Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމަޓާޓޯ ޓްރެވަލް އެވޯޑް

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

ޖުމްލަ 15 ކެޓަގަރީއަކަށް ބަހާލައިގެން އެވޯޑުތައް ހަވާލުކޮށްފައިވަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 އޮކްޓޯބަރު 2017 | ހޯމަ 20:00
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގެ އެވޯޑް ހަފްލާގެ ތެރެއިން

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގެ އެވޯޑް ހަފްލާގެ ތެރެއިން

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނަށް ހޮވުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ.

އެވޯޑުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ކ. މާފުށީ އެރީނާ ބީޗްގައި ހޯމަ ދުވަހުގެރޭ ބާއްވާފައިވާއިރު އެވޯޑުތައް ހަވާލުކޮށްފައިވަނީ ޖުމްލަ 15 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ލީޑިންގް ގެސްޓް ހައުސްގެ އެވޯޑް އާއި މޯސްޓް ސަޕޯޓިވް ގެސްޓް ހައުސްގެ އެވޯޑް އާއި ލީޑިންގް ގެސްޓް ހައުސް ބްރޭންޑްގެ އެވޯޑް ލިބުނީ އެރީނާ ބީޗް އަށެވެ. އަދި މޯސްޓް ސަޕޯޓިވް ގެސްޓް ހައުސްގެ އެވޯޑް އާއި ލީޑިންގް ގެސްޓް ހައުސް ބްރޭންޑްގެ އެވޯޑް ލިބިފައިވަނީ ކާނި ހޮޓެލްސް އަށެވެ.

ކާނި ބީޗްގެ މޭނެޖަރ އިސްމާއިލް ނަޒާލް ވިދާޅުވީ އެވޯޑް ލިބުމުން ވަރަށް އުފާވާ ކަމަށާއި އަންނަ އަހަރުވެސް އިތުރު ކެޓަގަރީތަކުން އެވޯޑުތައް ހޯދަން މަސައްކަތްކުރައްވާނެ ކަމަށެވެ.

ލީޑިންގް ހެރިޓޭޖް ގެސްޓް ހައުސްގެ އެވޯޑް "ލޯކަލް އައިލެންޑް އިން" އަށް ލިބިފައިވާއިރު ލީޑިންގް ގެސްޓް ހައުސް ޑައިވިންގް އެންޑް ވޯޓަރ ސްޕޯޓްސްގެ އެވޯޑް ލިބުނީ "އެކްރިވް ވޯޓަރ ސްޕޯޓްސް" އަށެވެ. އަދި ލީޑިންގް އެޑްވެންޗަރ ގެސްޓް ހައުސްގެ އެވޯޑް "ރެވެރީޒް ޑައިވިންގް ވިލެޖް"އަށް ލިބިފައިވާއިރު ލީޑިންގް ޓްރާންސްޕޯޓް ސާރވިސް ޕްރޮވައިޑަގެ އެވޯޑް ލިބުނީ "ނެވި ޓްރާންސްފާ ސްޕީޑް" އަށެވެ.

"ރެވެރީޒް ޑައިވިންގް ވިލެޖް"ގެ ޖެނެރަލް މެނޭޖަރ އައްބާސް އިބްރާހިމް ވިދާޅުވީ އެ އެވޯޑް ލިބިމުން އުފާވާ ކަމަށާއި އެމީހުންނަކީ ހުރިހާ އެކްސްކާޝަންތައް ހިމަނައިގެން ރަގަޅު ފެންވަރަކަށް ކަސްޓަމަރުންނަށް ޙިދުމަތް ފޯރުކޮށްދެމުން އަންނަ ބައެއް ކަމުގައެވެ.

ލީޑިންގް ގްރީން އިކޯ ފްރެންޑްލީ ގެސްޓް ހައުސްއަކަށް "ޓީއެމްއީ ރީޓްރީޓްސް ދިގުރަށް" ހޮވިފައިވާއިރު އަދި ލީޑިންގް ބިޒްނަސް ޑިވޮލޮޕްމަންޓް ޕާޓްނާގެ އެވޯޑް ދިރާގަށް ވަނީ ލިބިފައެވެ. އަދި ނިއުކަމާރ އޮފް ދަ އިޔަރ 2017 ގެ އެވޯޑް ލިބުނީ "ވެލިވިލާ ދިއްފުށި" އަށެވެ.

ލީޑިންގް ބީޗް އައިލެންޑްގެ އެވޯޑް ހއ. ކެލާއަށް ލިބިފައިވާއިރު ލީޑިންގް ގެސްޓް އައިލެންޑްގެ އެވޯޑް ލިބުނީ މާފުއްޓަށެވެ. އަދި ލީޑިންގް ފުޑް އެންޑް ބެވަރޭޖް ގެސްޓް ހައުސްގެ އެވޯޑް އާއި މޯސްޓް އިނޮވޭޓިވް ގެސްޓް ހައުސް ކޮންސެޕްޓުގެ އެވޯޑް ވެލާނާ ބީޗަށް ލިބިފައިވާއިރު ބިޒްނަސް ގެސްޓް ހައުސްގެ އެވޯޑް ލިބުނީ ހޮޓެލް ޔޫ އައި އިން އަށެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގެ 15 ކެޓަގަރީއަށް ދިޔަ ފަރާތްތައް ހޮވާފައިވަނީ 60 ޕަސަންޓުގެ އެސްއެމްއެސް ވޯޓިން އާއި 40 ޕަސަންޓް ޓްރިޕް އެޑްވައިޒަ ރޭޓިންގް އިންނެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން އަށް އެވޯޑް ދޭން ފަށާފައިވަނީ އަލަށް މިއަހަރުއެވެ. މި އެވޯޑް ހަފްލާގައި އެކި ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

07 ޖޫން 2017
ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު