Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19: އައްޑޫ ސިޓީ

އައްޑޫ އަކީ ބަސްއަހާ ރައްޔިތެއް ދިރިއުޅޭ ސިޓީއެއް، ކޮވިޑްގެ މިހާލަތުން ވަރަށް އަވަހަށް އަރައިގަނެވޭނެ: ސޯބެ

އައްޑޫގައި އުޅުނީ ދެ ކްލާސްޓާރއިން ޕްޒިޓިވްވި 54 މީހަކާއި ހޯމް ކަރަންޓީނުގައި ހުރި މީހެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2021 | ބުރާސްފަތި 08:34
އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ): ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ރައްޔިތުން ގުޅިގެން ދަނީ މަސައްކަތް ކުރަމުން

އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ): ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ރައްޔިތުން ގުޅިގެން ދަނީ މަސައްކަތް ކުރަމުން

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، އަދަދު 55 ށް އަރައިފިއެވެ.

އައްޑޫގައި ކޮވިޑް-19ގެ ކޭސް ތަކެއް އިތުރުވަމުންދާތީ، އައްޑޫ ސީޓީގެ ހާލަތު އޮޅުންފިލުވުމަށް ރާއްޖެޓީވީން ކޮންމެ ދުވަހަކު ހެނދު ގެނެސްދޭ "ކޮވިޑް-19ގެ ނިއުނޯމަލް" ކަވަރޭޖްގައި އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ)އަށް ގުޅާލުމުން ވިދާޅުވީ، އައްޑޫ ސިޓީގައި ކޮވިޑް-19އަށް ޕޮޒިޓިވް 55 ކޭސް ފެނިފައިވާކަމަށެވެ. އަދި އެއީ ހުޅުމީދޫގައި އެމްޓީސީސީން ހިންގާ ޕްރޮޖެންޓެއްގައި މަސައްކަތްކުރާ ބިދޭސީންގެ ކްލާސްޓަރއަކާއި އޭވިއޭޝަން ކްލާސްޓާރކަމަށެވެ.

Advertisement - newsAdvertisement

ސޯބެ ވިދާޅުވީ، ކޮވިޑް-19ގެ ކޭސްތަކެއް ފެނުމާއެކު އައްޑޫ ސިޓީގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، އެފިޔަވަޅުތަކަށް އައްޑޫ ސިޓީގެ ރައްޔިތުން އިހުތިރާމްކޮށް، ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ކިޔަމަންވަމުންދާ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނަކީ ބަސްއަހާ ކިޔަމަންތެރި ރައްޔިތެއް ދިރިއުޅޭ ސިޓީއެއްކަމަށާއި އެކަން މިހާލަތުގައި ވެސް ރައްޔިތުން ދައްކަމުންދާ ކަމަށެވެ.

އެކަމަށް ޝުކުރުވެރިވާކަން ހާމަ ކުރައްވަމުން ސޯބެ ވިދާޅުވީ، ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމާއެކު، ޖަމާޢަތުގައި ނަމާދުކުރުމާއި، އިތުރަށް އަޅާފައިވާ ފިޔަވަޅުތަކުން ލުއި ލިބިގެން ދިއުމަކީ ރައްޔިތުން ވަރަށް ބޮޑަށް ކުރަމުންދާ އުއްމީދެއްކަމަށެވެ.

ސޯބެ ވިދާޅުވީ، ބަލި ޖެހުނު މީހުންގެ ތެރެއިން ބިދޭސީއަކު އެޑްމިޓްކޮށް މިހާރު ފަރުވާ ދެމުން އަންނަ އިރު މިހާތަނަށް އައްޑޫ ސިޓީން ސީރިއަސް ކޭސްތަކެއް ފެނިފައެއް ނުވާ ކަމަށެވެ. އަދި ޕޮޒިޓިވް އެންމެން ވެސް ތިބީ އައިސޮލޭޝަންގައެވެ.

އައްޑޫ ސީޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމާއި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމާއި ތައުލީމީ މުއައްސަސާތައް ބަންދުކުރުމާއި އެއް އަވަށުން އަނެއް އަވަށަށް ދިއުން މަނާކުރުމާއި ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ޚިދުމަތް ދިނުން ހުއްޓާލުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތުދީފައިވާ ގޮތުގައި، އައްޑޫ ސިޓީގައި މިވަގުތު ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު 55 އަރާފައިވާއިރު، އޭގެތެރެއިން 28 ކޭސްއަކީ އޭވިއޭޝަން ކްލާސްޓަރއިން ޕޮޒިޓިވްވި ކޭސްތަކެކެވެ. އަދި ކްލާސްޓަރއަކީ ހުޅުމީދޫގައި އެމްޓީސީސީން ހިންގަމުންދިޔަ ޕްރޮޖެކްޓެއްގައި، އުޅުނު ބިދޭސީންގެ ތެރެއިން 26 މީހަކު ޕްޒިޓިވްވެފައިވާ ކްލާސްޓަރއެވެ. ދެން އިތުރަށް އައްޑޫ ސިޓީގައި ޕްޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެއްކަމަށް އައްޑޫ އިމަޖެންސީ އޮޕަރެޝަން ސެންޓަރުން މައުލޫމާތުދެއެވެ.

މީގެއިތުރުން އެސެންޓަރުން މައުލޫމާތު ދީފައިވާގޮތުގައި، އޭވިއޭޝަން ކްލާސްޓަރއާ ގުޅުންހުރި، ޑައިރެކްޓް ކޮންޓެކްޓްވި 310 މީހަކު ސާމްޕަލް ނަގާފައިވާ ކަމަށް ވެސް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތުދެއެވެ. އަދި އައްޑޫގައި މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ ކޮވިޑް-19އަށް ޕޮޒިޓިވްވި އެންމެ މީހެއްކަމަށް ވެސް އެސެންޓަރުން މައުލޫމާތު ދެއެވެ.

ހުޅުމީދޫ ބިދޭސީ ކްލާސްޓަރ ގައި މުޅިންވެސް ޕޮޒިޓިވްވެފައިވަނީ އެ ޕްރޮޖެކްޓްގައި އުޅުނު ބިދޭސީންނެވެ. އަދި އޭވިއޭޝަން ކޮމާންޑް ކްލަސްޓަރ އިން ޕޮޒިޓިވް ވެފައިވަނީ ހުސް ދިވެހިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު