Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރިޔާދް ޓްރެވެލް ފެއަރ

ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

ފެއަރ ބާއްވާފައިވަނީ އޭޕްރިލް 7 އިން 10 ވަނަ ދުވަހުގެ ނިޔަލަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 10 އެޕްރީލު 2017 | ހޯމަ 15:04
ރިޔާދް ޓްރެވެލް ފެއަރގެ ތެރެއިން

ރިޔާދް ޓްރެވެލް ފެއަރގެ ތެރެއިން

ރިޔާދް ޓްރެވެލް ފެއަރ 2017 ގައި ދިވެހި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދްގައި ބޭއްވި ރިޔާދް ޓްރެވެލް ފެއަރ 2017 ބާއްވާފައި ވަނީ އޭޕްރިލް 7 އިން 10 ވަނަ ދުވަހުގެ ނިޔަލަށް ފައިސަލިއަޙް ޓަވަރ ހޮޓެލްގަ އެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ ގައިޑްސް މަޓާޓޯއިން މިފެއަރގައި ރާއްޖޭގެ އެންމެ އިސް އޮފިޝަލުގެ ގޮތުގައި ބައިވެރިވެފައިވާއިރު ރާއްޖޭގެ ތަފާތު 11 ކުންފުންޏަކުން ވަނީ މިފެއަރގައި ބައިވެރިވެފައެވެ.

މިފަދަ ފެއަރއެއްގައި ބައިވެރިވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވާ ތަރައްޤީ ކުރުމަށްވާއިރު ރިޔާދް ފެއަރއަކީ މެދު އިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް ފެއަރ އެވެ.

މިފެއަރގައި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކާއި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެފައި އޮތް މިންވަރު ދައްކާދީފައި ވެއެވެ.

މިފެއަރގެ ޒަރީއާއިން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާ ކުރެވިފައިވާ ކަމަށާއި މިދާއިރާއާ ގުޅުން ހުރި މުހިއްމު މައުލޫމާތު ދިނުމުގެ ބައްދަލުންތަކާއި ހަރަކާތްތައް ބާއްވާފައިވެ އެވެ. ޓުއަރިޒަމް ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާއި ގުޅޭ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2017

ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

19 ޑިސެމްބަރު 2017
ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ
06 ނޮވެމްބަރު 2017

މަޓާޓޯއިން ޓްރެވެލް އެވޯޑްސްގެ ހާއްސަ ކެމްޕެއިނެއް ލަންޑަންގައި ފަށައިފި

06 ނޮވެމްބަރު 2017
މަޓާޓޯއިން ޓްރެވެލް އެވޯޑްސްގެ ހާއްސަ ކެމްޕެއިނެއް ލަންޑަންގައި ފަށައިފި
23 އޮކްޓޯބަރު 2017

މޯލްޑިވްސް ޓްރެވެލް އެވޯޑުގެ ގާލާ އެޑިޝަންގެ ވޯޓުލުން ހުޅުވާލައިފި

23 އޮކްޓޯބަރު 2017
މޯލްޑިވްސް ޓްރެވެލް އެވޯޑުގެ ގާލާ އެޑިޝަންގެ ވޯޓުލުން ހުޅުވާލައިފި
12 އޮކްޓޯބަރު 2017

އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

12 އޮކްޓޯބަރު 2017
އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
10 އޮކްޓޯބަރު 2017

މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!

10 އޮކްޓޯބަރު 2017
މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު