Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ނުކުތީ ޔާމީން ނޫން ގޮތެއް ހޯދަން، ކޯޓަށް އަތްބާނާ ތައިލެންޑުގައި ފަނޑިޔާރަކާއި ބައްދަލުކުރި މީހުން ވަޒީރުކަމުގައި

ރައީސް ޔާމީންގެ ޝަރީއަތަށް އަތްބާނާ، ޕުކެޓުގައި ފަނޑިޔާރަކާއި މި ސަރުކާރުގެ ވަޒީރަކު ބައްދަލުކުރިއެވެ. ޖަލުގައި އޮންނަވަނިކޮށް ޕާޓީ ތެރޭގައި ބަޣާވާތް ހިންގިއެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ޖުލައި 2024 | ހުކުރު 14:47
ވެރިކަމަށް ވަޑައިގެންނެވުމަށް ދެއްކި ގޮނޑިކޮޅު މިއަދުވީތަނެއްވެސް ނޭނގޭ

ވެރިކަމަށް ވަޑައިގެންނެވުމަށް ދެއްކި ގޮނޑިކޮޅު މިއަދުވީތަނެއްވެސް ނޭނގޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އަންނަން ދިވެހި ރައްޔިތުންނަށް ދިން މެސެޖަކީ އެމްޑީޕީގެ ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށާއި، ސަބަބުތައް ގިނަކަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނޫން ގޮތެއް ހޯދަންޖެހޭކަމަށް ބުނެއެވެ. ނަމަވެސް މިއީ މިސަރުކާރުން ރައްޔިތުންނަށް ދެއްކި ދަޅައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހަގީގަތަކީ މި ސަރުކާރު ވެރިކަމަށް އަންނަން ރައީސް ޔާމީން ނޫން ގޮތެއް ހޯދަން މަސައްކަތް ކުރިއެވެ.

މި ސަރުކާރު ވެރިކަމަށް އަންނަން ރައީސް ޔާމީން މިނިވަންކުރާނަމޭ، ހުވާކުރާ ދުވަހު ރައީސް ޔާމިން ހުންނަވާނީ ގެކޮޅުގައޭ ކިޔާފައި ފޮޓޯ ގަނޑަކާއި ހުސްގޮނޑިއެއް ހިފައިގެން މުޅި ރާއްޖޭގައި ދަތުރުކުރިއެވެ. ވެރިކަމަށް އައިސް އެ ގޮނޑިއާއި ފޮޓޯ ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

މީގެކުރިންވެސް އޯޑިއޯ ތަކެއް ލީކުވިއެވެ. އެ އޯޑިއޯ ތަކުގައި ދެއްކި ވާހަކައަކީ އަސްލު ހަގީގަތްކަން މިއަދު މިދަނީ ފެނި ހާމަވަމުންނެވެ. އެއިރު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުކަމަށް ބެލެވޭ ބޭފުޅަކު ދެއްކެވި ވާހަކަފުޅުތަކެއްގެ އޯޑިއޯގައި ބުނެފައިވަނީ މިވަގުތު ރައީސް ޔާމީން މިނިވަންކުރުމުގެ ކަންކަން މަޑުޖައްސާލާފައި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ބޭނުންވާ ކެންޑިޑޭޓުން ފީލްޑްކޮށްގެން އެ އިންތިހާބުގައި ނުކުންނަ ނަތީޖާއަކަށް ފަހުގައި އެކަންކަން (ޔާމީން ދޫކޮށްލުމުގެ ކަންކަން) ކުރުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

މި އޯޑިއޯގައި ޔާމީން މިނިވަންކުރުން ލަސްކުރަންވީ ބައިވަރު ސަބަބުތަކެއް ވެސް ދެއްކިދާނެ ކަމަށާއި، އެގޮތުން މިހާރު ގާނޫނު އޮތްގޮތުން ބެއިލްގެ ނިޒާމު ނެތުމާއި، އިތުރު ކަންތައްތަކާއި، އަދި ސަރުކާރާއި ހަވާލުވީ ކަމުގައިވިޔަސް މަޖިލީހުގެ މެޖޯރިޓީ ނެތުމުން، އެ ބިލު (ބެއިލްގެ ބިލު) ފާސް ނުވަނީސް ގާނޫނީ ގޮތުން ނުވާނެ ކަމާއި، ގާނޫނީ ގޮތުން ތަފާތު ސަބަބުތަކެއް ދެއްކިދާނެކަމަށް ވިދާޅުވެއެވެ.

މިއަދު މި ވާހަކަތަކުގެ ހަގީގަތް އެ ވިދާޅުވަނީ ރައީސް ޔާމީނެވެ. 11 އަހަރުގެ ޖަލުހުކުމުގެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ދިޔައިރު އޭގެ ތެރެއަށް އަތްބާނާ އެމަނިކުފާނަށް ގެއްލުންދޭން މަސައްކަތްކުރި ފަރާތްތަކުގެ މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ގެއްލުންދޭން މަސައްކަތްކުރި 'ގަރުދިޔަ' ޖަގަހައިގައި މަސައްކަތް ކުރާ އިސްކޮށް އުޅޭ ކޮންބައެއްކަން ހާމަކުރައްވާނެކަމަށެވެ. ފުލް ލިސްޓް އެބައޮތް ކަމަށެވެ. ކޮން ފަނޑިޔާރަކާއިތޯ ގުޅީވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނުގެ ކެންޑިޑެންސީ ބާތިލްކުރުމަށްޓަކައި ހިނގައިދިޔަ ކަންކަމުގެ ވާހަކަ އާއި، މި ސަރުކާރުގެ ވަޒީރަކު ފަނޑިޔާރަކާއި ބައްދަލުކުރި ޕުކެޓުގައި ކަމަށްވެސް އެނގިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތަށް އަތްބާނާ ކެނޑިޑެންސީ ބާތިލްކުރުމަށް މަސައްކަތް ކުރެއްވި މި ސަރުކާރުގެ ބޭބޭފުޅުންގެ މައުލޫމާތު އެނގިލައްވާ ކަމަށެވެ. އަދި އެބޭފުޅުންގެ ތެރެއިން ކޮންކޮން ބޭފުޅުންގެ ވާހަކަތެއްކަން ދައްކަވަނީ އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ރައީސް ޔާމީން ކައިރީގައި ވާހަކަ ބުނާނެ މީހުން މަދެއް ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވޯޓުން ހޮވިވަޑައިގެން، ސަރުކާރު ބަދަލުވި އިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ދައުވަތަކަށް ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ތިބީ 4 މީހުން ކަމަށާއި، ރައީސް މުއިއްޒުއާއި އެކީގައި ވަޑައިގެންނެވީ އަބްދުއްރަހީމް އަބްދުﷲ ކަމަށެވެ. އަދި ރައީސް ޞާލިހާއި ރައީސް އޮފީހުގެ އިސް އެހެން ބޭފުޅެއްވެސް އިންނެވި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެ މީޓިންގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭށޭ، ރައީސް ޔާމީން މިނިވަންކޮށްދޭށޭ މުއިއްޒު ވިދާޅުނުވާ ކަމަށެވެ. މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭ ވާހަކައެއް ކަމަށާއި، އެކަން ކޮށްފައިވަނީވެސް ވެރިކަން ލިބުނުތާ އެހާ ކުރީކޮޅު ކަމަށެވެ. އަދި އެމަނިކުފާނުގެ ގެ ކައިރީގައި ކުރާ މުޒާހަރާވެސް ހުއްޓުވާލީ އެ ސަބަބަށްޓަކައި ކަމަށާއި، މި ސަރުކާރުގެ އެއްވެސް ކަހަލަ އިހުލާސްތެރި ނިޔަތެއް އެކަމުގައި ނެތް ކަމަށެވެ.

މިސަރުކާރު ވެރިކަމަށް އަންނަން ރޭވި ހިޔަޅު ރޭވުންތަކާއި، ވެރިކަމަށް އައިސް ކުރަން ނިންމި ކަންކަމުގެ ވާހަކަ މިއަދު މި އަޑުއިވި ހާމަވަނީވެސް މި ސަރުކާރު ގެންނަން އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅެއްގެ ދޫފުޅުންނެވެ. މި ސަރުކާރަކީ މަކަރާއި ދޮގާއި އޮޅުވާލުމުގެ ސަރުކާރެއްކަމަށް ރައްޔިތުން މިއަދު ބުނަމުންދަނީ މި ސަބަބުތަކަށްޓަކައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

16 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު