Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

22 އެޕްރީލު 2025 | އަންގާރަ 07:39

މަޚްލޫފް ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު އުވާލުމަށް ވަކާލާތު ކުރަނީ ރައްޔިތުންގެ ފަންސާސް އިންސައްތަ ވޯޓު ނުލިބޭނެކަން ޔަގީންވާ ބޭފުޅުން ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އެޕްރީލު 2025 | އަންގާރަ 07:39
ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް

ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅާއި، ސަރުކާރުން މިފަހުން އިއުލާން ކުރި މޯލްޑިވްސް 2.0ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން ކަމަށް، އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

މަޚްލޫފް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު އުވާލައި، ޕްރިފެރެންޝަލް ވޯޓިން ސިސްޓަމެއް ގެނައުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވުމާ ގުޅިގެން އެކަމަށް ފާޑު ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement - newsAdvertisement

މަޚްލޫފް ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު އުވާލުމަށް ވަކާލާތު ކުރަނީ ރައްޔިތުންގެ ފަންސާސް އިންސައްތަ ވޯޓު ނުލިބޭނެކަން ޔަގީންވާ ބޭފުޅުން ކަމަށެވެ. ނަމަވެސް އެކަމުގެ ފަހަތުގައި އޮތް އެންމެ ބޮޑު ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން ތަޢާރަފު ކުރުން ކަމަށް ވެސް މަޚްލޫފް ވިދާޅުވި އެވެ.

އެގޮތުން ރައީސް މުޢިއްޒު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅާއި، މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތީ ވެސް އިލެކްޓްރޯނިކް ވޯޓިން ކަމަށް މަޚްލޫފް ވަނީ ތުހުމަތު ކުރައްވައިފަ އވެެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި ވޯޓު ލަމުން އަންނަ ނިޒާމަަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ވޯޓުލާ ގޮތާއި، އަދި ވޯޓު ގުނާ ގޮތަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހޭ ކަމަށެވެ. އަދި މިހާރު އިންތިޚާބުގެ ކަންކަން ރޭވިފައިވާ ގޮތުން، ފާޅު ގައި ނޫން ގޮތަކަށް ނަތީޖާ ބަދަލުވާ ކަމެއް ނުކުރެވޭނެ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރުގެ ތެރޭގައި މިހާރު ވެސް ލިބޭއިރު، އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށް ނަތީޖާ ބަދަލު ކުރަން ފުރުސަތެއް ނުދެވޭނެ ކަމަށް ވެސް މަޚްލޫފް ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު އުވާލައި، ޕްރިފެރެންޝަލް ވޯޓިން ސިސްޓަމެއް ތައާރަފު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް މުޢިއްޒު ހާމަކުރެއްވުމާ އެކު، ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަމުންނެވެ.

އަދި އެކަން ގޮތުގައި ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް ސިޔާސީ މީހުން އަދި ބައެއް އާންމު ރައްޔިތުން ވެސް އަންނަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް