުން ޑރ. ނަޒްލާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި އެއްވެސް މީހަކު މިހާރު ފަރުވާ ދެމުން ނުދާ ކަމަށެވެ. ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގެ ވޯޑުގައި 6 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 158 މީހަކަށް ދަނީ ފަރުވާ ދެމުން އަންނަ އިރު، އަތޮޅުތެރޭގެ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި 1ށް ފަރުވާ ދެމުން އަންނަ ކަމަށެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ ޖުމްލަ އަދަދަކީ 165 އެވެ.

ފުވައްމުލައް ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލުމާއެކު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށަކީ އައްޑު ސިޓީ އަދި ހއ. ބާރަށެވެ. ބާރަށުގައި ގިނަ ކޭސްތަކެއް ފެނިފައިވާ އިރު، 7 މާޗްގައި 1 ކޭސް އަދި 8 މާޗްގައި 5 ކޭސް އިތުރަށް ފެނި އެރަށުން ޖުމްލަ 31 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ކްލަސްޓަރތަކުގެ ތެރެއިން ހުޅުމާލެ ޖަލުގައި 7 މާޗްގައި 1 ކޭސް ފެނިފައިވެއެވެ. އަދި އަނަންތަރާ ކިހަވަށް ރިސޯޓުގައި 81 ކޭސް ޖުމްލަ ފެނިފައިވާ އިރު، ލަކްސް ސައުތު އަރިއެޓޯލްގައި 112 ކޭސް ފެނިފައިވެއެވެ. އެއީ 8 މާޗް ގައި 3 އަދި 9 މާޗްގައި 2 ކޭސްއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްފުވައްމުލައް ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު