Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާއަށް އަނިޔާވުން

ބާސާއާ ދެކޮޅަށް ނޭމާއަށް ނުކުޅެވޭނެ

12 ފެބުރުއަރީ 2021 | ހުކުރު 06:16

ނޭމާއަށް އަނިޔާވީ ބުދަ ދުވަހުގެރޭ ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 ފެބުރުއަރީ 2021 | ހުކުރު 06:16
ކޯން އަތުން ޕީއެސްޖީ މޮޅުވި މެޗުގައި ނޭމާއަށް އަނިޔާވެފައި ވަނިކޮށް

ކޯން އަތުން ޕީއެސްޖީ މޮޅުވި މެޗުގައި ނޭމާއަށް އަނިޔާވެފައި ވަނިކޮށް

ބްރެޒިލުގެ ތަރި ނޭމާއަށް ދާދި ފަހުން ލިބުނު އަނިޔާގެ ސަބަބުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމަށް ޕީއެސްޖީން ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ކުޅުން އަންނަ ހަފުތާގައި ފަށާއިރު، ބާސާގެ ދަނޑުގައި ކުޅޭ ފުރަތަމަ ލެގުގެ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުގެރެއެވެ.

އެ މެޗުގެ ކުރިން ނޭމާއަށް އަނިޔާވީ ބުދަ ދުވަހުގެރޭ ފްރެންޗް ކަޕުގައި ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން ނޭމާއަށް ވަނީ އަނިޔާވެފައެވެ. ރަށުން ބޭރުގައި ކޯން އަތުން 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު އަނިޔާއަކާ ގުޅިގެން ނޭމާ ވަނީ ބަދަލުކޮށްފައެވެ. އެއަށްފަހު ނޭމާގެ މެޑިކަލް ޓެސްޓުތައް ހެދިއިރު، އެ އަނިޔާއާ ގުޅިގެން ހަތަރު ހަފުތާއަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ޕީއެސްޖީން ވަނީ ބުނެފައެވެ.

އެހެންކަމުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ކުރީގެ ކުލަބު ބާސާއާ ދެކޮޅަށް ނޭމާއަށް ނުކުޅެވޭނެއެވެ. އަނިޔާގެ ސަބަބުން ފުރަތަމަ ލެގު ނޭމާއަށް ގެއްލޭއިރު، މި ފަހަރުގެ މެޗުތަކަކީ 2017 ވަނަ އަހަރު ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 222 މިލިޔަން ޔޫރޯއަށް ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވުމަށްފަހު، ބާސާއާ ދެކޮޅަށް ނޭމާއަށް ކުޅެން ލިބޭ ފުރަތަމަ މެޗުތަކެވެ.

އެކަމަކު ފުރަތަމަ ލެގުގައި ބާސާއާ ދެކޮޅަށް ނޭމާއަށް ނުކުޅެވުނު ނަމަވެސް، ދެވަނަ ލެގުގައި އަންނަ މާޗު މަހުގެ 11 ވަނަ ދުވަހު ޕީއެސްޖީގެ ދަނޑުގައި ކުޅޭ މެޗަށް ނޭމާ ފިޓުވާނެކަމުގެ އުންމީދު އެބައޮތް ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީން ބާސާއާ ދެކޮޅަށް ނުކުންނައިރު، މިއީ 2017 ވަނަ އަހަރުގެ މާޗު މަހަށްފަހު މި ދެ ޓީމު ބައްދަލުކުރާނެ ފުރަތަމަ ފަހަރެވެ. އެ ފަހަރުވެސް މި ދެ ޓީމު ބައްދަލުކޮށްފައިވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައެވެ. އެ ފަހަރު ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 4-0 ން ބަލިވެފައިވަނިކޮށް، ދެވަނަ ލެގުގައި ބާސާ ވަނީ ޕީއެސްޖީ އަތުން 6-1 ން މޮޅުވެ، ކުއާޓާއިން ޖާގާ ހޯދައި، ޗެމްޕިއަންސް ލީގުގެ ތާރީޚުން ޖާގަ ހޯދާފައެވެ. އެއާއެކު ބާސާ ވެފައިވަނީ ފުރަތަމަ ލެގުން 4-0 ން ބަލިވެފައިވަނިކޮށް، ދެވަނަ ލެގުގައި އެ ނަތީޖާ އަނބުރާލި ފުރަތަމަ ޓީމަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

11 މާރިޗު 2017

އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި

11 މާރިޗު 2017
އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް