Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

ޔޫވީ ކުޅެނީ ޓީމެއްގެ ގޮތުގައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 8 މާރިޗު 2017 | ބުދަ 20:51
ނިއު ރޭޑިއަންޓުގެ ކޯޗު ބެނާޑޯ ޓެވަރެސް

ނިއު ރޭޑިއަންޓުގެ ކޯޗު ބެނާޑޯ ޓެވަރެސް

ޔުނައިޓެޑް ވިކްޓްރީ އަކީ ފާއިތުވި ސީޒަންގެ ލީގުގެ ހަތަރުވަނަ ޓީމު ކަމަށާއި އެހެން ކަމުން އެޓީމާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް ކަމަށް ނިއު ރޭޑިއަންޓުގެ ކޯޗު ބެނާޑޯ ޓަވަރެސް ބުނެފި އެވެ.

ލީގުގައި ޔޫވީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓަވަރެސް ބުނީ އެޓީމަކީ ފާއިތުވި ސީޒަންގައި ބޮޑެތި ޓީމުތަކާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި ޓީމެއް ކަމަށާއި އެހެން ކަމުން އެޓީމާއި ދޭތެރޭ ފާރަވެރިވާން ޖެހޭ ކަމަށެވެ.

މިދިޔަ ސީޒަންގެ ލީގުގެ ފަސްވަނަ މަގާމުގައި ލީގު ނިންމާލި ނިއު ރޭޑިއަންޓުގެ ކޯޗު އިތުރަށް ބުނީ ޔުވީގެ ފުރަތަމަ މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅުނުތަން ވަރަށް ރަނގަޅަށް ބަލައި މޮނީޓާކުރި ކަމަށާއި އަދި އެޓީމަކީ އިދިކޮޅު ޓީމަށް ދުލެއް ދޭން ބޭނުންވާ ކުޅުންތެރިންތަކެއް ތިބި ކްލަބެއް ނޫން ކަމަށެވެ.

ޓަވަރެސް ބުނީ ބުރާސްފަތި ދުވަހު މެޗަށް ނުކުންނައިރު މިދުވަސްކޮޅަކީ ވަރަށް ހޫނުގަދަ ދުވަސް ކޮޅެއް ކަމަށާއި އަދި ހަވީރު މެޗު ކުޅުމަކީ ހޫނުގެ ސަބަބުން ކޮންމެވެސް ވަރަކަށް އުނދަގޫތަކާއި ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށެވެ. އޭނާ ބުނީ އެހެން ނަމަވެސް އެޓީމުގެ ހުރިހާ ކުޅުންތެރިން ތިބީ މާދަމާގެ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

ނިއު ރޭޑިއަންޓް ވަނީ ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ މައްޗަށް 1-3 ގެ ނަތީޖާއަކުން ކުރި ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު