Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެދޮރުވެރިޔާ

ކުރީގެ ފްލެޓް އެއްބަސްވުންތައް އުވާލާ، އެހެން ބަޔަކަށް ފްލެޓް ދިނުމުގެ މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން ބައިވެރިވަނީ ޤާނޫނާއި ޚިލާފު އަމަލެއްގައި- އެމްޑީޕީ

7 އޯގަސްޓު 2025 | ބުރާސްފަތި 14:50

ޤާނޫނާއި އެއްގޮތަށް ވެފައިވާ އެއްބަސްވުންތައް އުވާލާ އައު އެއްބަސްވުންތައް ހަދާ އަދި އެ ފްލެޓްތައް އެހެން ބަޔަކަށް ދިނުމަށް ކުރާ މަސައްކަތު ގައި ބައިވެރިވާ މުވައްޒަފުން އެ ބައިވެރިވަނީ ޤާނޫނާއި ޚިލާފު އަމަލެއްގައިކަން އެމްޑީޕީގެ ބަޔާނުގައި ހަނދުމަކޮށްދީފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 އޯގަސްޓު 2025 | ބުރާސްފަތި 14:50
ގެދޮރުވެރިޔާގެ ފްލެޓުތައް

ގެދޮރުވެރިޔާގެ ފްލެޓުތައް

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާ ފްލެޓްގެ އެއްބަސްވުން ހަދާފައި ވަނިކޮށް، ޤާނޫނާއި ޚިލާފަށް އެއްބަސްވުންތައް އުވާލުމާއި އަދި އެ ފްލެޓްތައް އެހެން ފަރާތަކަށް ދިނުމުގައި ބައިވެރިވާ މުވައްޒަފުން ބައިވެރިވަނީ ޤާނޫނާއި ޚިލާފު އަމަލެއްގައި ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން އެފަދައިން ބުނެފައި ވަނީ އެ ޕާޓީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައެވެ.

Advertisement - newsAdvertisement

ނޭނގި ނަމަވެސް މި ސަރުކާރުން އެ ވަނީ ގެދޮރުވެރިޔާ ސްކީމުން ދެމަފިރިންނަށް 2 ފްލެޓް ދިނުމަށްޓަކާ އެކަން އެ ފަރާތަށް އަންގާފައި ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހައްގުތައް ނިގުޅައިނުގަތުމަށާއި ފްލެޓްތައް އަވަހަށް އެ ފަރާތްތަކާއި ހަވާލުކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކާ އެމްޑީޕީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 76 އިން މަތިން މާކްސް ލިބުނު ފަރާތްތަކެއް ގުރުއަތުގައި ބައިވެރި ނުކޮށް ހުރިކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެކަމާއި ގުޅިގެން އެމްޑީޕީން އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމަށް ދެމަފިރިން ވަކިން ފޯމް ހުށަހަޅައިގެން ޝަރުތު ހަމަވެ، ދެމަފިރިންނަށް ވެސް ފްލެޓް ލިބޭ ވަރަށް މާކްސް ލިބިފައި ވާނަމަ ލިބޭނީ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ 1 ފަރާތަކަށް 1 ފްލެޓްކަމަށް ހައުސިންގ މިނިސްޓްރީން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެގޮތަށް ކަނޑައަޅާފައި ވާކަން 15 ނޮވެމްބަރ 2023ގައި ކުރި އިއުލާނުން އެނގޭނެ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ގެދޮރުވެރިޔާ ސްކީމްގެ މަސައްކަތް އެމްޑީޕި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ގޮތް ވަނީ ތަފްސީލްކޮށްދީފައެވެ.

އެގޮތުން ދެމަފިރިންގެ ތެރެއިން އެއް ފަރާތް 3 ކޮޓަރީގެ ފްލެޓަށް އަނެއް ފަރާތް 2 ކޮޓަރީގެ ފްލެޓަށް ވަކިން ފޯމް ހުށަހަޅާ ޝަރުތު ހަމަވެގެން ފްލެޓް ލިބޭ ވަރަށް މާކްސް ލިބިފައިވާ ނަމަ އެ ފްލެޓްގެ ޓައިޕް އަދި ފްލެޓް ލިބެން ކަނޑައަޅާ ފަރާތެއް ކަނޑައެޅުމަށް އެ ފަރާތްތަކަށް 2 ކޮޓަރި އާއި 3 ކޮޓަރީގެ ފްލެޓް ރިޒަރވްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މީގެ ތެރެއިން، ދެމަފިރިން 3 ނުވަތަ 2 ކޮޓަރީގެ ފްލެޓަށް ވަކިން ފޯމްލައިގެން ޝަރުތު ހަމެވެ ފްލެޓް ލިބުމަށް ހޮވާފައި ވާނަމަ އެ ދެމަފިރިންނަށް 1 ފްލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް 1 ފްލެޓްދިނުމަށްޓަކާ ގުރުއަތު ނެގި އިރު އެ ދެމަފިރިންގެ ތެރެއިން ފޯމް ތަރުތީބުން 1 ފަރާތް ހިމަނާ، އެ 2 ފަރާތަށް ލިބޭނެ ފްލެޓް ކަނޑައަޅާފައިވާނެ ކަމަށް އެ ބަޔާނުގައި ވެސް ފާހަގަކޮށްފައިވެއވެެ. އަދި އެ ފްލެޓަކީ ދެ ފަރާތުންކުރެ ކަނޑައަޅާ ފަރާތަކާއި އެކު އެއްބަސްވުން ހެދުމަށް ކަނޑައަޅާފައިވާ ފްލެޓެއް ކަމަށް ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެފަދައިން ދެމަފިރިންގެ ތެރެއިން ޕޯޓަލްގައި ފްލެޓް އެސައިންވެފައި ނުވާ ފަރާތަކީ ކުރީ ސަރުކާރުން ގުރުގައި ބައިވެރި ނުކޮށް ފްލެޓް ލިބުމުން މަހްރޫމްކޮށްފައިވާ ފަރާތެއް ކަމަށް ބަލާ އެ ފަރާތަށް ފްލެޓެއް ލިބޭނެ ކަމަށާއި ފަހުން އެ ގުރުއަތު އޮންނާނެ ކަމަށް ބުނެ ސަރުކާރުން ވަނީ މެސެޖެއް ފޮނުވާފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގައި ސަރުކާރުން އަސާސީ ބޯހިޔާވަހިކަމުގެ ސްކީމްތައް ފެށުނީއްސުރެ މިހާތަނަށް ވެސް ހިންގަނީ ހުށަހަޅާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް ކުރީގެ ސްކީމަކުން ބޯހިޔާވަހިކަމެއް ލިބިފައިވާ ނަމަ ، ބޯހިޔާވަހިކަން ލިބިފައި ނުވާ ފަރާތަށް އިސްކަން ދީގެން ކަމަށެވެ. އެންމެ ފަހުން ހިންގާފައިވާ ހިޔާ ސްކީމާއި ވެށި ފަހި މާލެ ސްކީމާއި ހުޅުމާލެ 1000 ފްލެޓް ސްކީމް އަދި ގެދޮރުވެރިޔާގައި ވެސް އަމަލުކޮށްފައި ވަނި އެ ބީދައިން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް މި ސަރުކާރުން ގެދޮރުވެރިޔާ ސްކީމާއި މެދު އެކި ފަހަރު އެކި ގޮތަށް އަމަލުކުރަމުންދާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ފެށި ފަހުން ކުއްލިއަކަށް ގުރުއަތު ނުނަގާ ބަޔަކު ފާހަގަވި ކަމަށް ބުނެ، އެ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށް ގުރުއަތުލުން ނަގާނެ ކަމަށް އަންގާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ނުވަތަ ކުރިން ސޯޝަލް ހައުސިންގ ލިބިފައިވާ މީހާގެ އަނބިމީހާ/ފިރިމީހާ އަށް ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭނެކަން ނޭނގި ނަމަވެސް އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އެ ނިންމުމަކީ އެއްވެސް ހަމައެއް ނެތް ނިންމުމެއް ނުވަތަ ނޭނގުމެއްގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށް އެމްޑީޕީން ފާހަގަކުރެއެވެ.

އެފަދަ ފަރާތްތައް ގުރުއަތުގައި ބައިވެރިކޮށްފައި ނުވާ ސަބަބަށް ހައުސިންގ މިނިސްޓްރީން ރިއާޔަތް ނުކޮށް ނިންމި ނިންމުންތަކުގެ ސަބަބުން ފްލެޓް އެއްބަސްވުން ސޮއިކުރުން ހުއްޓިދާނެ ފަދަ ގޮތަކަށް އަލުން މައްސަލަ އެއް ވަނީ ވުޖޫދުވެފައި ކަަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ޒިންމާއިން ބަރީއަވުމަށް މިނިސްޓްރީން މަސައްކަތް ކުރާ ކަަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުުރުން ޤާނޫނާއި އެއްގޮތަށް ވެފައިވާ އެއްބަސްވުންތައް އުވާލާ އެ ފްލެޓްތައް އެހެން ބަޔަކަށް ދިނުމަށް ކުރާ މަސައްކަތް ކުރަނީ ޤާނޫނާއި ޚިލާފަށްކަން އެ ބަޔާނުގައި ހަނދުމަކޮށްދީފައި ވެއެވެ.

އެމްޑީޕީގެދޮރުވެރިޔާ ސްކީމްހައުސިންގް މިނިސްޓްރީބޯހިޔާވަހިކަންފްލެޓްމާލެ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް