Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއު

އަންނަ އަހަރު އަތޮޅު ތެރެއަށް 1.5 ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް

ބޯހިޔާވަހިކަމާއި ގުޅުންހުރި ގިނަ އަދަދެއްގެ ލޯނު މިއަހަރުގެ ދެވަނަ ކުއާޓަރގައި ދޫކުރަން ފަށާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 1 މާރިޗު 2021 | ހޯމަ 00:42
ހއ.ހޯރަފުށި - އަތޮޅުތެރޭގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ސަރުކާރުން ވަނީ ޕްލޭންތަކެއް ހަދާފައި

ހއ.ހޯރަފުށި - އަތޮޅުތެރޭގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ސަރުކާރުން ވަނީ ޕްލޭންތަކެއް ހަދާފައި

އަންނަ އަހަރު އޮތޮޅުތެރެއަށް 1.5 ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ރޭވިފައިވާ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ހާމަކުރައްވައިފިއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ހަރަކާތުގެ ތެރެއިން ނ. އަތޮޅަށް ހާއްސްކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވަނީ އަތޮޅުތެރޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ރޭވިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހިކަމާއި ގުޅުންހުރި ގިނަ އަދަދެއްގެ ލޯނު މިއަހަރުގެ ދެވަނަ ކުއާޓަރގައި ދޫކުރަން ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވިއިރު، އަންނަ އަހަރު އަތޮޅުތެރެއަށް ހާއްސަކޮށްގެން 1.5 ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިމަޝްރޫއުތަކާއި ގުޅިގެން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި އެކު މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުުރުން ނ. އަތޮޅުގެ ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަތަކަށް ހައްލު ހޯދާދުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެއަތޮޅުގެ ރަށްތަކަށް ފެނާއި ނަރުދަމާގެ ހިދުމަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އަސްލަމް މިމޭރުމުން ވާހަކަދައްކަވާފައިވާއިރު، މިބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އަތޮޅުތެރޭގެ ރަށްތަކަށް ޚާއްސަކޮށް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް 2022 ވަނަ އަހަރު ފެށޭނެ ކަމަށާއި، މިއަހަރުގެ މެދުތެރެއިން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރަށުގައި ގެ އެޅުމާ ގުޅޭގޮތުން ޕްލޭނެއް އެބައޮތް ކަމަށާއި، ވައުދާ އެއްގޮތަށް ބޯހިޔާވަހިކަން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއިރު، ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު