Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެއިން ޓީޓީއައި ގައި ބައިވެރިވުން

ރާއްޖެއިން ޓްރެވަލް ތުރުކީ އިޒްމީރް ޑިޖިޓަލް ފެއާގައި ބައިވެރިވެއްޖެ

މި ފެއަރ އަކީ 14 ވަނަ ޓީޓީއައި ފެއަރ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2021 | ހޮނިހިރު 10:12
ޓްރެވަލް ޓަރކީ އިޒްމީރް

ޓްރެވަލް ޓަރކީ އިޒްމީރް

ތުރުކީގައި ބާއްވާ އެންމެ ފުރަތަމަ ވަރޗުއަލް ފެއަރ، ޓްރެވަލް ޓަރކީ އިޒްމީރް ޑިޖިޓަލް ފެއަރ (ޓީޓީއައި) ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ފެބްރުއަރީ މަހުގެ 25ން 27ށް ކުރިއަށް ގެންދާ މި ފެއަރ އަކީ 14 ވަނަ ޓީޓީއައި ފެއަރއެވެ. މި ފެއަރގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާއިރު، ރާއްޖެ އިޝްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސްގެ ހާއްސަ ސްޓޭންޑެއް އިންނާނެއެވެ.

Advertisement - businessAdvertisement

މި ސްޓޭންޑް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދެވިގެންދާނެއެވެ. އެގޮތުން ރާއްޖޭގައި ޗުއްޓީހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތަޖުރިބާކޮށްލަން ލިބޭނެ ކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާއިރު، ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރެވިގެންދާނެ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން މައުލޫމާތުދެއެވެ. އެގޮތުން ރާއްޖެއަކީ ކުދި ކުދި ރަށްތަކެއްގެ މައްޗަށް ބިނާވެގެންވާ ގައުމަކަށް ވުމުން އެކަހެރިކޮށް ރައްކާތެރިކަމާއިއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަން ފެއަރގެ ބައިވެރިންނާ ހިއްސާކުރެވިގެންދާނެއެވެ.

މީގެ އިތުރުން ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ކުރެވިގެންދާ މަަސައްކަތުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ދައްކައިދޭ ހާއްސަ ވީޑިއޯއެއް ފެއަރގައި ދައްކާލެވޭނެއެވެ. އަދި މިފެއަރގެ ވެބިނަރގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވާހަކަދައްކަވަން ހަމަޖެހިފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވަ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާނެއެވެ. އަދި ރާއްޖެއަކީ ރައްކާތެރި މަންޒިލަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް ތޮއްޔިބުގެ ވާހަކައިގައި އަލިއަޅުވާލައްވާނެއެވެ.

މިފެއާގައި ބައިވެރިވާ ފަރާތްތަކާއެކު ވިޔަފާރި ގުޅުން ގާއިމްކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެއެވެ. އެގޮތުން ފެއަރ އަށް ޒިޔާރަތްކުރާ އަދި ބައިވެރިވާ އެކި ފަރާތްތަކާ ބައްދަލުކޮށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިޑިޖިޓަލް ފެއަރގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުވެގެންދާނެއެވެ. ތުރުކީއާއި ރާއްޖެއާ ދެމެދު ޑައިރެކްޓު ފްލައިޓްތައް އޮޕަރޭޓްކުރަމުންދާއިރު، ޓީޓީއައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ތުރުކީގައި އިތުރަށް އިޝްތިހާރުވެގެންދާނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް 2020 ވަނަ އަހަރުވެގެން ގޮސްފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ކާމިޔާބީތަކެއް ލިބުނު އަހަރަކަށެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން ރާއްޖެއަށް ލިބިފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ މާކެޓްތަކެއް ވަނީ ތައާރަފްވެފައެވެ. ފާއިތުވި އަހަރު ނިމުނު އިރު 555,494 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، މިއަހަރުގެ މިހާތަނަށް 180,000ށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3,166 ފަތުރުވެރިން އަންނަމުން ދާއިރު، ރާއްޖޭގައި ފަތުރުވެރިން ހޭދަކުރަމުންދަނީ އެވްރެޖްކޮށް 9 ދުވަހެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގްބޫލުކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ވިޒިޓް މޯލްޑިވްސް އިން ވަނީ ދާދިފަހުން ޓްރެވަލް މީޓް އޭޝިއާގެ ސައުތު-އީސްޓް އޭޝިއާ ރޯޑްޝޯގައި ބައިވެރިވެފައެވެ. މިއީ އައިޓީބީ އޭޝިއާއިން ކުރިއަށް ގެންދާ ވަރޗުއަލް ޓްރެވަލް ރޯޑްޝޯގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!

ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!

07 ނޮވެމްބަރު 2017
ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަދަނީ!

ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަދަނީ!

01 ނޮވެމްބަރު 2017
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

30 އޮކްޓޯބަރު 2017
އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

12 އޮކްޓޯބަރު 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

08 ޖުލައި 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު