Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރުޓީއެލް

އާރުޓީއެލް އަކީ ރައީސް ޞާލިޙުގެ ޤައުމީ ޕްރޮޖެކްޓެއް، ކުލަ ބަދަލުކޮށްގެން ހަގީގަތް ބަދަލެއް ނުވާނެ: އަސްލަމް

29 ޖުލައި 2025 | އަންގާރަ 06:42

ލޯގޯގައި ހިމެނޭ ރީނދޫ ކުލައިން ބުނެދެނީ އެއްގަމު ދަތުރު ފަތުރު ކުރުން, އަދި ލޯގޯގައި ހިމެނޭ މަޑު ނޫ ކުލައިން ރަމްޒު ކޮށްދެނީ ވައިގެ ދަތުރު ފަތުރު، އަދި ގަދަ ނޫ ކުލައިން ރަމްޒު ކޮށްދެނީ ކަނޑުގެ ދަތުރު ފަތުރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖުލައި 2025 | އަންގާރަ 06:42
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ކުރީގެ މިނިސްޓަރު މުޙައްމަދު އަސްލަމް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ކުރީގެ މިނިސްޓަރު މުޙައްމަދު އަސްލަމް

ރާއްޖެ ޓްރާންސްޕޯޓްސް ލިންކް (އާރުޓީއެލް) ފެރީގެ ނިޒާމަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ފެށި ޤައުމީ ޕްރޮޖެކްޓެއް ކަމަށާއި، އާރުޓީއެލްގެ ލޯގޯގެ ކުލަ ބަދަލުކޮށްގެން ހަގީގަތް ބަދަލު ނުވާނެ ކަމަށް ކުރީގެ ހައުސިންގ، ޕްލޭނިންގ އެންޑް އިނފްރާސްޓްރަކްޗަރ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އާރުޓީއެލް ފެރީގެ ލޯގޯގެ ކުލަ ބަދަލު ކޮށްފައި ވަނިކޮށެވެ. އެ ލޯގޯގައި ހުރި ރީނދޫ ކުލައިގެ ބަދަލުގައި މި ސަރުކާރުން ވަނީ އަޅި ކުލަ ބޭނުން ކުރަން ފަށައިފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން އަސްލަމް އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އާރުޓީއެލް ފެރީގެ ނިޒާމަކީ ރައީސް ޞާލިޙުގެ ސަރުކާރުން ޤައުމީ ޕްރޮޖެކްޓެއްގެ ގޮތުގައި ފެށި މަސައްކަތެއް ކަމަށެވެ. މިއަދު އެ ލޯގޯގެ ކުލަ ބަދަލު ކުރި ނަމަވެސް، އެކަމުގެ ހަގީގަތް ބަދަލު ނުވާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ. އަސަލަމް ވިދާޅުވެފައި ވަނީ ކަނޑުތަކެކޭ އެއް ފަދައިން، އެ ލޯގޯގެ އަސްލު ކުލަ އަކީ ބްރޭންޑެއް ކަމަށެވެ.

މި ސަރުކާރުން ވަނީ ބ.އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށާފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ. އެކި އެކި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށާފައި ވަނީ އެހެން ޒޯނެއްގެ ދެ ލޯންޗު ގެންގޮސްގެންނެވެ.

އަސްލަމް ކުރެއްވި އިތުރު ޕޯސްޓެއްގައި ވަނީ އާރުޓީއެލް ލޯގޯގައި ހިމެނޭ ކުލަތަކުން ބުނެދޭ މެސެޖު ވެސް ތަފްސީލު ކޮށްދެއްވައިފަ އެވެ. އެގޮތުން އެ ލޯގޯގައި ހިމެނޭ ރީނދޫ ކުލައިން ބުނެދެނީ އެއްގަމު ދަތުރު ފަތުރު ކުރުން ކަމަށް އަސްލަމް ވިދާޅުވި އެވެ. ލޯގޯގައި ހިމެނޭ މަޑު ނޫ ކުލައިން ރަމްޒު ކޮށްދެނީ ވައިގެ ދަތުރު ފަތުރު ކަަމަށާއި، ގަދަ ނޫ ކުލައިން ރަމްޒު ކޮށްދެނީ ކަނޑުގެ ދަތުރު ފަތުރު ކަމަށް އަސަލަމް ވިދާޅުވި އެވެ.

އެ ޕޯސްޓުގައި އިތުރަށް އަސްލަމް ވިދާޅުވެފައި ވަނީ، އާރުޓީއެލް ލޯގޯގައިވާ ރޮނގުތަކާއި ކުލަ ތަކަކީ އެއްވެސް މާނައެއް ނެތް ރޮނގު އަދި ކުލަ ތަކެއް ނޫން ކަމަށެވެ.

ރައީސް ޞާލިޙުގެ ސަރުކާރުން ވަނީ އާރުޓީއެލް ފެރީގެ ޚިދުމަތް ތައާރަފުކޮށް، ބައެއް ސަރަހައްދުތަކުގައި އެ ޚިދުމަތް ދޭން ފަށައިފަ އެވެ. އެ ޚިދުމަތަކީ ގިނަ ބަޔަކަށް ބޮޑު ލުއި ފަސޭހަ އަކަށްވެފައިވާއިރު، އެއީ ގިނަ ބަޔަކު ބަލައިގެންފައިވާ ޚިދުމަތެކެވެ.

ނަމަވެސް މި ސަރުކާރު އައި ފަހުން، ކުރިން ޚިދުމަތް ދެމުން އައި އަތޮޅު ތަކުގައި ވެސް އެ ޚިދުމަތް ރަނގަޅަށް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ދަތުރު ކުރުމަށް ބޭނުން ކުރާ ބައެއް ލޯންޗުތައް މައްސަލަ ޖެހުމުން، އެ ލޯންޗުތައް މަރާމާތު ކުރާނެ ގޮތެއް ވެސް ސަރުކާރަށް ނުހޯދި، އެ ޚިދުމަތް ރަނގަޅަށް ނުލިބި ގިނަ ބައެއްގެ ކަންބޮޑުވުން ފާޅު ކުރަން ފެށި އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް