Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

އއ. އުކުޅަހުން އަނެއްކާވެސް ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

7 ފެބުރުއަރީ 2021 | އާދީއްތަ 07:57

ޖަނަވަރީ އެއްވަނަ ދުވަހު ވެސް ވަނީ އުކުޅަހުން ފަތުރުވެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 7 ފެބުރުއަރީ 2021 | އާދީއްތަ 07:57
އއ އުކުޅަސް

އއ އުކުޅަސް

އއ.އުކުޅަހުން އަނެއްކާވެސް ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ޕޮޒިޓިވްވީ ރޯމޭނިޔާއަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ ފަތުރުވެރިއެކެވެ. މި ފަތުރުވެރިއާއަކީ، މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން އެ ރަށަށް ދިޔަ މީހެއް ކަމަށް ބެލެވޭކަމަށް ޝައުކަތު ވިދާޅުވި އެވެ. ޝައުކަތު ވިދާޅުވީ ފަތުރުވެރިޔާ ޕޮޒިޓިވްވިކަން އެނގުނީ ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ގައުމަށްދިއުމުގެ ކުރިން ހެދި ކޮވިޑް-19 ޓެސްޓުން ކަމަށެވެ.

Advertisement - newsAdvertisement

މި ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހަރު ދަނީ ކުރަމުންނެވެ. މި ފަތުރުވެރިއާ ރަށު ތެރެއިން މީހަކާ ކޮންޓެކްޓް ވެފައިނުވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އއ. އުކުޅަހުން އަނެއްކާވެސް ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ކުރިން އެކި ފަހަރުމަތިން އެ ރަށުން ފަތުރުވެރިންތަކެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ފަހުން ޕޮޒިޓިވްވި ފަތުރުވެރިޔާއާއެކު އެރަށުން ބައްޔަށް ޕޮޒިޓިވްވި ފަތުރުވެރިންގެ އަދަދު ވަނީ 8ށް އަރާފައެވެ. އުކުޅަހުން އެންމެފަހުން ބައްޔަށް މީހަކު ޕޮޒިޓިވްވެފައި ވަނީ ޖަނަވަރީމަހުގެ އެއްވަނަ ދުވަހުއެވެ.

އއ. އުކުޅަހަކީ ލޯކަލް ޓުއަރިޒަމް ފުޅާދާއިރާއެއްގައިކޮށް، ގިނަ ގެސްޓް ހައުސްތަކެއް ހިންގަމުންދާ ރަށެެކެވެ. ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ފަތުރުވެރިކަން އަލުން ހުޅުވައިލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަދުވަހުން ފެށިގެންނެވެ. އަދި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ އޮގަސްޓްމަހުގެ 15 ދުވަހުއެވެ. މި ހުއްދަތައް ދޭން ނިންމާފައިވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަކާ އެކުގައެވެ. އުސޫލުގައި ބުނެފައިވާގޮތުން ގެސްޓްހައުސްގެ ޚިދުމަތްފެށުމުގެ ހުއްދަ ދެނީ ކައުންސިލްގެ ވެސް ހުއްދައާ އެކުގައެވެ. އަދި މި ޚިދުމަތް ފެށުމަށް ހުއްދަ ދޭނީ، ރަށުގައި ފްލޫ ކުލިނިކާއި، ކަރަންޓީން ފެސިލިޓީ އާއި، އަދި ބައްޔަށް މީހަކު ޕޮސިޓިވް ވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީތައް ޤާއިމުވެފައި ހުންނަ ރަށްތަކުގައި އެކަންޏެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފި

09 އެޕްރީލު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފި
09 އެޕްރީލު 2017

ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް އަނެއްކާވެސް ތާވަލުކޮށްފި

09 އެޕްރީލު 2017
ރައީސް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުމެއް އަނެއްކާވެސް ތާވަލުކޮށްފި
01 އެޕްރީލު 2017

ޤާސިމް އިބްރާހިމް ފުލުހަށް ހާޒިރުވުމަށް އަނެއްކާވެސް އަންގައިފި

01 އެޕްރީލު 2017
ޤާސިމް އިބްރާހިމް ފުލުހަށް ހާޒިރުވުމަށް އަނެއްކާވެސް އަންގައިފި
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
13 ފެބުރުއަރީ 2017

"އުކުޅަހުން މީހުން ހައްޔަރުކުރީ ހީލަތްތެރި ރޭވުމެއްގައި"

13 ފެބުރުއަރީ 2017
"އުކުޅަހުން މީހުން ހައްޔަރުކުރީ ހީލަތްތެރި ރޭވުމެއްގައި"
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް