Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޝައިހް ކަމާލް ކަޕް

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަން ޓީމަށް 30 ހާސް އެމެރިކާ ޑޮލަރު ދޭ

ލީވާން އަލީ
ލީވާން އަލީ | 25 ފެބުރުއަރީ 2017 | ހޮނިހިރު 08:04
ޝައިހް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޑާކާ އަބާނީއާ ދެކޮޅަށް ނިކުތް ޓީސީގެ ފުރަތަމަ 11

ޝައިހް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޑާކާ އަބާނީއާ ދެކޮޅަށް ނިކުތް ޓީސީގެ ފުރަތަމަ 11

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ސެމީފައިނަލުގައި ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ނިކުންނާނީ ނޭޕާލްގެ މަނަންގް މަރްސިޔަންގްޑީ ކްލަބްކަން ކަށަވަރުވެއްޖެ އެވެ.

ހުކުރު ދުވަހު ގްރޫޕް ބީގައި ކުޅުނު މެޗުތަކަށް ފަހު އެ ގްރޫޕްގެ އެއްވަނަ ލިބުނީ ފަސް ޕޮއިންޓާއެކު ބަންގްލަދޭޝްގެ އަބާނީ ލިމިޓެޑް ޗިޓަގޮން އަށެވެ. ދެވަނަ ލިބުނީ ހަތަރު ޕޮއިންޓާއެކު މަނަންގް އަށެވެ. ތިންވަނަ ލިބުނު މުހައްމަދިން ސްޕޯޓްސް ކްލަބަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް ސެމީން ޖާގަ ނުލިބުނީ އެއް ލަނޑުގެ ތަފާތުންނެވެ.

ގްރޫޕް އޭގެ އެއްވަނަ އެއްވެސް މެޗަކުން ބަލިނުވެ ހަތް ޕޮއިންޓާއެކު ޓީސީ ސެމީން ޖާގަ ހޯދާފައިވާ އިރު، އެ ގްރޫޕުން ދެން ސެމީން ޖާގަ ހޯދީ ފަސް ޕޮއިންޓް ހަމަކުރި ޕޮޗިއޮން ސިޓިޒެން އެފްސީ އެވެ. އެގޮތުން އެޓީމު ސެމީގައި ބައްދަލުކުރަން ޖެހޭނީ ބަންގްލަދޭޝްގެ ޗިޓަގޮން އަބާނީއާ އެވެ.

ރާއްޖޭގެ ޓީސީ ސެމީން ޖާގަ ހޯދާފައިވާއިރު، މިއީ ބައިނަލްއަގުވާމީ ކްލަބް މުބާރާތުކުން ރާއްޖޭގެ ކްލަބެއް ސެމީން ޖާގަ ހޯދި ދެވަނަ ފަހަރެވެ. މީގެކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ވަނީ އޭއެފްސީ ކަޕްގެ ސެމީފައިނަލް ކުޅެފައެވެ.

މިއީ ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ދެވަނަ މުބާރާތެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. އެފަހަރު ޗިއްޓަގޮން އަބާނީ މުބާރާތުގެ ތަށި އުފުލާލީ ފައިނަލްގައި އިންޑިޔާގެ އީސްޓް ބެންގާލް ބަލިކޮށްގެންނެވެ.

ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަން ޓީމަށް 30 ހާސް އެމެރިކާ ޑޮލަރު ދޭއިރު ރަނައަޕް ޓީމަށް 15 ހާސް ޑޮލަރު ދެއެވެ. އަދި ކޮންމެ މެޗަކުން މޮޅުވާ ޓީމަކަށް 1000 ޑޮލަރު ދޭއިރު ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްހޯދާ ކުޅުންތެރިއަކަށް 500 ޑޮލަރު ދެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު