Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީންގެ ޝަރީއަތަށް އަތްބޭނުން

ޕުކެޓުގައި ފަނޑިޔާރަކާއި ބައްދަލުކުރި މީހާއާއި، ހައިކޯޓުގައި ހިނގަމުންދިޔަ ޝަރީއަތަށް އަތްބޭނި މީހުންގެ ލިސްޓް އެބައޮތް، ހާމަކުރާނަން - ޔާމީން

ފުރަތަމަ ޖަލަށް ގެންދިޔާމާ ބަޣާވާތެއް ކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ޖުލައި 2024 | ހުކުރު 11:18
ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަދި ކުރީގެ ރައީސް ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަދި ކުރީގެ ރައީސް ޔާމީން

ހައިކޯޓުގައި ހިނގަމުންދިޔަ ޝަރީއަތަށް އަތްބޭނި މީހުންގެ ލިސްޓާއި، ތައިލެންޑުގެ ޕުކެޓުގައި ފަނޑިޔާރަކާއި ބައްދަލުކުރި މި ސަރުކާރުގެ ވަޒީރަކީ ކާކުކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެކަންކަން ހާމަކުރައްވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެ ފަދަ ކުޑަކުޑަ ތަނެއްގައި ކިތައްމެ ސިއްރުން ކަންކަން ކުރިޔަސް އޭގެ މައުލޫމާތު އިނގޭނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ 11 އަހަރުގެ ޖަލުހުކުމުގެ މައްސަލައިގެ އިސްތިއުނާފު ކުރިއަށްދިޔައިރު ހައިކޯޓުގައި އެމަނިކުފާނުގެ މައްސަލަ ކުރިއަށް ދިޔައިރު އޭގެ ތެރެއަށް އަތްބާނާ އެމަނިކުފާނަށް ގެއްލުންދޭން މަސައްކަތްކުރި ފަރާތްތަކުގެ މައުލޫމާތު ބޮޑު ޖަލްސާއެއްގައި ހާމަކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތަށް އަތްބާނާ ކެނޑިޑެންސީ ބާތިލްކުރުމަށް މަސައްކަތް ކުރެއްވި މި ސަރުކާރުގެ ބޭބޭފުޅުންގެ މައުލޫމާތު އެނގިލައްވާ ކަމަށެވެ. އަދި އެބޭފުޅުންގެ ތެރެއިން ކޮންކޮން ބޭފުޅުންގެ ވާހަކަތެއްކަން ދައްކަވަނީ އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ރައީސް ޔާމީން ކައިރީގައި ވާހަކަ ބުނާނެ މީހުން މަދެއް ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވޯޓުން ހޮވިވަޑައިގެން، ސަރުކާރު ބަދަލުވި އިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ދައުވަތަކަށް ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ތިބީ 4 މީހުން ކަމަށާއި، ރައީސް މުއިއްޒުއާއި އެކީގައި ވަޑައިގެންނެވީ އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ. އަދި ރައީސް ޞާލިހާއި ރައީސް އޮފީހުގެ އިސް އެހެން ބޭފުޅެއްވެސް އިންނެވި ކަމަށެވެ.

އެ ބައްދަލުވުމުގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ނުވަތަ މިނިވަންކޮށްދެއްވުމަށް ރައީސް މުއިއްޒު ވިދާޅު ނުވާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގުރުއާނަށް ނުދެވޭ ވަރުގެ އަހައްމިއްޔަތުކަމެއް ދޭނެކަމަށް ވިދާޅުވެ ކަންކަމުގައި އުޅުއްވިނަމަވެސް، އިންސާނެއްވިއްޔާ އަދި ދީނީ ކަންކަމުގައި އެތެރެފުށާއި ބޭރުފުށް ހާލިސްކުރަންވާނެ ކަމަށެވެ. އެހެން ނޫންކަމުގައިވާނަމަ ރައްޔިތުންގެ ފާޑުކިއުންތައް އަންނާނެ ކަމަށާއި، ކުރައްވަނީ ކޮންކަމެއްތޯ އެންމެން ތިބޭނީ ބަލަން ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތަށް އަތްބާނާ އެމަނިކުފާނުގެ ކެންޑިޑެންސީ ގެއްލުވާލަން މަސައްކަތް ކުރި ބޭބޭފުޅުން މި ސަރުކާރުގެ ވަޒީރުންގެ ގޮތުގައާއި އިސް ވެރިންގެ ގޮތުގައި ތިއްބެވިކަމަށް ތުހުމަތު ކުރެއްވި އިރު، އެބޭބޭފުޅުންގެ ނަމެއް ހާމައެއް ނުކުރައްވައެވެ.

މި ސަރުކާރު ވެރިކަމަށް އައީ ރައީސް ޔާމީންގެ ފޮޓޯ ފުޅާއި ހުސް ގޮނޑިއެއް ރައްޔިތުންނަށް ދައްކައިގެންނެވެ. އަދި ވެރިކަން ލިބުމުން އެ ފޮޓޯއާއި ގޮނޑި ގެއްލި އެމަނިކުފާނު މިނިވަންކުރަން އެއްވެސް މަސައްކަތެއް ނުކުރެއެވެ. ރައީސް ޔާމީންވެސް ވަނީ މީގެ ކުރިންވެސް އެމަނިކުފާނު މިނިވަންކުރަން ރައީސް މުއިއްޒުއާއި، އަބްދުއްރަހީމް އަދި މި ސަރުކާރުންވެސް އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާސިމާ ބައްދަލުކުރި ކަމަށް ބުނެ ފުލުހުންގެ އިސްވެރިއަކު މަސްއޫލިއްޔަތުން އެކަހެރިކޮށްފައި ހުންނަތާ ތިން މަސް!

ގާސިމާ ބައްދަލުކުރި ކަމަށް ބުނެ ފުލުހުންގެ އިސްވެރިއަކު މަސްއޫލިއްޔަތުން އެކަހެރިކޮށްފައި ހުންނަތާ ތިން މަސް!

05 ސެޕްޓެމްބަރު 2017
ދައުލަތުގެ އިސްވެރިއަކާ ހުމާމު ބައްދަލުކުރި ކަމަށް ބުނާ މައްސަލަ ތަހްގީގުކުރި، ނަމަވެސް ހެއްކެއް ނުލިބޭ: އުމަރު ނަސީރު

ދައުލަތުގެ އިސްވެރިއަކާ ހުމާމު ބައްދަލުކުރި ކަމަށް ބުނާ މައްސަލަ ތަހްގީގުކުރި، ނަމަވެސް ހެއްކެއް ނުލިބޭ: އުމަރު ނަސީރު

07 އޯގަސްޓު 2017
ދައުލަތުގެ ކުރީގެ އިސްވެރިޔަކު ހުމާމު ޖަލު ގޮޅިން ނެރެގެން ރިސޯޓަކަށް ގެންގޮސް ބައްދަލުކުރި:ޜައީސް ޔާމީން

ދައުލަތުގެ ކުރީގެ އިސްވެރިޔަކު ހުމާމު ޖަލު ގޮޅިން ނެރެގެން ރިސޯޓަކަށް ގެންގޮސް ބައްދަލުކުރި:ޜައީސް ޔާމީން

06 އޯގަސްޓު 2017
އަބްދުﷲ ރިޔާޒްގެ މައްޗަށް ސާބިތުނުވި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

އަބްދުﷲ ރިޔާޒްގެ މައްޗަށް ސާބިތުނުވި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

25 ޖުލައި 2017
މަޚްލޫފްގެ އިސްތިޢުނާފުގެ މައްސަލަ ހައިކޯޓުގައި އަނެއްކާވެސް ތާވަލް ކޮށްފި

މަޚްލޫފްގެ އިސްތިޢުނާފުގެ މައްސަލަ ހައިކޯޓުގައި އަނެއްކާވެސް ތާވަލް ކޮށްފި

18 މެއި 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު