Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުން

ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރަނީ ވަކި ޕާޓީއަކަށް ބަލައިގެނެއް ނޫން: މަޚްލޫފް

ތޮއްޑޫ ދާއިރާގައި މި އަހަރު 15 މިލިޔަން ރުފިޔާގެ މަސައްކަތް ހިނގާނެ ކަމަށް ވިދާޅުވި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 ފެބުރުއަރީ 2021 | ހޯމަ 13:46
އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް

އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރަނީ ވަކި ޕާޓީއަކަށް ނިސްބަތްވާ ދާއިރާއަކަށް ބަލައިގެން ނޫން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ވެރިކަންކުރާއިރުގައި ތަރައްޤީގެ ކަންކަން އަންނަން ޖެހޭނީ ވަކި ޕާޓީއަކަށް ބަލައިގެން ނޫން ކަމަށެވެ. އެގޮތުން މިހާތަނަށް ކުޅިވަރާ ބެހޭ ވުޒާރާއިންވެސް މަސައްކަތް ބައްޓަންކޮށްފައިވާނީ ހަމަހަމަ އުސޫލަކުން ކަމަށާއި، އެމްޑީޕީ އާއި ސަރުކާރުންވެސް މަސައްކަތައް ކުރާނީ ވަކި ޕާޓީއަކަށް ނުވަތަ ރަށުގެ އާބާދީއަކަށް ބެލުމެއްނެތި ކަމަށްވެސް ވިދާޅުވިއެވެ.

ތޮއްޑޫ ދާއިރާގައި ކުރިއަށްދާ ކުޅިވަރު މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ އއ. ތޮއްޑޫ އާއި އެ އަތޮޅު އުކުޅަހުގައި މީގެ ކުރިން މި އަހަރު ކުޑަކުދިންގެ ޕާކު އަޅަން ނިންމި ނަމަވެސް، ފަހުން އިޢުލާން ކުރި ލިސްޓުން އެ ދެ ރަށް އުނިކުރުމަށް ނިންމީ މި އަހަރުގެ ތެރޭގައި އުކުޅަހުގައި ލައިޓިން ސިސްޓަމްގެ މަސައްކަތް ކުރުމަށް ބަޖެޓް ހަމަޖެހުމުން ކަމަށެވެ. އަދި އެ މަސައްކަތަށް 1.6 މިލިޔަން ރުފިޔާ ޚަރަދުވާއިރު، އެއީ ގާތްގަނޑަކަށް އަށްވަރަކަށް ރަށުގެ ޕާކުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރަން ހަމަހަމަ އުސޫލެއް މި ސަރުކާރުން ގެންގުޅޭއިރު، މި އަހަރު ތޮއްޑޫގައި ފަށާ ޓާފް ފުޓްބޯޅަ ދަނޑާއެކީގައި، އެ ދާއިރާގައި އެކަނިވެސް 15 މިލިޔަން ރުފިޔާގެ މަސައްކަތް މި އަހަރު ހިނގާނެ ކަމަށެވެ. އެހެންކަމުން ތަފާތުކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ވިދާޅުވެއްޖެއްޔާ، އެއީ ވަރަށް ދެރަކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެމުން އަންނައިރު، އެންމެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުގައި މިހާތަނަށް ހިންގާފައިވަނީވެސް ކުޅިވަރުގެ ދާއިރާއަށެވެ. އަދި މި އަހަރުގެ ތެރޭގައިވެސް ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ.

އަދި ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް 40 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ދާދި ފަހުން އިންޑިއާއިންވެސް ވަނީ ނިންމާފައެވެ. އަދި މި ލޯނު އެހީއަކީ ކުޅިވަރުގެ ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަށް ވެދޭ އެހީއެއް ކަމަށާއި، އެއް ކުޅިވަރަށްވުރެ ގިނަ ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްދޭން އެހީތެރިވުމަށް ނިންމަވާފައިވާ ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބުރަމަންޔަން ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ

19 މާރިޗު 2017
މިއާމީ އޯޕެން ޓެނިސް މުބާރާތުން މުރޭ ވަކިވެއްޖެ
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
24 ފެބުރުއަރީ 2017

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު