Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓްރޭޑް ފެއަރ

އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

މިފެއަރ ކުރިއަށްދާނީ މި އޮކްޓޯބަރ މަހުގެ 12 އިން 14 އަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 10:28
އިޓަލީގެ ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވުން

އިޓަލީގެ ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވުން

އިޓަލީގެ ރިމިނީގައި ހިނގަމުންދާ ޓީޓީޖީ އިންކޮންޓްރީ ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ބައިވެރިވެއްޖެއެވެ.

މި އޮކްޓޯބަރ މަހުގެ 12 އިން 14 އަށް ކުރިއަށްގެންދާ މިފެއަރގައި އެމްއެމްޕީއާރސީއާއެކު ދިވެހިރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތުގެ 21 ކުންފުންޏެއްގެ ފަރާތުން 38 ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

މި ފެއާގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން 64 އަކަމީޓަރުގެ ސްޓޭންޑެގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

އެގޮތުން ވީއާރު ބޭނުންކޮށްގެން ރާއްޖޭގެ މޫދުއަޑީގެ ރީތި މަންޒަރުތައް ބަލާލުމުގެ ފުރުސަތު ފެއާ އަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވެއެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގައި މި ފެއާގެ ޚަބަރުތަށް ފެތުރުމުގެ ގޮތުން ފެއާ އަށް ޒިޔާރަތް ކުރާ ފަރާތްތަކުން ސްޓޭންޑްގައި ފޮޓޯއެއް ނެގުމަށް ފަހު ޓްވިޓަރ އަދި އިންސްޓަގްރާމުގައި #TTG2017 އަދި #visitmaldives ޖެހުމަށްފަހު ފޮޓޯ ހިއްސާކުރައްވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް ޚާއްޞަ އިނާމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

ޓީޓީޖީ އިންކޮންޓްރީއަކީ އިޓަލީ ވިލާތުގެ ޓްރެވެލް ޓްރޭޑަށް އަމާޒުކޮށްގެން ބޭއްވޭ ބޮޑު ފެއާއެކެވެ. އަދި އިންޑަސްޓްރީގެ ގިނަ ފަރާތްތަކަކުން ހާޒިރުވާ ޓްރެވެލް އިވެންޓެކެވެ. މިފެއާގެ މައިގަނޑު އަމާޒަކީ އިޓަލީ މާކެޓްގެ އިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިމެނޭ މުހިއްމު ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއި އިންޑަސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކޮއްލުމަށް ލިބޭ ފުރުސަތެކެވެ.

މިފެއަރގައި ބައިވެރިވުމާއި ގުޅިގެން އިޓަލީގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުވެ މި މާކެޓް ރާއްޖެއަށް ފުޅާކުރުމަށް މުހިއްމު ފުރުސަތަކަށް ވެގެންދާނެއެވެ. އިޓަލީއަކީ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރެއިން މުހިއްމު އެއް ޤައުމެވެ. 2016 ވަނަ އަހަރު 71،202 ފަތުރުވެރިން އިޓަލީން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. މިއަހަރު އޮގަސްޓް މަހާ ހަމައަށް 7،227 އިޓަލީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2017

ފްރީ ޓްރޭޑް އެގްރިމެންޓް: ޗައިނާ މީހުންނަށް ވެސް ރާއްޖޭގައި ކަންމަތީ ފިހާރަ ހުޅުވޭނެ؟!

03 ޑިސެމްބަރު 2017
ފްރީ ޓްރޭޑް އެގްރިމެންޓް: ޗައިނާ މީހުންނަށް ވެސް ރާއްޖޭގައި ކަންމަތީ ފިހާރަ ހުޅުވޭނެ؟!
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
10 އެޕްރީލު 2017

ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

10 އެޕްރީލު 2017
ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
03 އެޕްރީލު 2017

ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

03 އެޕްރީލު 2017
ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު