Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހަލްދީބް ފުވައްމުލައް މެޑިކަލް ސެންޓަރ

މަހަލްދީބް ފުވައްމުލައް މެޑިކަލް ސެންޓަރުގެ ފަރާތުން އާރްއާރްޓީ ކަނބަލުންނަށް ހަދިޔާ ޕެކޭޖްތަކެއް

މަހަލްދީބް ފުވައްމުލައް މެޑިކަލް ސެންޓަރުން ވަނީ އެރަށުގެ އާރްއާރްޓީގައި މަސައްކަތް ކުރަމުން އަންނަ 30 ކަނބަލުންނަށް ހަދިޔާ ޕެކޭޖް ދީފައި

އަތޫފް އާތިފް
އަތޫފް އާތިފް | 9 މާރިޗު 2021 | އަންގާރަ 01:56
މަހަލްދީބް ފުވައްމުލައް މެޑިކަލް ސެންޓަރގެ ފަރާތުން އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ގިފްޓް ޕެކް ހަދިޔާ ކުރަނީ

މަހަލްދީބް ފުވައްމުލައް މެޑިކަލް ސެންޓަރގެ ފަރާތުން އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ގިފްޓް ޕެކް ހަދިޔާ ކުރަނީ

މަހަލްދީބް ފުވައްމުލައް މެޑިކަލް ސެންޓަރުގެ ފަރާތުން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރެޕިޑް ރެސްޕޮންސް ޓީމްގައި މަސައްކަތްކުރާ އަންހެން ކަނބަލުންނަށް ހަދިޔާ ޕެކޭޖް ހަވާލުކޮށްފިއެވެ.

މަހަލްދީބް ފުވައްމުލައް މެޑިކަލް ސެންޓަރުގެ ފަރާތުން މި އަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުން ހާއްސަކޮށްފައި ވަނީ ރެޕިޑް ރެންސްޕޮންސް ޓީމް ގައި މަސައްކަތްކުރާ އަންހެންކަނބަލުންނަށެވެ.

އާރްއާރްޓީ އަށް ހަދިޔާ ޕެކޭޖް ހަވާލްކުރުން އޮތީ ފުވައްމުލަކު ހޮސްޕިޓަލްގައި ހޯމަ ދުވަހު މިކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން އާރްއާރްޓީގައި މަސައްކަތް ކުރަމުން އަންނަ 30 ކަނބަލުންނަށް ވަނީ ހަދިޔާ ޕެކޭޖް ހަވާލުކޮށްފައެވެ. މި ހަދިޔާ ޕެކޭޖްތައް ހަވާލުކޮށްދެއްވީ މަހަލްދީބް ފުވައްމުލައް މެޑިކަލް ސެންޓަރުގެ މެނޭޖިންގ ޑިރެކްޓަރ ނައުހާ އިބްރާހިމްއެވެ.

ނައުހާ ވަނީ މި ޓީމްގައި ހަރަކާތްތެރިވާ ކަނބަލުންނަކީ ޤައުމީ ބަތަލުންގެ ގޮތުގައި ސިފަކޮށް އެ ބުރަ މަސައްކަތާއި ޤުރުބާނީ އަކީ އަގުވަޒަން ނުކުރެވޭނެ ވަރުގެ ޚިދުމަތްތަކެއްގެ ގޮތުގައި ފަހަގަކޮށްފައެވެ.

މަހަލްދީބް ފުވައްމުލައް މެޑިކަލް ސެންޓަރަކީ 27 މެއި 2000 ވަނަ އަހަރުން ފެށިގެން ފުވައްމުލައް ސިޓީގައި މެދުކެޑުމެއްނެތި ސިއްހީ ޚިދުމަތްދެމުން ގެންދާ މެޑިކަލް ސެންޓަރެކެވެ. މަހަލްދީބް ސެންޓަރަކީ ޒަމާނީ ސިއްހީ ޚިދުމަތްތަކުގެ ވަސީލަތްތައް ގާއިމުކުރެވި، ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއެކު އެންމެ މަތީ ފެންވަރަށް ޚިދުމަތް ދެމުންގެންދާ، އާންމުންގެ އިތުބާރު ލިބިފައިވާ މެޑިކަލް ސެންޓަރެކެވެ.

‎މަހަލްދީބް މެޑިކަލް ސެންޓަރުން ގެންދަނީ އެކި ބަލިތަކަށް ހާއްސަ ސްޕެޝަލިސްޓް ޑަކްޓަރުން ގެ ޚިދުމަތް ދެމުންނެވެ. މީގެ ސަބަބުން ފުވައްމުލަކުގައި ދިރިއުޅޭ ފަރާތްތަކާއި ފުވައްމުލަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޒަމާނީ ސިއްހީ ޚިދުމަތް ފުވައްމުލަކުން ދަނީ އިތުބާރާއެކު މެދުކެނޑުމެއްނެތި ލިބެމުންނެވެ.

‎މަހަލްދީބް މެޑިކަލް ސެންޓަރުން ދެމުން ގެންދާ ޚިދުމަތްތަކުގެ ތެރޭގައި އާންމުބަލިތަކުގެ ފަރުވާއާއި އަދި އެންމެ ޒަމާނީ ޓެކްނިލޮޖީ އާއި އެކު ދަތުގެ އެކްސްރޭއާއި ދަތް ސާފްކުރުން، ކޮރޯން ލެއްވުން، ނަރުގަނޑު އެޅުވުމާއި، ދަތްޕިލަ ހަރުކުރުމާއި ދަތުގެ ހުރިހާ ފަރުވާއެއް ހިމެނެއެވެެ. މީގެއިތުރުން ޑިޖިޓަލް ލެބޯޓްރީ ގެ ޚިދުމަތާއެކު ގިނަ ޓެސްޓްތައް މަހަލްދީބް މެޑިކަލް ސެންޓަރުން ކުރެއެވެ. މަހަލްދީބް މެޑިކަލް ސެންޓަރަކީ ފުވައްމުލަކުގައި ދަތުގެ ފަރުވާ ދެމުން އަންނަ ހަމައެކަނި ކްލިނިކެވެ.

މަހަލްދީބް ފުވައްމުލައް މެޑިކަލް ސެންޓަރފުވައްމުލައް ސިޓީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
13 ނޮވެމްބަރު 2025

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
12 ނޮވެމްބަރު 2025

"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"

12 ނޮވެމްބަރު 2025
"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"
12 ނޮވެމްބަރު 2025

ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް

12 ނޮވެމްބަރު 2025
ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު
12 ނޮވެމްބަރު 2025

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން

12 ނޮވެމްބަރު 2025
ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން
12 ނޮވެމްބަރު 2025

ރައީސް މުއިއްޒަކީ މިހާތަނަށް އެންމެ އަވަހަށް އޮފް ކެނޑުނު ވެރިޔާ: ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ފަލާހު

12 ނޮވެމްބަރު 2025
ރައީސް މުއިއްޒަކީ މިހާތަނަށް އެންމެ އަވަހަށް އޮފް ކެނޑުނު ވެރިޔާ: ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު