Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހާލަންޑް ގަތުމަށް މަސައްކަތްކުރުން

ހާލަންޑް ގަތުމުގެ ފެންވަރު ހުރީ 10 ކުލަބެއްގައި: އޭޖެންޓް

24 ފެބުރުއަރީ 2021 | ބުދަ 13:18

ހޫނު މޫސުމުގައި ޔޫރަޕުގެ ބޮޑު ކުލަބަކަށް ބަދަލުވާން ހާލަންޑް ބޭނުންވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ފެބުރުއަރީ 2021 | ބުދަ 13:18
ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް

ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑް ގަތުމުގެ ފެންވަރު ހުރީ 10 ކުލަބެއްގައި ކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާރްބީ ސާލްޒްބާގުން ޑޯޓްމުންޑަށް އުމުރުން 20 އަހަރުގެ ހާލަންޑް ބަދަލުވީ ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުން 20 މިލިޔަން ޔޫރޯއަށެވެ. އެހެންކަމުން ހާލަންޑުގެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެކަމަކު އެ އެއްބަސްވުމުގައިވާ ގޮތުން 2022 ވަނަ އަހަރަށްފަހު އޭނާ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 75 މިލިޔަން ޔޫރޯ ދައްކަން ޖެހެއެވެ. އެހެންކަމުން އޭގެ ކުރިން ކުޑަ އަގެއްގައި ޑޯޓްމުންޑް ދޫކޮށްލުމުގެ ފުރުސަތު ހާލަންޑަށް އެބައޮތެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް ހޫނު މޫސުމުގެ ޓްރާންސްފާގައި ޔޫރަޕުގެ ބޮޑު ކުލަބަކަށް ބަދަލުވާން ހާލަންޑް ބޭނުންވެއެވެ. އެކަމަކު އޭނާ ވިއްކާލަން ޑޯޓްމުންޑުން ބޭނުންނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރައިއޯލާ ބުނީ މުސްތަގުބަލުގައި ހާލަންޑަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން އޭނާއަށް ހުރިހާ ކުލަބަކުންވެސް ފާރަލަމުން އަންނަ ކަމަށެވެ. އެކަމަކު މި ދަނޑިވަޅުގައި ހާލަންޑް ގަތުމުގެ ފެންވަރު ހުރީ 10 ކުލަބެއްގައި ކަމަށާއި، އޭގެ ތެރެއިން ހަތަރު ކުލަބަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތައް ކަމަށްވެސް ރައިއޯލާ ވަނީ ބުނެފައެވެ.

ހާލަންޑަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ފާރަލަމުން އަންނައިރު، އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ލިވަޕޫލް، މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީވެސް ހިމެނެއެވެ. އަދި އޭނާއަށް ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުންވެސް އަންނަނީ ފާރަލަމުންނެވެ. މީގެ ތެރެއިން ކެރިއަރުގައި ހާލަންޑް އެންމެ ކުޅެން ބޭނުންވާ ކުލަބަކީ ރެއާލްކަމަށް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޑޯޓްމުންޑާއެކު ތަފާތު މޮޅު ކުޅުމެއް ހާލަންޑް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ޑޯޓްމުންޑަށް ކުޅެދިން 43 މެޗުގައި 43 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އިޓަލީގެ ކުޅިވަރު ނޫސް "ތުއްތޮސްޕޯޓް" އިން ހޮވާ ޔޫރަޕިއަން ގޯލްޑަން ބޯއި އެވޯޑް މިދިޔަ އަހަރު ހޯދާފައެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ނިއު މޮޅުވުން ހައްގެއް ނޫން، ރެފްރީންގެ ފެންވަރުދަށް: ސޮބާ

29 އެޕްރީލު 2017
ނިއު މޮޅުވުން ހައްގެއް ނޫން، ރެފްރީންގެ ފެންވަރުދަށް: ސޮބާ
23 އެޕްރީލު 2017

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި

23 އެޕްރީލު 2017
އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓް ތާވަލުގެ އެއްވަނައަށް އަރައި ފެންވަރު ދައްކާލައިފި
23 މާރިޗު 2017

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
16 މާރިޗު 2017

ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ

16 މާރިޗު 2017
ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ
16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
10 މާރިޗު 2017

މާލޭ ލީގު: ވެލެންސިއާ ބަލިކޮށް ޓީސީން ފެންވަރު ދައްކާލައިފި

10 މާރިޗު 2017
މާލޭ ލީގު: ވެލެންސިއާ ބަލިކޮށް ޓީސީން ފެންވަރު ދައްކާލައިފި
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް