Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ނިއުއާ ދެކޮޅަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: ފެސްކޯ

ނިއު އޮތީ ވަރަށް ވަރުގަދައަށް ތައްޔާރުވެފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 13 މާރިޗު 2017 | ހޯމަ 18:51
 ކްލަބު ވެލެންސިޔާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)

ކްލަބު ވެލެންސިޔާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)

މިއަހަރުގެ ސީޒަނަށް ނިއު ރޭޑިއަންޓު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި އެހެން ނަމަވެސް އެޓީމާ ދެކޮޅަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި ކަމަށް ކްލަބު ވެލެންސިޔާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

ފެސްކޯ ބުނީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި ނަމަވެސް އެ މެޗުގައި ވެލެންސިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ. އެހެން ކަމުން ނިއުއާ ދެކޮޅަށް ކުޅޭ މެޗަށް ވެސް ނުކުންނާނީ މޮޅު ކުޅުމެއް ދައްކައި އެޓީމު ބަލިކުރުމުގެ އަޒުމުގައި ކަމަށް ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ އެޓީމަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން ނުވަތަ ނިންމާލުމުގެ މައްސަލަ ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް މެޗުގައި އެކަންތައްތައް ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދު ކުރެވޭ ކަމަށެވެ.

ވެލެންސިޔާ އިން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން އެއްވަރިވެފައިވާ އިރު، ކުރިއަށް އޮތް މެޗަކީ މުހިންމު މެޗަކަށްވާއިރު އެ މެޗަކީ ކިހާ ވަރެއްގެ ޕްރެޝާއެއް އޮތް މެޗަކަށް ވާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފެސްކޯ ބުނީ ކޮންމެ މެޗެއްގައި ވެސް އިދިކޮޅުން ނުކުންނަ ޓީމުތަކަކީ ވާދަވެރި ޓީމުތައް ކަމަށާއި އެހެން ކަމުން ކޮންމެ މެޗަކީ ވެސް މުހިންމު އަދި ޕްރެޝާ މެޗެއް ކަމަށެވެ.

ފެސްކޯ ބުނީ މި މެޗަށް ނުކުންނަ އިރު ނިއުއަކީ މޮޅު ޓީމެއްކަން އެނގޭ ކަމަށާއި އެހެންކަމުން އެޓީމަކީ ކިތަންމެ މޮޅު ޓީމެއް ނަމަވެސް ވެލެންސިޔާ އަށް އެއްވެސް ޕްރެޝާއެއް ނެތް ކަމަށެވެ.

ފެސްކޯ އިތުރަށް ބުނީ ކޮންމެ ދުވަހެއްގައި ކުޅޭ މެޗެއްގައި ވެސް މައްސަލަތަކެއް ޓީމުގެ ފަރާތުން ފެންނާނެ ކަމަށާއި އެހެން ނަމަވެސް ޖެހިގެން އަންނަ މެޗަށް އަންނަ އިރު އެކަންތައްތައް ރަނގަޅު ކުރުމަށް ވަގުތު ލިބި އެކަންތައްތައް ރަނގަޅު ކުރެވޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު