Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީސީ ސްޕޯޓްސް

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

ކުޅުންތެރިން ގިނަ ގޮތްތަކަކުން ފެންވަރު ރަނގަޅު ކުރަންޖެހޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 16 މާރިޗު 2017 | ބުރާސްފަތި 08:07
ޓީސީ ސްޕޯޓްސް ކްލަބުގެ އިވެންޓުގައި ރައީސް ޔާމިން ވާހަކަދައްކަވަނީ

ޓީސީ ސްޕޯޓްސް ކްލަބުގެ އިވެންޓުގައި ރައީސް ޔާމިން ވާހަކަދައްކަވަނީ

ފުރަތަމަ ޑިވިޝަނަށް އަންނަ ޓީމުތަކާއި ކުޅުންތެރިންނަށް ސަރުކާރުން ކަންތައްތަކެއް ކޮށްދޭނެ ކަމަށާއި އެގޮތުން މި ރީޖަންގައި ހުރި އެންމެ ވަރުގަދަ ފުޓްބޯލް ޓްރެއިނިން ސްކޫލް ގާއިމްކުރެވިގެންދާނީ ރާއްޖޭގައި ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޝައިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ ހޯދުމާ ގުޅިގެން އެޓީމަށް މަރުހަބާ ދެންނެވުމަށް ދަރުބާރުގޭގައި ބުދަ ދުވަހުގެރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގައި އެ ސްކޫލް ގާއިމްކުރާތާ ތިން އަހަރު ފަހުން ގައުމީ މުބާރާތްތަކުގައި ބައިވެރިވެވޭނީ އެ ކްލަބެއްގެ ކޮންމެވެސް އިންސައްތައެއްގެ ކުޅުންތެރިން އެ ސްކޫލްގައި ތަމްރީން ހާސިލްކުރާ ބަޔަކަށްވުމުން ކަމަށެވެ.

ހަމައެއާއެކު އެ ސްކޫލް ގާއިމްކުރާތާ ފަސް އަހަރުތެރޭގައި ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ހޯދާ، ކޮންމެ އަހަރަކުވެސް އެ ތަށި ދިފާއުކުރަން ޖެހޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.

"އެފްއޭއެމް މަޝްވަރާކޮށް އަޅުގަނޑުގެ ނިންމުމަކަށް ވެފައި މިއޮތީ ސްކޫލް ގާއިމްކުރާތާ ތިންވަނަ ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ދިވެހިރާއްޖެއަށް ހޯދާނަމޭ. އޭރުން އެތަށްޓަކީ އަބަދުވެސް ދިވެހިރާއްޖޭގައި ހުންނާނެ ތަށްޓަކަށް ހަދަންޖެހޭނެޔޭ،" ރައީސް ޔާމިން ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ވަނީ ކުޅުންތެރިން ގިނަ ގޮތްތަކަކުން ފެންވަރު ރަނގަޅު ކުރަންޖެހޭ ކަމަށް ވިދާޅުވެ ބައެއް ކަންތައްތަކަށް އަލިއަޅުވާލާފަ އެވެ. އެގޮތުން ކުޅުންތެރިންގެ އަހުލާގީ މިންގަނޑު އެއްގޮތެއްގައި ހިފަހައްޓުމާއި ކުޅުންތެރިންގެ ހަށިގަނޑުވެސް ކުޅިވަރު ރަނގަޅަށް ކުޅެވޭނެ ގޮތަށް ބައްޓަންކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މި ހަފްލާގައި ރައީސް ޔާމިން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގެ 50 އިންސައްތަ ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނަށް ހެދުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް ވިދާޅުވެ އެޓީމަށް ޗެލެންޖެއް ކުރިމަތި ކުރުވާފަ އެވެ.

ޓީސީއަށް އިޝާރާތް ކުރައްވާ ރައީސް ޔާމިން ވިދާޅުވީ އެޓީމުން ހޯދިފަދަ މަގާމެއް ހާސިލު ކުރުމަކީ ފަސޭހަ ކަމެއް ކަމަށާއި އެހެން ނަމަވެސް އެ މަގާމު ދެމެހެއްޓުމަކީ ދަތި ކަމެއް ކަމަށެވެ.

ޓީސީން ވަނީ މި ހަފްލާގައި ބަންގްލަދޭޝް މުބާރާތުން އެ ކްލަބަށް ލިބުނު ރަން މެޑައްޔެއް ހަދިޔާކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެފަހުން އަންހެން ފުޓްބޯލް ލީގް ކެންސަލް ކޮށްފި

އެންމެފަހުން އަންހެން ފުޓްބޯލް ލީގް ކެންސަލް ކޮށްފި

12 ނޮވެމްބަރު 2017
ވިމެންސް ފުޓްބޯލް ލީގު ޑިސެމްބަރު މަހަށް ފަސްކޮށްފި

ވިމެންސް ފުޓްބޯލް ލީގު ޑިސެމްބަރު މަހަށް ފަސްކޮށްފި

05 ނޮވެމްބަރު 2017
ސަރަހައްދީ ބަންދާ ގުޅިގެން ވޯލްޑް ކަޕްގެ ތައްޔާރީތަކަށް ހުރަހެއް ނެތް: ގަތަރު

ސަރަހައްދީ ބަންދާ ގުޅިގެން ވޯލްޑް ކަޕްގެ ތައްޔާރީތަކަށް ހުރަހެއް ނެތް: ގަތަރު

07 އޮކްޓޯބަރު 2017
އައިޑިއަލް މޫވްމެންޓުގެ މައްޗަށް ކޮކޫން ފުޓްބޯލް ޓީމުން ކުރިހޯދައިފި

އައިޑިއަލް މޫވްމެންޓުގެ މައްޗަށް ކޮކޫން ފުޓްބޯލް ޓީމުން ކުރިހޯދައިފި

25 ޖުލައި 2017
ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ

ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ

08 މެއި 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު