Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤާސިމް ފުލުހަށް ހާޒިރުކުރުން

ޤާސިމް އިބްރާހިމް ފުލުހަށް ހާޒިރުވުމަށް އަނެއްކާވެސް އަންގައިފި

ޤާސިމް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވަނީ މިރޭ 9:00 އަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 1 އެޕްރީލު 2017 | ހޮނިހިރު 16:53
ބުދަ ދުވަހުގެ ރޭ ޤާސިމް އިބްރާހިމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

ބުދަ ދުވަހުގެ ރޭ ޤާސިމް އިބްރާހިމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެނެއްކާ ވެސް ޗިޓް ފޮނުވައިފި އެވެ.

ޤާސިމް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގަވާފައިވާކަން، ޤާސިމްގެ ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް ވަނީ ޓުވީޓްކުރައްވާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާ ވަހީދު ވިދާޅުވީ ޤާސިމް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވާފައިވަނީ މިރޭ 9:00 އަށްކަމަށެވެ.

ޤާސިމް އިބްރާހިމް ވަނީ ބުދަ ދުވަހުގެ ރޭވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. އެފަހަރު ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު އެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޤާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކަށް ރިޝްވަތުދެއްވާފައި ނުވާނެ ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދެއްކި ވާހަކަތަކަކީ މެމްބަރުންނަށް ރިޝްވަތުދެއްވުމުގެގޮތުން ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ. ޤާސިމް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިތުރު ދައުރަކަށް ހޮވުމަށް އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވީ ރިޝްވަތުދެއްވުމަށް ނޫންކަމަށާއި، އެއީ އިތުރު ދައުރަކަށް އެ މެމްބަރުން އިންތިހާބުކުރުމަށް ޕާޓީގެ ތެރެއިން ކޮށްދެއްވަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ވާހަކަ ކަމަށެވެ. އަދި އެއީ އަމިއްލަ ޕާޓީގެ މެމްބަރުންނަށް ވިދާޅުވި ވާހަކައެއް ކަމަށްވެސް ޤާސިމް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު