Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

މުހިންމީ 600 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ފުށިދިއްގަރު ފަޅު ހިއްކުމެއް ނޫން، މުހިންމީ ކުރީ ސަރުކާރުގެ ހައުސިންގ މަޝްރޫއުތައް ނިންމުން: އަލީ ހުސެއިން

ފުށި ދިއްގަރު ފަޅު ހިއްކުމަށްވުރެ މުހިންމީ ކުރީ ސަރުކާރުން ފަށާފައިވާ ހައުސިންގ މަޝްރޫއުތައް އަވަހަށް ނިންމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 5 އޯގަސްޓު 2025 | އަންގާރަ 12:38
ގާނޫނީ ވަކީލް އަލީ ހުސެއިން ހުޅުމާލޭ ފޭސް ތިނެއްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމަށް ވުރެ ކުރީ ސަރުކާރުގެ  ހައުސިންގ މަޝްރޫއުތައް ނިންމުން މުހިންމު ކަމަށް

މުހިންހީ 600 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ފުށި ދިއްގަރު ފަޅު ހިއްކުން ނޫން ކަމަށާއި މުހިންމީ ކުރީ ސަރުކާރުން ފަށާފައިވާ ހައުސިންގ މަޝްރޫއުތައް އަވަހަށް ނިންމުން ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން މިފަދައިން ވިދާޅުވީ ހުޅުމާލޭ ފޭސް ތިނެއްގެ ފަރާތުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އަލީ ހުސެއިން ވިދާޅުވި ސިޔާސީ ބޭފުޅުންނާއި މާލޭ ސަރަހައްދުގެ އެންމެހާ ރައްޔިތުން ވެސް ހިމެނޭހެން އެންމެން ގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށެވެ. އަދި އެކަށީގެންވާ ހެޔޮ އަގެއްގައި ބޯހިޔާވަހިކަމެއް ނުލިބުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިކަން މިއަދު އެންމެހާ ރައްޔިތުން ވެސް ތަހައްމަލު ކުރަމުން ގެންދާ ކަމުގައި އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ ބޯހިޔާވަހިކަމުގެ ދަތިކަން ތަހައްމަލުކުރަމުން ގެންދާ މި ދަނޑިވަޅުގައި އިޖުތިމާއީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް ވަރަށް ގިނަ އުނދަގޫތަކެއް މިއަދު އާންމު ރައްޔިތުން ތަހައްމަލު ކުރަމުން ގެންދަން ޖެހިފައިވާ ކަމަށެވެ.

އަދި މިގޮތަށް އާންމު ރައްޔިތުން މި ދަތިކަން ތަހައްމަލު ކުރަމުން ދަނިކޮށް މިކަމަށް ހައްލެއް ހޯދައި ދިނުމަށް ރައީސް ޞާލިހުގެ ސަރުކާރުން، ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލޭ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން އެހެން ރަށްތަކަށް ވެސް ނިސްބަތްވާ ރައްޔިތުންނަށް ހުޅުމާލޭ ފޭސް ދޭއް އަދި ތިނެއް ހިއްކައިގެން އެތަނުން ގޯތިދޭނެ ކަމަށް ވިދާޅުވެ އިއުލާނު ކުރައްވާފައި ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ މިދިއަ ސަރުކާރުން އެކަން ކޮށްފައި ވަނީ ލިޔުންތަކާއި، ލިސްޓުތަކާއި ވެސް އެކުގައި ގެޒެޓު ކުރުމާއި ވެސް އެކުގައި ކަމަށެވެ. އަދި ކުރީ ސަރުކާރު ނިމުނު އިރު، ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ވެސް ވަނީ ސީއެމްސީ އާއި ހަވާލުކުރެވި މައްސައްކަތް ވެސް ފެށި، ދިހަ ހެކްޓަރުގެ ބިން ވެސް ހިއްކާފައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ސީއެމްސީ އާއި އެ މަސައްކަތް ހަވާލުކުރި އިރު، އެފަރާތަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 20 މިލިއަން ޑޮލަރުވެސް ހަވާލުކުރެވިފައިވާ ކަން އަލީ ހުސެއިން ފާހަގަކުރެއްވި އެވެ. އަދި ސީއެމްސީއަށް މަސައްކަތް ހަވާލުކުރެވިފައި ވަނީ ހުޅުމާލޭ ފޭސް ތިނެއްގެ އިތުރުން ގިރާވަރު ފަޅުން ވެސް ބައެއް ހިއްކާގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ތާފާތު އެތަކެއް ސަބަބުތަކަކާއި ހެދި، އަދި ސަބަބުތައް އަޅުގަނޑުމެން އެއްފަރާތެއްގައި ބާއްވާފަ، އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެނުނީ މި ސަރުކާރު އައުމާއި އެކީ، ހުޅުމާލެ ފޭސް ތިނެެއްގެ ހިއްކުން އެއްކޮށް ހުއްޓާލި މަންޒަރު އަޅުގަނޑުމެންނަށް ފެނުނު. ހަމަ އެއާއި އެކީގަ ގިރާވަރު ފަޅުގައި ހިއްކަމުން އައި ހިއްކުން ވެސް ހުއްޓާލިތަން އަޅުގަޑުމެންނަށް ފެނުނު. އެހެން ނަމަވެސް ފާހަގަކޮށްލަން ބޭނުންވޭ، މަޖިލިސް އިންތިޚާބާއި ގުޅިގެން އެތަކެއް ފަހަރު އެބަހުރި އިތުރަށް އެމަސައްކަތް ފަށާވާހަކަޔާ، އާ ޑްރިޖަރު ގެންނަ ވާހަކަޔާ، މިހުރިހާ ވާހަތަކެއް އެބަހުރި ދައްކާފަ. ނަމަވެސް އެކަމަށް އެކަށީގެންވާ އަމަލީ މަސައްކަތެއް ކުރިއަށް ނުދޭ.
ގާނޫނީ ވަކީލް އަލީ ހުސެއިން

ކަންމިހެން ހުރި ނަމަވެސް މި ސަރުކާރުން އެ ދެއްކި ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށާއި މިއަދާއި ހަމައަށް ވެސް އަދި ވެސް އެ މަސައްކަތް އެކަށީގެންވާ މިންވަރަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ފެނިގެން ދިއައީ މި ސަރުކާރު ގެނައުމަށް ވޯޓުލީ އެއްވެސް ރައްޔިތަކަށް ގޯއްޗެއް ލިބިފައި ނުވާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށި މަންޒަރުކަމަށެވެ. އަދި މި ސަރުކާރު ގެނައުމަށް ފުށިދިއްގަރު ފަޅު ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިގެން ވޯޓުލީ އެއްވެސް ރައްޔިތަކު ނުހުންނާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކަނީ 600 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކަމަށާއި އެއީ މި ސަރުކާރުން ކުރާ ތާކުންތާކު ނުޖެހޭ ބޭކާރު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު މުހިންމީ 600 މިލިއަން ޑޮލަރު ހޭދަކޮށްފައި ފުށިދިއްގަރު ފަޅު ހިއްކުން ނޫން ކަމަށާއި މުހިންމީ ރައީސް ޞާލިހުގެ ސަރުކާރުން ފެށި ހައުސިންގ މަޝްރޫއުތައް އަވަހަށް ނިންމުން ކަމަށެވެ.

އަލީ ހުސެއިންހުޅުމާލެރައީސް ސޯލިހުބޯހިޔާވަހިކަންސީއެމްސީދިއްގަރު ފަޅުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު