Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ނުރުހުން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުރުހިފައި ތިބި ބޮޑު މަންޒަރު ސަރުކާރަށް ދައްކަންޖެހޭ: މެންބަރު އަހުމަދު ދީދީ

21 ޖޫން 2025 | ހޮނިހިރު 07:27

ލޮލަށް ފެންނަ ތަރައްގީ ވެސް ލޮލަށް ނުފެންނަ ތަރައްގީގެ މަޝްރޫއެއް ވެސް ނުހިނގާ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖޫން 2025 | ހޮނިހިރު 07:27
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަދައްކަވަނީ

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަދައްކަވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުރުހިފައި ތިބި ބޮޑު މަންޒަރު ސަރުކާރަށް ދައްކަންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިއީ ވިޔާނުދާ ސަރުކާރެއް ކަމަށާއި، މިސަރުކާރަށް ރައްޔިތުންގެ ނުރުހުމުގެ ބޮޑު މެސެޖް ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ދެއްކޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ތަރައްގީއަށް އިޝާރާތް ކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ލޮލަށް ފެންނަ ތަރައްގީ ވެސް ލޮލަށް ނުފެންނަ ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގާ ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް މި ސަރުކާރަށް ދޮޅު އަހަރުވެގެންދާއިރު، ކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޮލަށް ނުފެންނަ ތަރައްގީ ކުރިއަށްދާ ކަމަށް މިސަރުކާރުގެ ބޭފުޅުން ވިދާޅުވާތީ އެކަމަށް ރައްދު ދެއްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމްއަކީ ކުރީ ސަރުކާރުގެ މަސައްކަތެއް ކަމަށާއި، އެކަން ވެސް ހުއްޓުވަން މިސަރުކާރުގެ ބޭފުޅުން ބޭނުންވާ ކަމަށެވެ. ނަމަވެސް ޒުވާނުންނާ ގުޅިފައިވާ ކަމަކަށްވާތީ، އެކަން ކުރަން ނުކުރެނީ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިއީ ދޮގު ހެދުމުގައި ހައްދުފަހަނައަޅާ ގޮސްފައިވާ ސަރުކާރެއް ކަމަށާއި، ރައީސް ވިދާޅުވާ ހުރިހާ ވާހަކަފުޅެއް ދާނީ ދިމާ އިދިކޮޅަށް ކަމަށެވެ.

ތިން ބާރުވަކިވެފައިވާ ޑިމޮކްރަސީއެއްގެ ދަށުން ވެރިކަން ހިންގުމަށް ވަޑައިގަންނަވާ މުޅި ނިޒާމު އެއްކޮށް ހަލާކު ކުރަމުންދާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ލާމަރުކަޒީ ނިޒާމު އެއްކޮށް ހަލާކު ކޮށްލުމަށް ކަމަށް ވިދާޅުވިއެވެ.

މި ބޭފުޅުން މި ވިދާޅުވަނީ ކައުންސިލްތައް ބާރުވެރިކުރުވުން ކައުންސިލްތަކުގެ އައްޕައަކީ ރައީސް މުއިއްޒޭ. އެބޭފުޅާއަށްށޭ މި ހިނގާނެ އެންމެ ރަނގަޅު ގޮތް އެނގޭނީ. އެހެންނަމަވެސް އެބޭފުޅާ ކައުންސުލްތަކުގެ ބާރު ކަނޑުވާލީ އެބޭފުޅާގެ މިނިސްޓްރީން، މިނިސްޓަރަކަށް ހުރެގެން. އޭގެފަހުން އެބޭފުޅާ އެކަނޑާލި ބާރުތައް އެބޭފުޅާ މޭޔަރަކަށް ހޮވިގެން މާލެސިޓީ ކައުންސިލަށް އައިސް އަނެއްކާ ބޭނުންވެއްޖެ.އެހެންވީމައެއް ދުވަހު ދައްކަވާ ވާހަކަ އާއި އަނެއް ދުވަހު ދައްކަވާ ވާހަކަ ދިމައެއް ނުވާ މިންވަރު މިހުރީ ފެންނަން.
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގައި ރައްޔިތުން އެދޭ ޑިމޮކްރަޓިކް ނިޒާމު ބައްޓަން ކުރަމުންދާނީ އެމްޑީޕީން ކަމަށާއި، މިޕާޓީއާއެކު ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް