Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުން ބަޖެޓު ހުސްކުރުން

ސަރުކާރުން ބަޖެޓުގެ 95 ޕަސެންޓު ހުސްކޮށްލާ, އެ ފައިސާއަށް ވާ ގޮތް ކިޔައިދޭނެ އެއްވެސް ބޭފުޅެއް ނެތް: މެންބަރު ނާޒިލް

މުޅި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ޖޫން 2025 | ހޮނިހިރު 07:18
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

ސަރުކާރުން ބަޖެޓުގެ 95 ޕަސެންޓު ހުސްކޮށްލާ ކަމަށާއި، އެ ފައިސާއަށް ވާ ގޮތް ކިޔައިދޭނެ އެއްވެސް ބޭފުޅެއް ނެތް ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި މެންބަރު ނާޒިލް ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި، ފުއްވައްމުލައް ސިޓީގެ ތަރައްގީ ވެސް ހުއްޓިފައިވާ ކަމަށެވެ. މިސަރުކާރާއެކު، މިހާތަނަށް މިސިޓީގައި ވެސް ތަރައްގީއަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށާއި، ކުރީ ސަރުކާރުގައި ކުރަމުން އައި ކަންކަން ވެސް ހުއްޓިފައިވާ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބަޖެޓަށް އިޝާރާތް ކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ ފައިސާއަށް ވާ ގޮތް ނޭނގޭ ކަމަށާއި، 95 އިންސައްތަ ސަރުކާރުން ބޭނުންކޮށް ހުސްކުރާ ކަމަށާއި، ފައިސާއަށް ވާނުވާ ކިޔައިދޭނެ ބޭފުޅަކު ނެތް ކަމަށެވެ. އަދި ބާކީ 5 ޕަސެންޓަކީ ކައުންސިލްތަކުގެ ފައިސާ ކަމަށާއި، އޭގައި ސަރުކާރަށް އަތް ނުލެވޭތީ އެ 5 ޕަސެންޓު ވެސް ހޯދުމަށް މިސަރުކާރުން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިހިނެތްތޯ ފައިސާއަށް މިވަނީ. މިވާހަކަ އަޅުގަނޑުމެންނަށް ސާފުކޮށްދެވޭނެ ވަޒީރެއް ވެސް ނެތް. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ބޭފުޅެއް ވެސް ނެތް. އަދި އެހެން ބޭފުޅެއް ވެސް ނެތް އެފައިސާއަށް ވަނީ ކިހިނެތް ކަމެއް 95 ޕަސެންޓް ބަޖެޓުގެ 95 އަށް ވަނީ ކިހިނެތް ކަން ކިޔައިދޭނެ މީހަކު ނެތް. ދެން ބާކީ އޮންނަ 5 ޕަސެންޓް އެ ހުސް ނުކުރެވޭ މި ކައުންސިލަރުންނަށް. އެ ހުސްނުކުރެވޭތީ ކައުންސިލްތަކުގެ ސައިޒް ކުޑަކުރަން އެ ބަޖެޓު އަނބުރާ ސަރުކާރުގައި އިންނަ އިދާރާއަކަށް ސަރުކާރުގެ އިދާރާއަކަށް އެ ބަޖެޓު ގެންނަން މި މަސައްކަތް ކުރަނީ. އެއްކަލަ 5 ޕަސެންޓާ ނުކުޅެވިގެން. 95 ޕަސެންޓް އެބަ ހުސްކޮށްލާ ސަރުކާރު. 5 ޕަސެންޓް ކައުންސިލަށް ހުސް ނުކުރެވޭތީ އެ ހުސްކުރަން ވެގެން އެބޭފުޅުން މިހާރު މިމަސައްކަތް ކުރަނީ.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މެންބަރު ނާޒިލް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލަކީ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ 5 ޕަސެންޓްގެ ފައިސާގައި އަތް ނުލެވިގެން ގެންނަ ބަދަލެއް ކަމަށެވެ.

ލާމަރުކަޒީ ބާބަށް އެގެންނަ ބަދަލާއި، ކައުންސިލްތަކުގެ ސައިޒް ކުޑަ ކުރަން ގެންނަ ބަދަލަކީ ހަގީގަތުގައި އެއްކަލަ 5 ޕަސެންޓްގެ ފައިސާ ކޮޅުގައި އަތް ނުލެވިގެން އެބޭފުޅުން އެކުރާ ކަންތައްތަކެއް. އަޅުގަނޑު ދަންނަވާނީ ރައްޔިތުން މިގެންނަ ބަދަލުތަކަށް އާ ބަސް ބުނެގެން ނުވާނޭ. ރައްޔިތުން އާ ބަސް ބުނެފިއްޔާމުން ކުރިއަށް އޮތް އިންތިޚާބުތައް އަޅުގަނޑުމެންނާ ހިސާބުން ގެއްލި ހިނގައިދާނޭ. އަޅުގަނޑުމެން މިގެނައި ބަދަލާއެކު، ނިޒާމަށް ގެނައި ބަދަލާއެކު، ރައްޔިތުން ބޭނުންވާ ގޮތަކަށް މި ގާނޫނު އަސާސީގެ ތެރެއިން 2008 ވަނަ އަހަރު އަޅުގަނޑުމެންނަށް ފެށިގެން އައި ސަރުކާރުތަކުން ޚާއްސަކޮށް އެމްޑީޕީގެ 2008 ގެ ސަރުކާރާ އެމްޑީޕީގެ 2018 ގެ ސަރުކާރާ އަޅުގަނޑުމެންނަށް މިކުރެވުނު ތަޖުރިބާތައް. ޚާއްސަކޮށް ތަރައްގީގެ މަޝްރޫއުތައް އަޅުގަނޑުމެން އެނބުރި އަނެއްކާވެސް ބޭނުމިއްޔާ އަޅުގަނޑުމެން ޖެހޭނެ މިސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަން.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މެންބަރު ނާޒިލް ވިދާޅުވީ ރައްޔިތުން އެދޭ ތަރައްގީ ބޭނުންވާނަމަ މިސަރުކާރަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމަންޒަރު ސަރުކާރަށް ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު